ގާޑިއޯލާ އަށް ބްރެޒިލްގެ ކޯޗުކަން އޮފާކުރި ވާހަކަ ދޮގުކޮށްފި

Nov 12, 2024, 3:58 AM
ގާޑިއޯލާ އަށް ބްރެޒިލްގެ ކޯޗުކަން އޮފާކުރި ވާހަކަ ދޮގުކޮށްފި

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ނޮވެމްބަރު 12) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބްރެެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އޮފާކުރި ވާހަކަ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ދޮގުކޮށްފި އެވެ.

މި ސީޒަނުގެ ނިޔަލަށް ސިޓީގެ ކޮންޓްރެކްޓްގައި ހުރި ގާޑިއޯލާ އަށް އިންގްލެންޑް ކޯޗުކަން އޮފާކުރި ވާހަކަ ވެސް މީޑިއާގައި ދެކެވުނެވެ. އެކަމަކު، ޖެނުއަރީ އެއް ވަނަ ދުވަހު އެ މަގާމާ ހަވާލުވާ ގޮތަށް ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލްއާ އެކު، އިނގިރޭސި އެފްއޭ އިން ވަނީ އެއްބަސްވުން ހަދައިފަ އެވެ.

ބްރެޒިލާއި ސްޕެއިނުގެ މީޑިއާތަކުގައި، ގާޑިއޯލާ އަށް ބްރެޒިލްގެ ކޯޗުކަން ހުށަހަޅާފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް، އެޑްނާލްޑޯ ރޮޑްރިގޭޒް ވަނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު، އެކަމަކު، އަހަރެމެން އޭނާ ގެންނަން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ،" އީއެސްޕީއެން ބްރެޒިލް އަށް އެޑްނާލްޑޯ ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ބްރެޒިލުން އެންމެ ބޮޑަށް ގެންނަން މަސައްކަތްކުރި ކޯޗު، ކާލޯ އަންޗެލޮޓީ މިދިޔަ އަހަރު ނިންމީ ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ބްރެޒިލުން މި އަހަރު ޖެނުއަރީ މަހު ހަމަޖެއްސި ކޯޗު ޑޮރިވާލް ޖޫނިއާގެ ކޯޗުކަމުގައި ދަށްކޮށް ފަށަން ޖެހުނުއިރު، މަޑުމަޑުން ރަނގަޅު މިސްރާބަށް ދާ ކަމަށް އެޑްނާލްޑޯ ވަނީ ވިދާޅުވެފަ އެވެ.

"ޑޮރިވާލް އާއި އޭނާގެ ކޯޗިން ސްޓާފުންނާ އެކު އަހަރެމެން މި މަސައްކަތް ކުރަނީ. އަހަރެމެން އޭނާއާ އެކު ކޮންޓްރެކްޓެއް އެބައޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް. ދެން، އެ ހިސާބަށް ޓީމުގައި އޭނާ ހުންނާނެތޯ އޭގެ ޖަވާބު ދެވޭނީ ވެސް އޭނަ އަށް،" އެޑްނާލްޑޯ ވިދާޅުވި އެވެ.

ވޯލްްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ ބުރުގައި، ބްރެޒިލް އޮތީ ހަތަރު ވަނައިގަ އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ބަލިވެފައިވާއިރު، މިއީ ކޮލިފިކޭޝަނަކަށް ބަލާއިރު، ބްރެޒިލަށް އެންމެ ގޮންޖެހުން ބޮޑު ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox