ކޯސްޓުގާޑު ބޯޓު ހުރަވީ މަރާމާތު ކުރަން ބަލާ އައި އިންޑިއާގެ މަނަވަރާއެކު ފުރުވާލައިފި

ހުރަވީ އިންޑިއާއަށް ގެންދިއުމަށް މާލެ އައި އިންޑިއާގެ މަނަވަރު ބަނދަރުކޮށްފަ --- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ހުރަވީ އިންޑިއާއަށް ގެންދިއުމަށް މާލެ އައި އިންޑިއާގެ މަނަވަރު ބަނދަރުކޮށްފަ --- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

އިންޑިއާ ސަރުކާރުން މިދިޔަ އަހަރު ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރި ސީޖީއެސް ހުރަވީ، މަރާމާތު ކުރަން އިންޑިއާއަށް ގެންދިއުމަށް އައި އެ ގައުމުގެ އަސްކަރީ މަނަވާރައެކު މިއަދު ފުރައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ހުރަވީ ބަލައި އައީ އެ ގައުމުގެ އަސްކަރީ މަނަވަރު "އައިއެންއެސް ތަލްވާރު" ކަމަށެވެ. އަދި، ހުރަވީ މަރާމާތު ކުރަން ގެންދަނީ މުމްބާއީގައި ހުންނަ ނޭވަލް ޑޮކްޔާޑަށް ކަމަށް ވެސް އެމްބަސީން ބުންޏެވެ.

ހުރަވީ އާއެކު އިންޑިއާގެ މަނަވަރު މިހާރު ވަނީ ފުރައިފަ އެވެ. އެ މަނަވަރު އިއްޔެ އޮތީ މާލެ ބޭރުގައި ބަނދަރުކޮށްފަ އެވެ.

އަސްކަރީ ހިލޭ އެހީގެ ގޮތުގައި ހުރަވީ މަރާމާތަށް ގެންދަން ނިންމާފައިވާކަން އިއުލާނު ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެއްބަސްވި ކަންކަމުގެ ތެރޭގަ އެވެ. އެ ދަތުރުގައި ދެ ގައުމުން އެއްބަސްވި ކަންކަން ހިމެނުމަށްފަހު އެކުލަވައިލި ވިޝަން ޑޮކިއުމެންޓުގައި ވެސް މި ވާހަކަ އޮތެވެ.

އޭގެ އިތުރުން ވެސް އިންޑިއާއާ އެކު އަސްކަރީ ގުޅުން ބަދަހިކޮށް، އެ ގައުމުން އަސްކަރީ އެހީ ހޯދުމަށް ރައީސްގެ ދަތުރުގައި އެއްބަސްވެފައިވެ އެވެ.

ކޯސްޓުގާޑުން މިހާރު ބޭނުންކުރާ ސީޖީއެސް ހުރަވީ އަކީ އެ ނަމުގައި ކުރިން ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ.

އެ އުޅަނދުތައް ރާއްޖެއިން ރީފިޓު ނުކުރެވެނީ ރާއްޖޭގައި އެފަދަ ހިދުމަތެއް ދެވޭނެ އަސްކަރީ ޑޮކެއް ނެތުމުންނެވެ. އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ގާއިމު ކުރުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ކުރި އެވެ. ނަމަވެސް މި ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިބި މީހުން އޭރު ތުހުމަތު ކުރީ އެއީ އިންޑިއާ ސިފައިން ބައިތިއްބަން ހަދާ އަސްކަރީ މަރުކަޒެއް ކަމަށެވެ.

ވެރިކަމަށް އައުމަށްފަހު މި ސަރުކާރުން ވަނީ އުތުރުތިލަފަޅުގައި ދަނޑުހައްދަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox