މާސެލޯ، ފްލުމިނެންސޭއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އުވާލައިފި

Nov 2, 2024, 11:09 PM
މާސެލޯ، ފްލުމިނެންސޭއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އުވާލައިފި

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ނޮވެމްބަރު 3) - ބްރެޒިލްގެ މަޝްހޫރު ފުލްބެކް، މާސެލޯ، އޭނާ ކުޅެމުން އައި ބްރެޒިލްގެ ކްލަބް، ފްލުމިނެންސޭއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އުވާލައިފި އެވެ.

މާސެލޯ، 36، ފްލުމިނެންސޭގެ ކޮންޓްރެކްޓް އުވާލި ސަބަބެއް ހާމަކޮށްފައިނުވާއިރު، އެ ކްލަބްގެ މެނޭޖްމަންޓާއި އޭނާއާ ދެމެދު ދެބަސްވުންތަކެއް އުޅޭކަމުގެ އަޑުތަކެއް ބްރެޒިލް މީޑިއާގައި ފެތުރުނެވެ. އެއީ، މިދިޔަ ހުކުރު ދުވަހު، ގްރެމިއޯއާ ދެކޮޅަށް ކުޅުުނު މެޗުގައި 2-2 އިން އެއްވަރުވިއިރު، އެ މެޗުގައި ފްލުމިނެންސޭގެ ކޯޗު މަނޯ މެނެޒޭސް އާއި މާސެލޯއާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން އައި ކަންތައްތަކެއް ކަމަށް ބްރެޒިލްގެ ބައެއް މިޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރެއާލް މެޑްރިޑްގައި ހޭދަކުރި 15 އަހަރުގައި 25 ތަށި ހޯދި މާސެލޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 58 މެޗު ކުޅެދީފަ އެވެ. ރެއާލަށް 2007 ވަނަ އަަހަރުގެ ޖެނުއަރީގައި ބަދަލުވުމުގެ ކުރިން، މާސެލޯ ވަނީ ފްލުމިނެންސޭ އަށް ކުޅެފަ އެވެ. ފްލުމިނެންސޭގެ ޔޫތު ލެވަލުން ސީނިއާ ޓީމަށް ޕްރޮމޯޓްވި މާސެލޯ އަލުން އެ ކްލަބާ ގުޅުނީ އެ ޓީމުގައި ހުރެ ރިޓަޔާކުރަން ވެސް ވިސްނައިގެންނެވެ.

Advertisement

މިދިޔަ އަހަރު ފެބްރުއަރީ މަހު، ފްލުމިނެންސޭ އަށް ބަދަލުވުމުގެ ކުރިން، މާސެލޯ ވަނީ ގްރީސްގެ އޮލިމްޕިއާކޯސް އަށް ވެސް ކުޅެފަ އެވެ. ފްލުމިނެންސޭގެ ޓްރެއިނިން ސެންޓަރަށް މާސެލޯގެ ނަމުން ނަންދީފައިވާއިރު، މާސެލޯގެ އެއްބަސްވުން އުވާލުމާ ބެހޭގޮތުން އެ ކްލަބުން ބުނެފައިވަނީ، މާސެލޯ އާއި ކްލަބާ ދެމެދުގައި އޮތް ގުޅުން އަބަދަށް ދެމިގެންދާނެ ކަމަށެވެ.

ފަހުގެ ޚަބަރު

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

އެފްއޭއެމްގެ އޮފިޝަލެއް ނެތް، ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓްރޮފީ ރާއްޖެއަށް ލިބުނުއިރު، އެފްއޭއެމްގެ އޮފިޝަލަކު ނެތުމުން އެއާ ހަވާލުވީ ދިވެހި ނޫސްވެރިއެއް. އެފްއޭއެމް އިން ބުނި ގޮތުގައި ޓްރޮފީ ލިބޭކަން ސާފް އިން އެންގީ ވަރަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ކަމަށާއި، ނޫސްވެރިއަކު ސްޓޭޖަށް އެރީ ސާފްގެ އޮފިޝަލުން އެދިގެން

އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް

އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅުނު ހުއާން މަޓާ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުމުން ރިޓަޔާކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓްބޯޅައިގެ ދާއިރާއިން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާން ފުޓްބޯޅަ ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް އޮތުން މުހިންމު ކަމަށް ގައުމީ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ހަމައެކަނި ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ލޯކަލް ކުޅުންތެރިން ކުރިއެރުވޭނީ ގަވާއިދުން ކުޅޭނެ ލީގެއް އޮވެގެން

Newsletter

Get the latest news delivered straight to your inbox