ހުޅުމާލެ ފަޅުތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އެ އުޅަނދު އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ސަފާރީގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 03:42 ހާއިރު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަފާރީގައި އަލިފާން ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ.













