ކުރިން ދޫކޮށްފައިވާ ޑޮމެއިން ނަންބަރުތައް ގަވާއިދަށް ފައްތަން 60 ދުވަހުގެ މުއްދަތެއް ދެނީ

މާލޭގެ މަގެއްގައި ކާރުތަކެއް ދުއްވާފައި ދަނީ. ރާއްޖޭގައި 1200 އަށްވުރެ ގިނަ ޑޮމެއިން ގެންގުޅޭ ކަމަށް ޓްރާންސްޕޯޓުން ބުނޭ --- ފޮޓޯ: ފައިލް

މާލޭގެ މަގެއްގައި ކާރުތަކެއް ދުއްވާފައި ދަނީ. ރާއްޖޭގައި 1200 އަށްވުރެ ގިނަ ޑޮމެއިން ގެންގުޅޭ ކަމަށް ޓްރާންސްޕޯޓުން ބުނޭ --- ފޮޓޯ: ފައިލް

މީގެ ކުރިން ވިއްކާފައިވާ ޑޮމެއިން ނަންބަރުތަކަށް ދޫކޮށްފައިވާ ލިޔެކިޔުންތައް ގަވާއިދަށް ފެއްތުމުގެ ގޮތުން 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވަނީ ޑޮމެއިން ވިއްކަން އާ ނިޒާމެއްގެ ތެރެއިން އަންނަ އަހަރު ފަށާނެކަން އިއުލާނު ކުރައްވާފަ އެވެ. އޭގެ ކުރިން, ޑޮމެއިންތަކުގެ ލިޔުންތަކުގައި ސެކިއުރިޓީ ފީޗާތަކެއް ހިމަނައި އާ ލިޔުންތަކެއް ދޫކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެކިއުރިޓީ ފީޗާސްއާއެކު ޑޮމެއިން ރަޖިސްޓްރީ އާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދައަށް ބަދަލުކުރުމަށް ހުޅުވާލަން ޖެހޭ. މިހާރު އޮތް އޮޅުންބޮޅުން ފިލުވޭނީ މިހާރު ހުރި ޑޮމެއިން ސެޓްފިކެޓުތަކުގެ ބަދަލުގައި މި ދެންނެވި ސެކިއުރިޓީ ފީޗާސް ޑޮކިއުމެންޓް އަރުވައިގެން. ޑޮމެއިންގެ ވެރިފަރާތުން ޑޮމެއިންއާ ގުޅުންހުރި ލިޔުންތައް ނޮވެމްބަރު 17 އިން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ހުޅުވާލާނަން," އަމީން ވިދާޅުވި އެވެ.

އެ މުއްދަތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ޑޮމެއިންގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު އާ ލިޔުންތައް ހަވާލުކުރުމުގެ މަރުހަލާ ވެސް ކުރިއަށްދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"60 ދުވަހަށް ފަހު ޑޮމެއިންގެ ސައްހަ ލިޔުންކަމަށް މިނިސްޓްރީން ގަބޫލުކުރާނީ އަލަށް ތައާރަފުކުރާ ލިޔުންތައް. މިހާރުގެ ޑޮމެއިންގެ ލިޔުންތައް ހުރި 1200 އެއްހާ ފަރާތް, ޗޭންޖިން އޯވާ ޕްރޮސެސް އަވަސްކުރައްވާށޭ އަޅުގަނޑު ދަންނަވާނީ." އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު ޑޮމެއިން ވިއްކަން ފަށާނީ އޯޕެން ބިޑިން ސިސްޓަމެއްގެ ތެރެއިން ކަމަށް ވެސް މިއަދު އަމީން ހާމަކުރެއްވި އެވެ.

ރާއްޖޭގައި މި ވަގުތު ގާތްގަނޑަކަށް 1،200 ޑޮމެއިން ގެންގުޅޭއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ސައްހަ ނޫން ޑޮމެއިން ކަމަށް މީގެ ކުރިން ޓްރާންސްޕޯޓުން ހާމަކޮށްފައިވެ އެވެ. މައްސަލަ ހައްލުކުރުމަށް މިދިޔަ އެއް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އެއް ވިއުގައަކުން އޯނަރުންނަށާއި, މިނިސްޓްރީ އަށާއި, ގަވާއިދާއި ގާނޫނު ބަލަހައްޓަވަން ތިބޭ ފުލުހުންނަށް ފެންނާނެ ގޮތަކަށް ނިޒާމު ވަނީ ބައްޓަން ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ޑޮމެއިންއަކީ ސެކަންޑަރީ މާކެޓުގައި ވަރަށް އަގުބޮޑުކޮށް ވިއްކޭ އެއްޗެއް ކަމަށްވާއިރު އޭގެ އަގު ހިފެހެއްޓުމުގެ ގޮތުން ޓްރާންސްޕޯޓުން ކަނޑައަޅާ ނިޒާމުގެ ތެރެއިން މާކެޓުކޮށް, ވިއްކައި, އަދި އޯނާޝިޕް ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަން ފާހަގަކުރިގެން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ހުއްޓުވީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox