ސްޕެނިޝް ލަލީގާ ހުރިހާ މެޗެއް ކެންސަލް ނުކުރާތީ ހިތްހަމަނުޖެހުންތަކެއް

Nov 2, 2024, 11:24 PM
ސްޕެނިޝް ލަލީގާ ހުރިހާ މެޗެއް ކެންސަލް ނުކުރާތީ ހިތްހަމަނުޖެހުންތަކެއް

ވެލެންސިއާ (ނޮވެމްބަރު 3) - ސްޕެއިނުގެ ވެލެންސިއާގައި މިހާރު ކުރިމަތިވެފައި އޮތް ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، މި ހަފްތާގައި ސްޕެނިޝް ލީގުގައި ކުޅެން އޮތް ހުރިހާ މެޗެއް ކެންސަލްނުކުރާތީ ގިނަ ބަޔެއްގެ ހިތްހަަމަނުޖެހުން އަމާޒުވެއްޖެ އެވެ.

ސްޕެއިނުގެ ވެލެންސިއާ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެފައިވާއިރު، މި އަދަދު މި އަށް ވުރެ ގިނަ ވުމުގެ ފުރުސަތު ބޮޑުކަމަށް ސްޕެއިނުގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން، ސްޕެނިޝް ލީގުން ފަސްކުރީ ދެ މެޗެކެވެ. އެއީ، ވެލެންސިއާގައި ރެއާލް މެޑްރިޑުން ކުޅެން އޮތް މެޗާއި ރަޔޯ ވަޔެކާނޯ އާއި ވިޔަރެއާލް ބައްދަލުކުރަން އޮތް މެޗެވެ. އެހެން މެޗުތައް އަދިވެސް ޝެޑިއުލްކޮށްގެން ކުޅޭ ގޮތަށް އޮތްއިރު، އެ ކަމާ ޓީމުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"މި ކަންތައްތައް ރޭވިފައި މި އޮތީ ކިހިނެއް ކަމެއް އަހަރެންގެ ސިކުނޑި އަކަށް ނާދޭ. މަގުތަކަށް ބަލާލީމަ މި ފެންނަނީ މާޔޫސްކަން، ކާރިސާގެ ހާލަތެއް ގައުމުގައި އޮތީ. ދެން، ފުޓްބޯޅަ އަކީ މީހުންގެ ކުޅިވަރެކޭ ބުނެފައި، މި ކަހަލަ ވަގުތުތަކުގައި ވެސް އަހަރެމެން ކުޅެން ޖެހޭނަަމަ މިއީ ބަލައިގަންނަން އުނދަގޫ ކަމެއް،" ސްޕެނިޝް ލީގުގައި މި ވަގުތު މަސައްކަތްކުރަމުން އަންނަ އެންމެ ގިނަ ދުވަސްވީ އެއް ކޯޗު، އެތުލެޓިކޯގެ ޑިއޭގޯ ސިިމިއޯނީ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ މިއީ، އޭނާ އަތުގައި ކޮންޓްރޯލް އޮތް ނިންމުމެއް ނަމަ، މި ވަގުތު ސްޕެއިނުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުބާއްވައި، ވެލެންސިއާގެ މީހުންނަށް ދޭން ޖެހޭ ސަމާލުކަމާއި އެހީތެރިކަން ފޯރުކޮށްދިނުން އިސްކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox