ބާސެލޯނާ އަށް އެއް ވަނައިގައި 9 ޕޮއިންޓުގެ ލީޑެއް

Nov 3, 2024, 11:18 PM
ބާސެލޯނާ އަށް އެއް ވަނައިގައި 9 ޕޮއިންޓުގެ ލީޑެއް

ބާސެލޯނާ (ނޮވެމްބަރު 4) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 3-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ސްޕެއިނުގެ ވެލެންސިއާ އަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާދިސާއާ ހެދި ރެއާލް މެޑްރިޑް ކުޅެން އޮތް މެޗު ވަނީ ކެންސަލްކޮށްފަ އެވެ. ބާސެލޯނާ އިން އޭގެ ފައިދާނަގައި މި ވަނީ ލީޑުފުޅާކޮށްފަ އެވެ. އެ ގޮތުން، ބާސެލޯނާ އިން ވަނީ 12 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 11 މެޗުން 24 ޕޮއިންޓް ލިބިފަ އެެވެ.

ބާސެލޯނާ އިން ވަނީ 12 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އަދި 23 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ގޯލެއް ޖަަހައި ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެސްޕަންޔޯލްގެ ޖޯފްރޭ ކަރޭރާސް ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ.

މެޗުގެ 31 ވަނަ މިނިޓްގައި އޮލްމޯ ވަނީ އިތުރު ގޯލެއް ޖަހައި، ބާސެލޯނާ އަށް ފުރަތަމަ ހާފުގައި ރަނގަޅު ލީޑެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފުގައި އެސްޕަންޔޯލްގެ އަލްވާރޯ ޓެޖޭރޯ ޖެހި ގޯލެއް ވެސް ވަނީ ވީއޭއާރް އިން ކެންސަލްކޮށްފަ އެވެ. އެކަމަކު، ޖަވީ ޕުއާޑޯ ވަނީ މި މެޗުގައި އެސްޕަންޔޯލަށް ލަނޑެއް ޖަހައިދީފަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ލަސް ޕަލްމާސް އަތުން 2-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯ އަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox