ޗެމްޕިއަންސް ޓްރޮފީ ފޯމެޓް ބަދަލުކުރަން ޕާކިސްތާނުން ބޭނުމެއްނުވޭ

Nov 9, 2024, 4:49 AM
ޗެމްޕިއަންސް ޓްރޮފީ ފޯމެޓް ބަދަލުކުރަން ޕާކިސްތާނުން ބޭނުމެއްނުވޭ

އިސްލާމްއާބާދު، ޕާކިސްތާން (ނޮވެމްބަރު 9) - އަންނަ އަހަރު ޕާކިސްތާންގައި ބާއްވަން ފުރުސަތު ދިފައި އޮތް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފޯމެޓް ބަދަލުކުރަން މަޝްވަރާތަކެއް ކުރިއަށްދާތީވެ، އެކަމާ ޕާކިސްތާންގެ ކްރިކެޓް ބޯޑުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ އާއި މާޗްގައި، ޕާކިސްތާންގައި ކުޅެން ތާވަލުކޮށްފައިވާ ޗެމްޕިއަންސް ޓްރޮފީ މުބާރާތަކީ، 1996 ވަނަ އަހަރުގެ ފަހުން، އެ ގައުމުގައި ހޯސްޓްކުރެވޭ ބައިނަލްއަގުވާމީ ބޮޑު ކްރިކެޓް މުބާރާތެވެ.

އެކަމަކު، އިންޑިއާ އާއި ޕާކިސްތާންގެ ދެމެދުގައި އޮތް ހިޔާލުތަފާތުވުންތަކުުގެ ސަބަބުން، ޗެމްޕިއަންސް ޓްރޮފީގެ ފޯމެޓާ މެދު އަދިވެސް ގޮތެއް ނުނިމެ އެވެ. އިންޑިއާ އާއި ޕާކިސްތާނުން މުބާރާތެއްގައި ނޫން ގޮތަކަށް ބައްދަލުުނުކުރާތާ 11 އަހަރުވެފައިވާއިރު، އެންމެ ފަހުން، ޕާކިސްތާނަށް ގޮސް އިންޑިއާ އިން މެޗެއް ކުޅުނީ 2008 ވަނަ އަހަރު އެވެ.

މަޝްވަރާ ކުރެވެމުން އަންނަ ގޮތުގައި، އިންޑިއާގެ ޗެމްޕިއަންސް ޓްރޮފީ މެޗުތައް، ޔޫއޭއީގައި ކުޅުމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އެކަމަކު، އެ ގޮތަށް ޕާކިސްތާން ކްރިކެޓް ބޯޑުން ކުރިއަށްދާން ބޭނުމެއް ނުވެ އެވެ.

"ކުޅިވަރު އެބަޖެހޭ ސިޔާސީ ކަންކަމުން އެއްކިބާވާން. ސިޔާސީ ކަމަކާ ހެދި ކްރިކެޓްގެ ކަންކަން ވަކި ގޮތަކަށް ވާން ނުޖެހޭ،" އިންޑިއާގެ މެޗުތައް ހައިބްރިޑް މޮޑެލަށް ކުޅެން އުޅޭ ވާހަކަތަކާ ގުޅިގެން، ޕާކިސްތާން ކްރިކެޓް ބޯޑުގެ ޗެއާމަން، މުހުސިން ނާގްވީ ވިދާޅުވި އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން 100 ދުވަސް ތެރޭ، އަންނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު، ޗެމްޕިއަންސް ޓްރޮފީ ފަށާއިރު، އަދިވެސް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މި މުބާރާތުގެ ޝެޑިއުލް އާންމުނުކުރެ އެވެ.

ޖުމްލަ 50 އޯވަރަށް ކުޅޭ މި މުބާރާތުގައި އަށް ޓީމު ވާދަކުރެ އެވެ. ދެ ގްރޫޕަށް ޓީމުތައް ބަހާފައިވާއިރު، ކޮންމެ ގްރޫޕަކުން ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.

މިދިޔަ 16 އަހަރު ތެރޭގައި، ޕާކިސްތާނުން ވަނީ އިންޑިއާގައި ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެއީ، 2012، 2013 ގައި ކުޅުނު ބައިލެޓްރަލް ސީރީސްގެ އިތުރުން، 2016 ވަނަ އަހަރު އިންޑިއާ އިން ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕާއި، މިދިޔަ އަހަރު އިންޑިއާ އިން ބޭއްވި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕަށެވެ.

މިދިޔަ އަހަރު ޕާކިސްތާނުން އޭޝިއާ ކަޕް ހޯސްޓްކުރިއިރު، އިންޑިއާގެ މެޗުތައް ކުޅެފައިވަނީ ސްރީ ލަންކާގަ އެވެ. އެކަމަކު، ޕާކިސްތާނުން ވަނީ އަންނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މެޗުތައް އިންޑިއާ ބޭނުންވާ ގޮތަކަށް ބަދަލުކުރިޔަ ނުދޭން އަމާޒުހިފައިފަ އެވެ.

ޖިއޯނިއުސްއުރްދޫ އިން ރިޕޯޓްކުރާގޮތުގައި، އިންޑިއާ އިން އަންނަ އަހަރު ޕާކިސްތާނަށް ޗެމްޕިއަންސް ޓްރޮފީ މެޗުތައް ކުޅެން ނުގޮސްފިނަމަ، އިންޑިއާ އާއި ސްރީ ލަންކާގައި، 2025 ވަނަ އަހަރު ހޯސްޓްކުރާ ޓީ20 ވޯލްޑް ކަޕް ޕާކިސްތާނުން ބޮއިކޮޓްކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox