"ފުދިއްޖެ-ފުނޑިއްޖެ" ނަމުގައި އެމްޑީޕީން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވަނީ

އެމްޑީޕީގެ "ފުދިއްޖެ-ފުނޑިއްޖެ" މުޒާހަރާގެ ޕޯސްޓަރު: އެމްޑީޕީން އަންނަނީ މަގުމަތީ ހަރަކާތްތައް އިތުރުކުރަމުން -- ޕޯސްޓަރު: އެމްޑީޕީ

އެމްޑީޕީގެ "ފުދިއްޖެ-ފުނޑިއްޖެ" މުޒާހަރާގެ ޕޯސްޓަރު: އެމްޑީޕީން އަންނަނީ މަގުމަތީ ހަރަކާތްތައް އިތުރުކުރަމުން -- ޕޯސްޓަރު: އެމްޑީޕީ

"ފުދިއްޖެ-ފުނޑިއްޖެ" ނަމުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެ ޖަލްސާ ފަށާނީ މާދަމާ ރޭ 8:30 ގައި ކަމަށާއި ވީހާ ވެސް ގިނަ މީހުން ޖަލސާގައި ބައިވެރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ރޭ އެ ޕާޓީގެ ހަރުގެއަށް މެންބަރުން އެއްކޮށްގެން އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

އެމްޑީޕީން އަންނަނީ ފަހަކަށް އައިސް މަގުމަތީ ހަރަކާތްތައް އިތުރު ކުރަމުންނެވެ. އެ ޕާޓީން ވަނީ ޑިމޮކްރަސީ އާއި ހައްގުތަކާއި މިިނިވަންކަން ގެއްލޭ ގޮތަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލާފަ އެވެ.

އޭގެ އިތުރުން އެމްޑީޕީން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ސިލްސިލާކޮށް ހަރުގެ ޖަލްސާ ބާއްވަމުން އަންނައިރު، ހަފްތާއަކު އެއްފަހަރު ރައްޔިތުންނާ ގުޅޭ މުހިންމު މައްސަލަތަކަށް ޕެނަލް ޑިސްކަޝަން ވެސް އަންނަނީ ބާއްވަމުންނެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox