އާޓެޓާ ބުނީ އާސެނަލް ކުރިއަށްދާނީ އިންޓަ ކަހަލަ ވަރުގަދަ މެޗުތަކުގައި ތަފާތު ދައްކައިގެން ކަމަށް

Nov 6, 2024, 3:21 AM
އާޓެޓާ ބުނީ އާސެނަލް ކުރިއަށްދާނީ އިންޓަ ކަހަލަ ވަރުގަދަ މެޗުތަކުގައި ތަފާތު ދައްކައިގެން ކަމަށް

މިލާން (ނޮވެމްބަރު 6) - އާސެނަލުން ޓީމެއްގެ ގޮތުގައި ކުރިއަށްދާނަމަ އެންމެ މުހިންމު ކަމަކީ ޗެމްޕިއަންސް ލީގުގައި، މިރޭ، އިންޓަ މިލާނާ ދެކޮޅަށް ކުޅޭ ފަދަ ވަރުގަދަ މެޗުތަކުން މޮޅުވުން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ނަތީޖާ ނުރެނެވި، އާސެނަލަށް ޕްރެޝަރު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާން ދަނޑުގައި އެ ޓީމާ ބައްދަލުކުރަން އާސެނަލުން ވަނީ ތައްޔާރުވެފަ އެވެ.

އާޓެޓާ ބުނީ، ހުރިހާ ގޮތަކުން ބެލިޔަސް، އިންޓަ މެޗަކީ، އޭނާގެ ޓީމަށް ބޭނުންވާ ފަދަ ރަނގަޅު ޗެލެންޖެއް ކަމަށެވެ.

"އަހަރެމެން މި މެޗަށް މިލާނަށް މިއައީ މަސައްކަތް ކޮށްގެން މޮޅުވެވޭތޯ. އެ މީހުން (އިންޓަ) ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު، އެހެންވީމަ، މިއީ އަހަރެމެން ނަތީޖާ ނެރެގެން ޓީމެއްގެ ގޮތުގައި ކުރިއަށްދާން ލިބޭ ކަހަލަ މެޗެއް،" އާޓެޓާ ބުންޏެވެ.

އިންޓަ އިން އަންނަނީ އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުން ކަމަށާއި އެކަމުގެ ކްރެޑިޓް ދޭން ޖެހޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އިންޓަ ދަނޑުގައި މި މެޗު ކުޅުނަސް އާސެނަލުން މަސައްކަތް ކުރާނީ އަމިއްލަ އިތުބާރު ރަނގަަޅުކުރެވޭފަދަ މޮޅު ކުޅުމެއް ދެއްކުމަށް ކަމަށް ވެސް އާޓެޓާ ބުނެފައިވެ އެވެ.

އާސެނަލްގައި އާޓެޓާގެ މަސައްކަތުގައި އެންމެ ބޮޑަށް ބައިވެރިވި، ސްޕޯޓިން ޑިރެކްޓަރު، އެޑޫ އެ ކްލަބް ދޫކޮށްލުމާ ބެހޭގޮތުން ސުވާލުކުރުމުން، އާޓެޓާ ބުނީ، ފުޓްބޯޅައިގައި ކަންކަން ބަދަލުވާނީ ވަރަށް އަވަހަށް ކަމަށާއި އެޑޫ އެ ކްލަބް ދޫކޮށްލުމަކީ ވެސް އެ ފަދަ ކަމެއް ކަމަށެވެ.

އަދި އާސެނަލުން މިހާރު ކުރިއަށްދަނީ އެ ކްލަބްގެ އެންމެން އެކުވެގެން ގެންގުޅޭ ޕްލޭނެއްގެ ތެރެއިން ކަމަށާއި އެޑޫ އަށް ފަހު، ދެން އެ މަގާމަށް ގެންނަ ފަރާތެއް ވެސް މި ޕްލޭނުން ކުރިއަށްދާނަމަ، ކްލަބް އޮތީ ރަނގަޅަށް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާސެނަލާއި އިންޓަ ކުޅޭ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox