ސިޓީބިޓީ: ތިޔައީ ރައްޔިތުންގެ މަޖިލީހެވެ, ރައީސްގެ މަޖިލީހެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ މާލަމުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ މާލަމުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އަޅުގަނޑުމެން ދުނިޔެއަށް ލޯ ހުޅުވެމުން އައި ދުވަސްވަރު ރާއްޖޭގެ ދުސްތޫރީ ނިޒާމު ތަރުތީބުކޮށްފައި އޮތީ ވެރިކަމުގެ ހުރިހާ ބާރެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހިއްސާ އޮންނަ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ މެންބަރުން ތިއްބަވަ އެވެ. ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުން ނިންމާ ނިންމުންތައް ބަދަލުކުރެއްވުމުގެ އިހުތިޔާރު ރައީސަށް އޮވެ އެވެ. މި ނިޒާމު ބައްޓަންކުރި ޒަމާނަކީ ދުނިޔޭގެ އާޖުފާޖު ދިވެހިންނަށް މާބޮޑަށް ނޭނގޭ ޒަމާނެކެވެ. ޑިމޮކްރަސީއެއް، ދުސްތޫރެއް، ބާރުތަކެއް، ބާރުތައް ވަކިކުރުމެއް އެއިރަކު އަޅުގަނޑުމެން ނުދަންނަމަވެ.

ނަވާރަ ސަތޭކައިގެ ފަހުކޮޅުގައި ލިބުނު ހަނި އަދި އެހާމެ މަދު ފުރުސަތުތަކުގެ ބޭނުން ހިފައިގެން ބޮޑުންގެ އައުލާދުން ނޫނަސް މީހުން ކިޔަވައިގެން އަންނަން ފަށައިފި އެވެ. ނަތީޖާއަކަށްވީ އެއިރު އޮތް ނިޒާމު ކަމުނުގޮސްގެން، މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށް ހަޅުތާލުކޮށް، މުގުރާއި އަސޭމިރުސް ދުމާއި، ކަރުނަ ގޭހުގެ ގިލަންވެރިކަމާއި ދިލައިގެ ވޭންތަކުގެ ތެރެއިން ތަފާތު ނިޒާމެއް އުފަންކުރުމެވެ.

ބާރުތައް ވަކިވެފައި އޮންނަ، ރައްޔިތުންގެ ބާރުވެރިކަން ހިނގާ ނިޒާމެއް ގާއިމުކުރުމެވެ. ދުސްތޫރީ އޮނިގަނޑެއްގެ ތެރެއިން ވެރިކަން ހިންގަން ފެށުމެވެ. ގާނޫނު ހެދުމާއި ވެރިކަން ހިންގުމާއި، ޝަރީއަތް ކުރުމަކީ މުސްތަގިއްލުކޮށް ހިނގާންޖެހޭ ކަންކަމުގެ ގޮތުގައި ކަނޑައެޅުމެވެ.

Advertisement

މި ބޮޑު ބަދަލަށް 16 އަހަރަށްވުރެ ގިނަ ދުވަސްވީއިރު މިއަދުގެ ހާލަތަށް ބަލާއިރު ބާރުތަކުގެ މެދުގައި އޮންނަންވީ ވަކިވުން ނެތިދާ މަންޒަރު ލޮލަށް ފެންނާން ފަށައިފި އެވެ. ގައިމުވެސް ތިން ބާރުން ދެ ބާރު އެކުވެ އެކެއްގެ އަތް މައްޗަށް ރަނގަޅަށް ޖަމާވެފައި އޮތް މަންޒަރު ސާފުކޮށް ފެންނާން ފަށައިފި އެވެ.

މިހެން މިކަންވަނީ މިވަގުތު އެއް ބާރުގެ ވެރިޔަކަށް ހުންނެވި ބޭފުޅެއްގެ ވިސްނުންފުޅު ހުރި ގޮތުންކަން ސާފުވެ އެވެ. އާދޭހެވެ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވިސްނުންފުޅުގެ ސަބަބުންނެވެ.

ތެދެކެވެ. 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. މަޖިލީހުގެ ތިން ބައިކުޅަ ދެބައަށްވުރެ ބޮޑު އަގުލަބިއްޔަތެއް އެއޮތީ ޕީއެންސީގަ އެވެ. ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާހާ ގޮތަކަށް ކަންކަން ކުރަން ދިން އަގުލަބިއްޔަތެއް ކަމުގައި މާނަކުރެވިދާނެ ހެއްޔެވެ؟

ޑިމޮކްރަސީއަކީ ހަމައެކަނި އަގުލަބިއްޔަތުގެ ވެރިކަމެއް ނޫނެވެ. ޑިމޮކްރަސީއަކީ އަގުލަބިއްޔަތުން ވެރިކަން ކުރުމުގެ ބާރުތަކަށް އިންތިހާބުކުރާ ބަޔަކު ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ މިންގަނޑުތަކުގެ ތެރެއިން ގާނޫނީ ހުކޫމަތެއް ހިންގުމުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. އަދި ޖަވާބުދާރީވުމަކީ ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ސިފަ އެވެ.

ޑިކްޓޭޓާޝިޕުތަކުގައިވެސް އިންތިހާބުތައް ބާއްވައި، ވެރިން ހޮވަ އެވެ. އަގުލަބިއްޔަތުގެ ތާއީދު އޮތަސް އެއީ ޑިމޮކްރަސީތައް ކަމުގައި ޑިމޮކްރަސީގެ ހަގީގަތް ދަންނަ އެކަކުވެސް ގަބޫލެއް ނުކުރެ އެވެ.

ނަމަވެސް މަޖިލިސް އިންތިހާބު ނިމުމާއެކު މަޖިލީހުގެ ރައީސްކަން ލިބިވަޑައިނުގަންނަވަނީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް ރައްޔިތުން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުގައި ތިއްބަވާނެ ބޭފުޅުން ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމީ ރައީސް އެންގެވި ގޮތަކަށެވެ. އެހިސާބުން ފެށިގެން މިއަދާ ހަމައަށް ރައީސް އަންގަވާފައިވާ ގޮތަކާ ހިލާފަށް މަޖިލީހުން ކަމެއް ނިމުނު ތަނެއް ނުފެނެ އެވެ.

އިހަކަށް ދުވަހު މަޖިލީހުގެ ރިޔާސަތުން ކުރެއްވި ކަމަކުން މަޖިލީހުގެ މިސްރާބު ހުރި ގޮތް އިތުރަށް ސާފުވި އެވެ. އިދިކޮޅު މެންބަރަކު ވާހަކަދައްކަވަމުން ރައީސް މުއިއްޒު މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ދެއްވާ ފައިސާގެ ވާހަކަ ދައްކަވަން ފެއްޓެވުމާއެކު، ހުއްޓުވައިލެއްވި އެވެ. ވިދާޅުވީ އެމީހާގެ ނަފްސު ދިފާއުކުރެވެން ނެތް މީހެއްގެ ވާހަކަ މަޖިލީހުގައި ދައްކަވަން ޖާގަ ނުދެއްވޭނެ ކަމަށެވެ. ތެދެކެވެ. މަޖިލީހުގައި ރައީސް މުއިއްޒު ދިފާއުކުރައްވަން އެމަނިކުފާނެއް ނެތެވެ. ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ވާހަކަދައްކަވަން 75 މެންބަރުން އެބަތިއްބެވި އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގައި ގައިރު ހާޒިރުގައި އެބޭފުޅެއްގެ އަބުރު ނަގައިލުމަކަށް އަޅުގަނޑު ތާއީދެއް ނުކުރަމެވެ.

ނަމަވެސް މިދެންނެވި މެންބަރު ވާހަކަ ދެއްކެވިތާ ހިނދުކޮޅެއް ނުވަނީސް އެ ތެދުވެވަޑައިގަތީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރެވެ. ފަތިފައްޗަށް، ބަރިބަރިއަށް އެހެރަ އަމުނައިލެއްވީ ހުތުރުހައި ތުހުމަތެވެ. ކުރިން ޕީއެންސީ ހިމެނޭ ކޯލިޝަނުގެ ލީޑަރުކަމުގައި ހުންނެވި ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ ގުޅޭ ގޮތުންނެވެ. ނުދައްކަވާކަށް ވާހަކައެއް ނުކުރައްވާ ތުހުމަތެއް ނެތެވެ. އަބްދުއްރަހީމް އިންނެވީ އެއް މިޔަކަނިން ހިނިފުޅުވަޑުވާށެވެ. ޔާމީނުގެ ދިފާއުގައި ބަހެއް ބުނާނެ މެންބަރަކު އެ މަޖިލީހުގައި ނެތެވެ. ހައްތަހާވެސް ތިއްބެވީ އެމަނިކުފާނާމެދު ނަފުރަތުކުރައްވާ ބޭފުޅުންނެވެ.

މަޖިލީހުގެ ރައީސް އެ ދެއްކެވީ މަޖިލީހުގައި ނުދެއްކޭނީ އެންމެ ބޭފުޅެއްގެ ވާހަކަ ކަމެވެ. އެއީ އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ ހަގީގީ މިލްކުވެރިޔާ އެވެ. ރައީސް މުއިއްޒެވެ. އެހެން ބޭފުޅުންނަށް ވަގަށް ގޮވައި، ލެއްވިހައި ހުތުރު ތުހުމަތެއް އަމާޒުކުރަންވީ އެވެ.

މިއީ މަޖިލީހުގެ ތަޅުމުގައި ބަހުސްތައް މޮޑަރޭޓުކުރައްވާ ގޮތެވެ. ބޮޑެތި ބިލުތަކާމެދު އަމަލުކުރައްވަނީވެސް މިގޮތަށެވެ. ރައީސަށް މުހިއްމު ބިލެއްނަމަ މަޖިލީހަށް ހުށަހެޅުމާއެކު އަވަސް އަވަހަށް ގެންގޮސް ނިންމައިލަނީ އެވެ. އެއިން ބިލަކާމެދު ދިރާސާއެއް ކުރަން ބޭނުންވާ މިންވަރަށް ވަގުތު ހޭދަކުރުމެއް ނެތެވެ. މުހިއްމު ތިން ޓެކުހެއް ބޮޑުކުރަން ނިންމީ ދެ ދުވަހުގެ ދިރާސާއަށް ފަހު އެވެ.

ގާނޫނު ހެދުމުގެ ބާރު ވަކިން އޮތުމުގެ ބޭނުމަކީ ސަރުކާރުން ގާނޫނަކަށް ބަދަލެއް ގެންނަން ބޭނުންވާ ހާލަތުގައިވެސް އެ ބަދަލަކުން ކުރާނެ އަސަރުތައް ރަނގަޅަށް ދިރާސާކޮށް ބެލުމެވެ. އެހެންނޫންނަމަ މަޖިލީހެއް ނެތަސް، ބަންޑާރަނައިބުގެ އޮފީހުން ފަރުމާކޮށްފައި ދޭ ގާނޫނެއް ރައީސް އޮފީހަށް ގެންގޮސް ރައީސްގެ ސޮއި އަޅައިލެއްވުމުން ގާނޫނަކަށްވާ ގޮތަށްވެސް ނިޒާމު ބައްޓަންކުރެވުނީހެވެ.

އިތުރު މިސާލެކެވެ. އިހަކަށް ދުވަހު ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކުރެވުނެވެ. ހެނދުނު 10:00 އަށެވެ. ނަމަވެސް އެވަގުތު ރައީސް ބައިވެރިވެވަޑައިގަންނަވާ ހަފުލާއެއް ކުރިއަށްދިޔަ އެވެ. މަޖިލީހުގެ ޖަލްސާ ފަސްކޮށް، 1:00 އަށް ބަދަލުކުރީ އެވެ. މަޖިލީހުގެ ޖަލްސާ އެ ގަޑީގައި އޮވެއްޖެނަމަ ރައީސްގެ ތަގުރީރު ބަލާ މީހުންގެ އަދަދު މަދުވެދާނެތީ ތޯއްޗެކެވެ. ނަމަވެސް މިއީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ޖަލްސާތައް ތާވަލުކުރުމުގައި ބަލަންޖެހޭ ކަމެއެ ހެއްޔެވެ؟

މި ވާހަކަތަކަކީ މިސާލަކަށްފަހު މިސާލެއް ދައްކަމުން ލިޔާންވެއްޖެނަމަ ކޮޅުންލާން ނެތް ވާހަކައެކެވެ. ޑިމޮކްރަސީއަކީ އަގުލަބިއްޔަތުގެ ވެރިކަން ކަމުގައި މާނަކުރައްވައިގެން އަގުލަބިއްޔަތު ލިބުނީ ރައީސް ބޭނުންފުޅު ގޮތަކަށް މަޖިލިސް ހިންގަން ކަމުގައި ހީކުރައްވައިގެން ނުވާނެ އެވެ. މަޖިލީހުގެ ވަކިވަކި މެންބަރުންނާއި މުޅި މަޖިލީހުގެ ޒިންމާ އޮތީ ރައްޔިތުންނަށެވެ. އަމާނާތްތެރިވެ އިހުލާސްތެރިވާންޖެހެނީ ދިވެހި ގައުމަށެވެ. މަޖިލިސް ހިންގަންވީ ރައީސް ވިދާޅުވާ ގޮތަކަށް ނޫނެވެ. ލިޔެފައި އޮތް ގަވާއިދުތަކާ އެއްގޮތަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ޒިންމާތައް އަދާކުރެވޭނެހެން، ރައްޔިތުންނަށް އެންމެ ބޮޑު ލާބައާއި މަންފާއެއް ލިބޭނެ އުސޫލުތަކެއްގެ ތެރެއިންނެވެ. ތިޔަ މަޖިލީހަކީ ރައީސްގެ މަޖިލީހެއް ނޫނެވެ. ތިޔައީ އަޅުގަނޑުމެން ނިކަމެތި ދިވެހި ރައްޔިތުންގެ މަޖިލީހެވެ.

މި ލިޔުން ފޮނުވި ފަރާތުން އެދިފައި ވަނީ "ދެކުނުތަރި" ނަމުގައި މި ލިޔުން ޝާއިޢުކޮށް ދިނުމަށެވެ.

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox