އާސަންދަ ހިދުމަތާ ގުޅޭ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ހިތްވަރެއް ސަރުކާރުގައި ނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރަކު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ މެމްބަރަކު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އާސަންދައިގެ ހިދުމަތް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތީ އެކަމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ހިތްވަރު ސަރުކާރުގައި ނެތުމުން ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ކުއްލި މައްސަލައަށް ތަޅުމުގައި ބަހުސް ކުރުމާ މެދު ވޯޓަކަށް ދެވެން ނެތްކަން ރިޔާސަތުން އިއުލާނު ކުރި އެވެ. އެއީ ކުއްލި މައްސަލައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ އެވެ. އެކަމުގެ ކަންބޮޑުވުން ފައްޔާޒު ވަނީ ފާޅުކުރައްވާފަ އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތައް އުފައްދައި ބަހުސް ކުރުމަށް މަސައްކަތްކުރާ މުއައްސަސާ. ނަމަވެސް އާސަންދަ ލިބުމާ މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް އެމްޑީޕީން ހިއްސާކުރުމުން އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ހިތްވަރު ސަރުކާރުގައި ނެތް," ފައްޔާޒު ވިދާޅުވި އެވެ.

އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ގާނޫނުން މަތިކުރާ ޒިންމާއެއް ކަމަށާއި އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމެއް ހައްލުކުރަން ޖެހޭނީ ވެސް ސަރުކާރުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ ނިޔަތާއި އަމަލުތައް ކުރިއަށް އޮތް ތަނުގައި ވެސް ހުންނާނެ ގޮތް މިއަދުގެ ކުއްލި މައްސަލަ ބޭރުކުރުމުން ހާމަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލާގައި ބުނީ މި އަހަރުގެ މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން، ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް ލިބެމުންއައި އާސަންދަގެ ހިދުމަތް ދިނުން ހުއްޓައިލަމުންދާތީ އާއި، ބޭސްސިޓީއަށް ބޭސްދޫކުރުމުގައި ލިބެމުންއައި އާސަންދަގެ ހިދުމަތް ނުލިބި، އެ ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަންޖެހުމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.

އެ މައްސަލާގައި ބުނީ ގާނޫނު އަސާސީގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ކަނޑައަޅައި، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގު ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި އާސަންދަ ހިންގުމަށް މާލީގޮތުން ދަތިވެއްޖެ ހާލަތްތަކުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ ވުޒާރާގައި އެދުމުން އެ ވުޒާރާއިން އެކަން ހައްލުކޮށްދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާކަން ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox