ޖެނުއަރީގައި ލިވަޕޫލުން ކުޅުންތެރިން ވިއްކަން ސްލޮޓް ބޭނުމެއްނޫން

Nov 8, 2024, 12:44 AM
ޖެނުއަރީގައި ލިވަޕޫލުން ކުޅުންތެރިން ވިއްކަން ސްލޮޓް ބޭނުމެއްނޫން

ލިވަޕޫލް (ނޮވެމްބަރު 8) - ލިވަޕޫލްގެ މުހިންމު ތިން ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެ ސްކޮޑުގައި މި ވަގުތު ހުރި އެއްވެސް ކުޅުންތެރިއަކު ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވިއްކައިނުލުމަށް، އެ ކްލަބްގެ މެނޭޖްމަންޓަށް، އެ ޓީމުގެ ކޯޗު އާނާ ސްލޮޓް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ މުހިންމު ތިން ކުޅުންތެރިއެއް ކަމަށްވާ، އަލެކްސަންޑަ އާނޯލްޑް، މުހައްމަދު ސަލާހު އަދި ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެއިން އެއްވެސް ކުޅުންތެރިއަކު ވިއްކާލައިގެން، ލިވަޕޫލުން މާލީ މަންފާއެއް ހޯދާނަމަ، އެކަން ކުރެވެން އޮތީ ޖެނުއަރީ ޓްރާންސްފާގަ އެެވެ.

އެކަމަކު، ލިވަޕޫލްގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި، ނެދަލެންޑްސްގެ ސްލޮޓް، އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓްގެ ކިބައިން އެދިފައިވަނީ އެއްވެސް ކުޅުންތެރިއަކު ޖެނުއަރީ ޓްރާންސްފާގައި ވިއްކައިނުލުމަށެވެ. ސަބަބަކީ، މި ސީޒަނުގައި ކާމިޔާބު ހޯދަން، ސްކޮޑުގައި މި ވަގުތު ހުރި ކޮންމެ ކުޅުންތެރިއެއްގެ ވެސް ބޭނުން ބޮޑު ކަމަށް ސްލޮޓް އަށް ގަބޫލުކުރެވޭތީ އެވެ.

ނުވަ އަހަރަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލި ޖަރުމަނުގެ ޔާގަން ކްލޮޕް ނެތުމުން ލިވަޕޫލަށް ބޮޑު ހުސްކަމެއް އަންނާނެ ކަމަށް ގިނަ ބަޔަކަށް ބެލެވުނު ނަމަވެސް، ސްލޮޓް އަންނަނީ އެކަން ފޫބެއްދުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތްއިރު، އެ ޓީމު ވަނީ ލީގު ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox