ބާސެލޯނާ މެޗުތަކުން މޮޅުވިޔަސް ފްލިކް ހަމަބިމުގައި

Nov 7, 2024, 1:55 AM
ބާސެލޯނާ މެޗުތަކުން މޮޅުވިޔަސް ފްލިކް ހަމަބިމުގައި

ބެލްގްރޭޑް، ސާބިއާ (ނޮވެމްބަރު 7) - ބާސެލޯނާ އިން މޮޅަށް ކުޅެ ގިނަ ލަނޑުތަކެއް ޖަހައިގެން މެޗުތަކުން މޮޅުވި ކަމުގައި ވިޔަސް އޭނާގެ ވިސްނުމަކީ އަދި މިއީ ފަސޭހަވަގުތު ކަމަށާއި އުނދަގޫ ވަގުތަށް ވެސް ވިސްނާ ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ސާބިއާގެ ރެޑްސްޓާ އަތުން 5-2 އިން މޮޅުވި މެޗަށް ފަހު، ފްލިކް ބުނީ މި ވަގުތު ބާސެލޯނާގެ ކުޅުމާއި ނަތީޖާ ނެރުން މި ހުރީ އޭނާ ބޭނުންވާ ލެވަލްގައި ކަމަށެވެ. އެކަމަކު، ހުރިހާ ވަގުތަކު މި ގޮތަށް ކަންކަން ހިނގާނެ ކަމަށް އޭނާ ނުވިސްނާ ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

"މި ވަގުތަށް ބަލަންޏާ ބުނެވިދާނެ އަހަރެމެންނަށް ރަނގަޅަށޭ ހުރިހާ ކަމެއް ދަނީ. އެކަމަކު، ގަބޫލުުކުރަން ޖެހޭ ފުޓްބޯޅައިގައި އަބަދަކު މިހެން ވެސް ނުވާނެ. ޓީމެއްގެ އެންމެ ބޮޑު އިމްތިހާނަކީ، އުނދަގޫ ވަގުތުތަކުގައި އެ ޓީމުން އަމަލުކުރަނީ ކިހިނެއްތޯ." ފްލިކް ބުންޏެވެ.

"މި ވަގުތު އަހަރެމެން މި ފޯމު ދަމަހައްޓާއިރު ވިސްނަންވީ، ޓީމެއްގެ ގޮތުގައި އެއްބައިވަންތަކޮށް، ޓީމުވޯކާ އެކީ ކުރިއަށްދާން އެ ނޫނީ މި ކަން ކުރަން އުނދަގޫވާނެ،"

ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވި ނަމަވެސް ބާސެލޯނާ އިން ވަނީ ދެން ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ.

ސްޕެނިޝް ލީގަށް ބަލާއިރު، ބާސެލޯނާ އިން ވަނީ ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފަ އެވެ. މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ނުވަ ޕޮއިންޓުގެ ފަަރަގަކާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox