ބަންގްލަދޭޝް މެޗަށް ނެގި ރާއްޖޭގެ ސްކޮޑުގައި ގިނަ ޒުވާން ކުޅުންތެރިން

Nov 10, 2024, 2:03 PM
ބަންގްލަދޭޝް މެޗަށް ނެގި ރާއްޖޭގެ ސްކޮޑުގައި ގިނަ ޒުވާން ކުޅުންތެރިން

ކުރިއަށް އޮތް ހަފްތާ ތެރޭގައި ބަންގްލަދޭޝާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗަށް ނެގި ފައިނަލް ސްކޮޑުގައި ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތުދީފި އެވެ.

އެ ގޮތުން، ބަޝުންދަރާ ކިންގްސް އެރީނާގައި، މި މަހު 13 އާއި 16 ވަނަ ދުވަހު ރާއްޖޭން ބަންގްލަދޭޝާ ކުޅޭ މެޗަށް ނެގި ސްކޮޑުން ވަނީ، 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ.

އޭގެ އިތުރުން، މިދިޔަ މަހު ފަހުކޮޅުގައި، ކުވެއިތުގައި ކުޅުނު އޭއެފްސީ ޗެލެންްޖް ލީގުގެ ގްރޫޕް މެޗުތަކުގައި، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު 14 ކުޅުންތެރިން ފައިނަލް ސްކޮޑުގައި ވަނީ ހިމަނައިފަ އެވެ.

ވިހި އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، ސާފް 20 އަހަރުން ދަށުގެ މުބާރާތާއި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު، މުޒްދާން ހަސަން، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަދި ގޯލްކީޕަރު، މުހައްމަދު ޔާމީން އަށް ވަނީ ފުރަތަމަ ފަހަރަށް ސީނިއާ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ލިބިފަ އެވެ. މީގެ ތެރެއިން، ސާނޭ ވަނީ، މާޒިޔާ ޓީމާ އެކު، ޗެލެންޖް ލީގުގައި ވެސް ކުޅެފަ އެވެ.

ދެން، ފައިނަލް ސްކޮޑުން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްްސް ކްލަބަށް ކުޅުނު މިޑްފީލްޑަރު، ހައިސަމް ރަޝީދު އާއި އަހުމަދު މާއިޝް ރަޝީދު ހިމެނެ އެވެ.

ބަންގްލަދޭޝް ދެ މެޗަށް ނެގި ރާއްޖެ ޓީމުގެ ފައިނަލް ސްކޮޑު:

1. ހުސެއިން ޝަރީފް (ގޯލްކީޕަރު) - މާޒިޔާ

2. އިޔާން އަބްދުލް އަލީމް - ޗިކީ (ގޯލްކީޕަރު) - މާޒިޔާ

3. މުހައްމަދު ޔާމީން (ގޯލްކީޕަރު) - 20 އަހަރުން ދަށުގެ ގައުމީ ޓީމު

4. ސަމޫހު އަލީ - ސަމުއްޓެ (ޑިފެންޑަރު) - މާޒިޔާ

5. މުހައްމަދު ނިޒާމް - ޕީކޭ (ޑިފެންޑަރު)

6. ހުސެއިން ސިފާއު ޔޫސުފް - ކުރޯ (ޑިފެންޑަރު) - މާޒިޔާ

7. އަހުމަދު މާއިޝް ރަޝީދު - މާއި (ޑިފެންޑަރު) - ޓީސީ

8. ހަސަން ޝިފާޒް - ޑުންގާ (ޑިފެންޑަރު) - މާޒިޔާ

9. ހައިޝަމް ހަސަން - (ޑިފެންޑަރު) - މާޒިޔާ

10. އިބްރާހިމް އުސާމާ (ޑިފެންޑަރު)

11. މުހައްމަދު އިރުފާން - އިރޭ (މިޑްފީލްޑަރު) - މާޒިޔާ

12. އަލީ ފާސިރު - ސެންޓޭ (މިޑްފީލްޑަރު) - މާޒިޔާ

13. ނިޝާމް މުހައްމަދު ރަޝީދު - ޕޮގް (މިޑްފީލްޑަރު) - އީގަލްސް

14. ހައިސަމް ރަޝީދު (މިޑްފީލްޑަރު) - ޓީސީ

15. އަހުމަދު އައިހަމް - ފަތޯ (މިޑްފީލްޑަރު) - މާޒިޔާ

16. ހުސެއިން ނިހާން - ނިހާޓް (މިޑްފީލްޑަރު)

17. މުހައްމަދު ނާއިމް - (މިޑްފީލްޑަރު)

18. ނާއިޒު ހަސަން - ދާދު (ފޯވާޑް) - މާޒިޔާ

19. ހަމްޒާ މުހައްމަދު - ހަމްޕު (ފޯވާޑް) - މާޒިޔާ

20. ހަސަން ރާއިފް އަހުމަދު - ހަންނަ (ފޯވާޑް) - މާޒިޔާ

21. އަހުމަދު ރިޒްވާން - ރިޒޭ (ފޯވާޑް) - އީގަލްސް

22. އިބްރާހިމް މަހުދީ ހުސެއިން - ފޭދޫ އިއްބެ (ފޯވާޑް) - އީގަލްސް

23. ހަސަން ނަޒީމް - ޗޯޓު (ފޯވާޑް) - މާޒިޔާ

24. މުޒްދާން ހަސަން (ފޯވާޑް) - 20 އަހަރުން ދަށުގެ ގައުމީ ޓީމު

25. އަބްދުﷲ ލޫތު އިބްރާހިމް - ސާނޭ (ފޯވާޑް) - 20 އަހަރުން ދަށުގެ ގައުމީ ޓީމު/ މާޒިޔާ

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox