އިންގްލެންޑް ޓީމަށް ގްރީލިޝް ނެގުމުން ގާޑިއޯލާ ހިތްހަމަނުޖެހިއްޖެ

Nov 9, 2024, 4:33 AM
އިންގްލެންޑް ޓީމަށް ގްރީލިޝް ނެގުމުން ގާޑިއޯލާ ހިތްހަމަނުޖެހިއްޖެ

މެންޗެސްޓާ (ނޮވެމްބަރު 9) - އިންގްލެންޑް ގައުމީ ޓީމުން މި މަހު ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި މެންޗެސްޓާ ސިޓީގެ ޖެކް ގްރީލިޝް ހިމެނުމުން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ނޭޝަންސް ލީގުގައި އަޔަލެންޑާއި ގްރީސްއާ އެކު ކުޅޭ މެޗުގެ ސްކޮޑަށް އިނގިރޭސި ކޯޗު ލީ ކާސްލީ ނެގި ސްކޮޑުގައި ގްރީލިޝް ހިމެނިއިރު، އޭނާ އެންމެ ފަހުން، މެޗެއް ކުޅެފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ، އެންމެ ފަހުން، ދިން އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ.

އިންގްލެންޑް ޓީމަށް ގްރީލިޝް ނެގުމާ ބެހޭގޮތުން، ކާސްލީ ބުނެފައިވަނީ، ގައުމީ ޓީމުގެ ޓްރެއިނިންގެ ކުރިން ގްރީިލިޝްގެ ޓެސްޓްތަކެއް ހަދާނެ ކަމަށާއި އޭނާ ނެގީ ސިޓީގައި ވެސް ތަމްރީންތަކުގައި ބައިވެރިވަމުން އަންނާތީ ކަމަށެވެ.

"ގައުމީ ޓީމަކަށް ކުޅުންތެރިން ދާން އަބަދުވެސް އަހަރެން އެދެން، އެއީ އެ މީހުން ރަނގަޅަށް ފިޓްކޮށް ހުންނައިރު، އެކަމަކު، އެކެއް، ދޭއް، ތިނެއް ނޫނީ ހަަތަރު ހަފްތާ ޖެހިޖެހިގެން އުނދަގޫ ހާލަތެއްގައި ހުރި ކުޅުންތެރިއަކު ނެގުމަކީ ރަނގަޅު ކަމެއް ނޫން،" އިންގްލެންޑް ޓީމަށް ގްރީލިޝް ނެގުމަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ.

"17 ދުވަސް ތެރޭ އޭނަ އެންމެ ފަހަރަކު ވެސް ޓްރެއިން ނުކުރާ ވަގުތެއް ދިޔަ. މި ފަހުން އޭނާ ޓްރެއިނިން އަށް ނުކުތް ފުރަތަމަ ދުވަހު ވެސް 20 މިނިޓް ޓްރެއިން ކުރީ. އެއީ ރިއަލިޓީ އަކީ. އޭނަ، ދެން ޖިމްގައި މިދިޔަ ދުވަސްތަކުގައި ވަރަށް ވަގުތު ހޭދަކުރި، އެހެންވީމަ، މި ކަންކަމަކީ އަހަރެން ޖަވާބު ދިނުމަށް ވުރެ އިންގްލެންޑްގެ ކޯޗު ވިސްނަން ޖެހޭ ކަންކަން،"

ގާޑިއޯލާ ބުނީ، އިންގްލެންޑުން ބޭނުން ކުޅުންތެރިއަކު ސްކޮޑަށް ނެގިދާނެ ކަމަށާއި އެކަމަކު، ކަންކަން ހިނގާގޮތް ރަނގަޅަށް ބަލައި، ވާހަކަ ދެއްކުން ބުއްދިވެރިވާނެ ކަމަށެެވެ.

އެންމެ ފަހުން ސިޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، މިއީ 2018 ވަނަ އަހަރުގެ ފަހުން މި ގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ. ގާޑިއޯލާ ވަނީ އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ވާހަކަތައް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހިއްސާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox