މޮރީނިއޯ އަށް ސަސްޕެންޝަނަކާ އެކު 18000 ޑޮލަރުގެ ޖޫރިމަނާ އެއް

Nov 9, 2024, 4:19 AM
މޮރީނިއޯ އަށް ސަސްޕެންޝަނަކާ އެކު 18000 ޑޮލަރުގެ ޖޫރިމަނާ އެއް

އިސްތަންބޫލް، ތުރުކީ (ނޮވެމްބަރު 9) - ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ އެއް މެޗަށް ސަސްޕެންޑްކޮށް، 18000 ޑޮލަރުން ޖޫރިމަނާކުރަން ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

މޮރީނިއޯ އަށް މި އަދަބުތައް ދޭން ނިންމީ، ތުރުކީ ސުޕަ ލީގުގައި ފެނަބާޗޭ އިން ފަހު ވަގުތު ޓްރަބްޒޯންސްޕޯ އަތުން 3-2 އިން މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކާއި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދިމާވި ކަންތައްތަކުގެ މައްސަލަތައް ބެލުމަށް ފަހު އެވެ.

އެ ގޮތުން، ސޯފްޔަން އަމްރަބަޓް، އިތުރު ވަގުތުގައި ލަނޑުޖަހައި، ފެނަބާޗޭ މޮޅުކޮށްދިން ވަގުތު މޮރީނިއޯ ވަނީ ދަނޑަށް އަރައި އުފާފާޅުކޮށްފަ އެވެ. އަދި ނިންމާފައި ޓަނަލަށް ވަންނަމުން ސަޕޯޓަރުންނަށް އިޝާރާތްކޮށް އުފާފާޅުކުރި ގޮތުން، އޭނާއާ ދިމާލަށް އެއްޗެހި ވެސް އުކާފައިވެ އެވެ. އެ އަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ މެޗު ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ، ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކަކާއި ތުރުކީ ފުޓްބޯޅައިގެ އުސޫލުތަކާ ހިލާފު އަމަލުތަކެއް ވެސް މޮރީނިއޯގެ ފަރާތުން ފެނިފައިވާތީ، މި މައްސަލަ ބަލައި، އެންމެ އެކަށޭނެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

މެޗު ރެފްރީންނާ މެދު މޮރީނިއޯ ހިތްހަމަނުޖެހުނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ޓްރަންޒޯންސްޕޯ އަށް ދެ ޕެނަލްޓީ ދިންއިރު، ފެނަބާޗޭ އަށް ދޭން ޖެހޭ ޕެނަލްޓީއެއް ނުދިނުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox