ޑޮމެއިންގެ މައްސަލަތައް ބަލާ ކޮމެޓީ އެކުލަވައިލުމުގެ ބާރު ޓްރާސްޕޯޓު މިނިސްޓަރަށް ދީފި

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް

ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައި ނުވަތަ ދިމާވާ މައްސަލަތައް ބަލައި އެ މައްސަލަތަކާ މެދުގައި ގޮތް ނިންމުމަށް އެކުލަވައިލަންޖެހޭ ކޮމެޓީއަށް މީހުން އައްޔަނު ކުރުމުގެ ބާރު ޓްރާސްޕޯޓު މިނިސްޓަރަށް ލިބޭ ގޮތަށް އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދު ބަދަލުކޮށްފި އެވެ.

ޓްރާސްޕޯޓު މިނިސްޓަރީން މިއަދު ގެޒެޓުކުރި ގަވާއިދުގައި މައިގަނޑު ގޮތެއްގައި ގެނެސްފައި ވަނީ ދެ ބަދަލެކެވެ.

އެއްގަމު އުޅަނދުގެ ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާއަށް ގެނައި އިސްލާހުގައި އޮތީ ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ ނުވަތަ ދިމާވާ މައްސަލަތައް ބަލައި އެ މައްސަލަތަކާ މެދު ގޮތް ނިންމުމުގެ ބާރު ލިބޭ ކޮމިޓީ އެކުލަވައިލާނީ ޓްރާންސްޕޯޓު މިނިސްޓަރު ކަމަށާއި އެ ކޮމިޓީގައި ތިބޭނީ ހަތް މެންބަރުން ކަމަށެވެ.

އެ ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން ޑޮމެއިންގެ މައްސަލަ ބަލާ ކޮމެޓީގައި ޓްރާންސްޕޯޓުގެ އިތުރުން ފިނޭންސް މިނިސްޓަރީ އާއި މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީގެ ބޭފުޅުން ތިބުން ލާޒިމެވެ. ނަމަވެސް މިފަހަރު ގެނައި އިސްލާހުގައި އެ ބައި ވަނީ އުނިކޮށްފަ އެވެ.

އަލަށް ގެނައި އިސްލާހުގައި އެ ކޮމިޓީއަށް ވަނީ ޑޮމެއިންގެ ސައްހަކަން ކަނޑައެޅުމާއި ޑޮމެއިން ދޫކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ނިންމައި ޑޮމެއިން ބާތިލު ކުރުމުގެ ބާރުގެ އިތުރުން އެ ކޮމިޓީން ބަލާ މައްސަލަތަކާ މެދު މަދަނީ މިންގަނޑު ގޮތެއް ނިންމުމުގެ ބާރު ވެސް ދީފަ އެވެ.

އޭގެ އިތުރުން ދެން އެ އިސްލާހުގައި އޮތީ އެ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް 1-11 ގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށެވެ.

އެ މާއްދާގައި ހިމަނާފައި ވަނީ މިހާރު ދޫކޮށްފައި ހުރި ޑޮމެއިންތަކުގެ ރެޖިސްޓަރީ ލިޔުމާއި ޑޮމެއިން ބޭނު ކުރުމުގެ ހުއްދަތައް އައު ގަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑޮމެއިން ރެޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ފައިސާ ދެއްކި ކަމުގެ ސްލިޕް މިނިސްޓަރީއަށް ހުށަހެޅުމަށެވެ.

އަންނަ އާދީއްތަ ދުވަހުގެ ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހުރިހާ ހުއްދައެއް އައު ގަވާއިދާ އެއްގޮތަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ. އާ ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox