ސިޓީގެ ދަށް ރެކޯޑް ކުރިއަށް، ލިވަޕޫލް ފައިދާނަގައިފި

Nov 10, 2024, 3:33 AM
ސިޓީގެ ދަށް ރެކޯޑް ކުރިއަށް، ލިވަޕޫލް ފައިދާނަގައިފި

ލިވަޕޫލް (ނޮވެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ 2-1 އިން ބްރައިޓަން އަތުން ބަލިވިއިރު، ލިވަޕޫލުން 2-0 އިން އެސްޓަން ވިލާ ބަލިކޮށް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ސިޓީން މި ވަނީ ޖެހިޖެހިގެން ހަަތަރު މެޗުން ބަލިވެ، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް މި ފަދަ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިފަ އެވެ. ސިޓީ ވަނީ ލީގުގައި ދެ މެޗާއި ޗެމްޕިއަންސް ލީގު މެޗަކާއި ލީގު ކަޕް މެޗަކުން ބަލިވެފަ އެވެ.

ލިވަޕޫލް، އެއް ވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 11 މެޗުން ވަނީ 23 ޕޮއިންޓް ލިބިފަ އެވެ.

ބްރައިޓަން ދަނޑުގައި ފުރަަތަމަ ހާފުގައި ސިޓީން ލީޑުނެގީ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުންނެވެ. މިއީ، މި ސީޒަނުގައި ހާލަންޑް ޖެހި 15 ވަނަ ގޯލެެވެ. މި ލަނޑާ އެކު، ހާލަންޑް ވެފައިވަނީ އެންމެ އަވަހަށް ލީގުގައި 75 ގޯލު ހަމަކުރި ކުޅުންތެރިޔާ އަށެވެ. ހާލަންޑް، މި އަދަަދަށް ގޯލު ޖެހީ 77 މެޗުންނެވެ.

ސިޓީން ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެ ވަނަ ހާފުގައި ހަތަރު މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެން، ބްރައިޓަން އިން ނަތީޖާ އަނބުރާލި އެވެ. އެ ޓީމުގެ ދެ ގޯލު ޖެހީ ވެސް ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިންނެވެ.

އެ ގޮތުން، ބްރައިޓަން އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ 78 ވަނަ މިނިޓްގައި ޖޮއާއޯ ޕެޑްރޯ އެވެ. މިއީ އަނިޔާއިން ރަނގަޅުވެ، ހަތް މެޗަށް ފަހު ޕެޑްރޯ ކުޅެން ނުކުތް ފުރަތަމަ ފަހަރެވެ. އޭގެ ހަތަރު މިނިޓް ފަހުން، މެޓް އޮރައިލީ ވަނީ ބްރައިޓަންގެ ދެ ވަނަ ގޯލު ޖަހައިދީފަ އެވެ. އޭނާ ވެސް ސެލްޓިކް ދޫކޮށް ބްރައިޓަންއާ ގުޅި، ކުޅުނު ފުރަތަމަ މެޗުގައި ލިބުނު އަނިޔާ އަށް ފަހު، ކުޅުމާ ދުރުގައި ހުރެފައި، އެނބުރި އައީ މި މެޗުގަ އެވެ.

މިއީ، 2006 ވަނަ އަހަރުގެ ފަހުން، ސިޓީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެ ޓީމުގެ ލަނޑު ޖެހީ ޑާވިން ނޫނޭޒް އެވެ. ލިވަޕޫލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ނޫނޭޒަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. މި ހާފުގައި ވިލާ އަށް ލަނޑު ޖަހައިދޭން، އަހުމަދޫ އޮނާނާ އާއި ޕައު ޓޮރޭޒް ބޮލުން ފޮނުވާލި ބޯޅަތައް ލިވަޕޫލްގެ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. މެޗުގެ 84 ވަނަ މިނިޓްގައި، ހާފުގެ މެެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސަލާހު ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރެންޓްފޯޑުން ވަނީ 3-2 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ކްރިސްޓަލް ޕެލަސް ދަނޑުގައި 2-0 އިން ފުލަމް މޮޅުވިއިރު، އެވަޓަން އާއި ވެސްޓް ހޭމްގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox