ގަވާއިދާ ހިލާފަށް އެތެރެ ކުރާ ދުންފަތް ނައްތާލުމަށް ހިނގާ ހަރަދު އެތެރެ ކުރި ފަރާތުން ދޭން ޖެހޭ ގޮތް ހަދައިފި

މާލޭ ވިޔަފާރި ބަނދަރަށް ގެނެސްފައި ހުރި މުދާތަކެއް: އާ ގަވާއިދުގެ ދަށުން ބަނދަރުތަކާއި ޕޯސްޓާއި ކުރިއާ ގެންނަން ދުންފަތުގެ ބާވަތްތަކުން ވެސް ޖޫރިމަނާކުރެވޭ -- ފޮޓޯ: އަދަދު

މާލޭ ވިޔަފާރި ބަނދަރަށް ގެނެސްފައި ހުރި މުދާތަކެއް: އާ ގަވާއިދުގެ ދަށުން ބަނދަރުތަކާއި ޕޯސްޓާއި ކުރިއާ ގެންނަން ދުންފަތުގެ ބާވަތްތަކުން ވެސް ޖޫރިމަނާކުރެވޭ -- ފޮޓޯ: އަދަދު

ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ދުންފަތް ނައްތާލުމަށް ހޭދަވާ ހަރަދާއި، ނައްތާލުމާ ހަމައަށް ހިނގާ ހަރަދު، އެ ތަކެތި އެތެރެކުރާ ފަރާތަކުން ދައްކަންޖެހޭ ގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު ބަދަލުކޮށްފި އެވެ.

މިއަދު ގެޒެޓު ކުރި ގަވާއިދުގައި އިސްލާހު ގެނެސްފައި ވަނީ ތިންވަނަ މާއްދާއަށާއި 14 ވަނަ މާއްދާ އަށެވެ. އެ ގޮތުން ގެނައި އިސްލާހުގައި ވަނީ، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރާ ދުންފަތް ނައްތާލުމުގެ ބާރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް ދީފަ އެވެ.

ގަވާއިދާ ހިލާފަށް ދުންފަތް އެތެރެ ކުރާ މީހުން ޖޫރިމަނާ ކުރުމުގެ ބާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިތުރުން ފުލުހުންނާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އިކޮނޮމިކް މިނިސްޓްރީ) އަށް ވެސް އާ ގަވާއިދުގެ ދަށުން ދީފައިވެ އެވެ.

ގަވާއިދާ ހިލާފަށް އެތެރެ ކުރާ ދުންފަތް ނައްތާލުމާއި ނައްތާލުމާ ހަމައަށް ހިނގާ ހަރަދު އެ އެތެރެ ކުރި ފަރާތަކުން ދައްކަންޖެހޭ ގޮތަށް ބަދަލު ގެނައީ 14 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި މާއްދާގެ ދަށަށް ވަނީ ޕޯސްޓާއި ކޫރިއާގެ ޒަރީއާއިން ގެންނަ ތަކެއްޗާއި ދަތުރުވެރިން ގެންނަ ދުންފަތާ މެދު އަމަލު ކުރަންޖެހޭ ގޮތް ވެސް އިތުރު ކޮށްފަ އެވެ.

އެ ގޮތުން ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ބޭނުމަށް ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ގެނެސްފި ހާލަތެއްގައި ޖޫރިމަނާ ކުރުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox