އާސަންދަ މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރަން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ މެންބަރު ކުޑޫ: އާސަންދަ މެދުކެނޑުމެއްނެތި ލިބެމުންދާކަން ކަށަވަރު ކުރަން ގޮވާލައި ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: މަޖިލިސް

މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ މެންބަރު ކުޑޫ: އާސަންދަ މެދުކެނޑުމެއްނެތި ލިބެމުންދާކަން ކަށަވަރު ކުރަން ގޮވާލައި ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: މަޖިލިސް

އާސަންދައިގެ ހިދުމަތް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި ކުއްލި މައްސަލައިގައި ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހުން ބަލައިނުގަންނަ ކަމަށް ރިޔާސަތުން ނިންމައިފި އެވެ.

އެ ކުއްލި މައްސަލާގައި ވަނީ ރައްޔިތުންނާ ސީދާ ގުޅުންހުރި އެފަދަ މުހިންމު ކަމެއްގައި އަދި ދައުލަތުން ފައިސާ ދީގެން ހިންގަމުން އައިސްފައިވާ ހިދުމަތެއް، ދައުލަތުން ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓައިލަން ޖެހޭ ހިސާބަށް ދިޔަނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ގޮވާލާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތު ނިމުމަށް ފަހު ރިޔާސަތުން ވަނީ އެ މައްސަލައިގެ ބަހުސް ތަޅުމުގައި ކުރުމާ މެދު ވޯޓަކަށް ދެވެން ނެތް ކަން އިއުލާނު ކުރައްވާފަ އެވެ.

"އެއީ އެ މާއްދާގެ ހ. ގައި ބުނަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައިގައި ބަޔާންކުރާ ކަންކަން ވާން ޖެހޭނީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަކަށޭ. އަދި އެއީ ވޭތުވެދިޔަ ހަތް ދުވަހު ހިނގައިގެން އުޅޭ ކަމަކަށޭ ވާން ޖެހޭނީ," މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވި އެވެ.

ދިވެހި ހުރިހާ ރައްޔިތުންނަށް އަސާސީ ސިއްހީ ހިދުމަތް ދިނުމަށް އާސަންދައިގެ ނަމުގައި 2011 ވަނަ އަހަރު ފެށި ގައުމީ ސިއްހީ ފަރުވާގެ އިންޝުއަރަންސް ނިޒާމު ދިވެހި ދައުލަތުން ފައިސާ ހަރަދުކޮށްގެން ދިޔައީ ހިންގަމުންނެވެ.

ނަމަވެސް, އެ މައްސަލާގައި ބުނީ މި އަހަރުގެ މިހާތަނަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން، ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް ލިބެމުންއައި އާސަންދަގެ ހިދުމަތް ދިނުން ހުއްޓައިލަމުންދާތީ އާއި، ބޭސްސިޓީއަށް ބޭސްދޫކުރުމުގައި ލިބެމުންއައި އާސަންދަގެ ހިދުމަތް ނުލިބި، އެ ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަންޖެހުމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ.

ކުއްލި މައްސަލާގައި ބުނީ ގާނޫނު އަސާސީގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ކަނޑައަޅައި، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް އެ ހައްގު ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި އާސަންދަ ހިންގުމަށް މާލީގޮތުން ދަތިވެއްޖެ ހާލަތްތަކުގައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މާލީ ވުޒާރާގައި އެދުމުން އެ ވުޒާރާއިން އެކަން ހައްލުކޮށްދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާކަން ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.

އާސަންދައިގެ މަގްސަދު ކަމަށް ކުއްލި މައްސާލާގައި ފާހަގަކޮށްފައިވާ ނުކުތާތައް:

  • ދިވެހިންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކޮށްދިނުން.
  • ދިވެހިންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތުގެ ހަރަދު ހަމަޖައްސައިދޭނެ އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމެއް ގާނޫނީގޮތުން ގާއިމުކުރުން؛
  • އިޖްތިމާއީގޮތުންނާއި، އިގްތިސާދީގޮތުންނާއި، އުމުރުގެގޮތުންނާއި، ދުޅަހެޔޮކަމުގެގޮތުން އާބާދީގެ ތަފާތު ގިންތިތަކުގެ މެދުގައި ރިސްކް ޕޫލްކޮށް، އެމީހެއްގެ އިގްތިސާދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމެއް ގާއިމުކުރުން.
  • ރަނގަޅު ފެންވަރުގެ އަސާސީ ހިދުމަތް ހޯދުމަށް އަމިއްލަ އަތުން ކުރަންޖެހޭ ހަރަދުތައް މަދުކޮށް، ސިއްހީ ހަރަދުތަކުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ އަދި އިޖްތިމާއީ ނިކަމެތިކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުން ސަލާމަތްކުރުން؛

އާސަންދަ ނުލިބުމަކީ ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބަރުދާސްތު ނުކުރެވޭނެ ވަރުގެ އިތުރު ތަކުލީފެއް މުޅި އާބާދީއަށް ކުރިމަތިވެދާނެފަދަ ކަމެއް ކަމަށް ވެސް ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox