އެމްއައިބީން ކުޑަގިރީގައި 1،000 ގަސް އިންދައިފި

އެމްއައިބީން ކުޑަގިރީގައި 1،000 ގަސް އިންދަން ބޭއްވި ހަރަކާތުގެ ތެރެއިން ކުއްޖަކު ގަހެއް އިންދަނީ: ގަސް އިންދުމުގެ ހަރަކާތުގައި އެމްއައިބީގެ މުވައްޒަފުންނާއި ސްކޫލް ކުދިން ވެސް ބައިވެރިވި -- ފޮޓޯ: އެމްއައިބީ

އެމްއައިބީން ކުޑަގިރީގައި 1،000 ގަސް އިންދަން ބޭއްވި ހަރަކާތުގެ ތެރެއިން ކުއްޖަކު ގަހެއް އިންދަނީ: ގަސް އިންދުމުގެ ހަރަކާތުގައި އެމްއައިބީގެ މުވައްޒަފުންނާއި ސްކޫލް ކުދިން ވެސް ބައިވެރިވި -- ފޮޓޯ: އެމްއައިބީ

ސަރުކާރުން ކުރިޔަށްގެންދާ ފަސް މިލިއަން ގަސް މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިސްނަގައިގެން 1،000 ގަސް މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ހާއްސަކޮށްފައިވާ ކ. ކުޑަގިރީގައި އިންދައިފި އެވެ.

އެ ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވަމުން ޝަރަފުވެރި މެހެމާން އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަކީ ކޮންމެ ކުއްޖެއްގެވެސް ފަރުދީ ޒިންމާއެއްކަމަށް ދެކިގެން ކުރިޔަށް ދިޔުމަށް ނަސޭހަތްތެރި ވާކަމަށެވެ.

އެމްއައިބީގެ ގަސްއިންދުމުގެ އެ ހަރަކާތް ރާވާ އިންތިޒާމުކުރުމުގައި ހަރަކާތްތެރިވެފައި ވަނީ ކްލީން މޯލްޑިސް ޖަމިއްޔާއިންނެވެ. ޕާޓްނަރުންގެ ގޮތުގައި ބައިވެރިވީ އެޗްޑީސީ، އެމްޓީސީސީ، އޭޝިއާ ފޯވަޑިން، އައިކެއާ، މޯލްޑިސް ޕޮލިސް ސާވިސް އަދި ދަ ހޯކްސް އެވެ.

އޭގެ އިތުރުން އެ ހަރަކާތުގައި ގިޔާސުއްދީން ސްކޫލްގެ ގިނައަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެމްއައިބީއަކީ އިޖްތިމާއީ ކަންކަމަށް ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކުންފުންފުންޔެކެވެ. ރާއްޖޭގައި އެންމެ ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ އެ ބޭންކުން ދަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކިން ހިދުމަތްތައް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox