12 މެޗަށް ފަހު ރޯމާ ކޯޗުކަމުން ޖުރިޗް ވަކިކޮށްފި

Nov 10, 2024, 7:56 PM
12 މެޗަށް ފަހު ރޯމާ ކޯޗުކަމުން ޖުރިޗް ވަކިކޮށްފި

ރޯމް (ނޮވެމްބަރު 11) - ރޯމާގެ ކޯޗަކަށް ހުރި އިވާން ޖުރިޗް، 12 މެޗަށް ފަހު މަގާމުން ވަކިކުރަން އެ ކްލަބުން ނިންމައިފި އެވެ.

ރޯމާ މެނޭޖްމަންޓުން މި ގޮތަށް ނިންމީ ލީގުގައި މިރޭ 3-2 އިން އަމިއްލަ ދަނޑުގައި ރޯމާ އިން ބޮލޯނިއާ އަތުން ބަލިވުމުންނެވެ.

ކްރޮއޭޝިއާ އަށް އުފަން ޖުރިޗް އަށް ރޯމާ ކޯޗުކަން ދިނީ، މިދިޔަ ސެޕްޓެމްބަރު މަހު ޑަނިއޭލޭ ޑި ރޮސީ މަގާމުން ވަކިވުމުންނެވެ. ޑި ރޮސީ، ހަ މަސް ދުވަހު ރޯމާ ކޯޗަކަށް މަސައްކަތްކުރީ، އެ ޓީމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އިސްތިއުފާދިނުމުން، ޓީމާ ހަވާލުވެ އެވެ. ބާރަ މެޗަށް ފަހު، ކުރިން ޓޮރިނޯ އާއި ހެޔަސް ވެރޯނާ ކޯޗަކަށް ހުރި ޖުރިޗް ވަކިކުރަން ނިންމީ ކުރިއެރުމެއް ނުފެންނާތީ އެވެ.

"މިދިޔަ ހަފްތާތަކުގައި ޖުރިޗް ކުރި މަސައްކަތަށް ޝުކުރު އަދާކުރަން. އަހަރެމެން ބޭނުންވާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނިންމާލެވޭނެ،" ރޯމާއާ ހަވާލުވެ ހުރެ ނުކުތް 12 މެޗުގެ ތެރެެއިން ހަތަރު މެޗުން މޮޅުވެ، ފަސް މެޗުން ބަލިވި ކޯޗު، ޖުރިޗް ވަކިކުރުން އިއުލާނުކުރަން ރޯމާ އިން ނެރުނު ބަޔާނުގައިވެ އެވެ.

ރޯމާގެ ކޯޗަކަށް ހަމަޖެއްސޭތޯ މަސައްކަތްކުރަމުން އަންނަނީ ދާދި ފަހުން ސައުދީ އަރަބިއްޔާގެ ކޯޗުކަމުން ވަކިވި އިޓަލީގެ މަޝްހޫރު ކޯޗު، ރޮބާޓޯ މަންޗިނީ އެވެ. މަންޗިނީ، ސައުދީ ޓީމު ދޫކޮށްލީ މެނޭޖްމަންޓާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރޭގަ އެވެ.

އިޓާލިއަން ލީގުގައި މި ވަގުތު 12 ވަނައިގައި އޮތް ރޯމާ އަންނަނީ ޔޫރޮޕާ ލީގުގައި ވެސް ވާދަކުރަމުންނެވެ. އަދި ޔޫރޮޕާ ލީގުގައި އޮތީ 20 ވަނައިގަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox