ގިނަ ފަހަރު ކޯޗަކީ އެންމެ އެކަނިވެރި މީހާ: ކްލޮޕް

Nov 1, 2024, 2:23 PM
ގިނަ ފަހަރު ކޯޗަކީ އެންމެ އެކަނިވެރި މީހާ: ކްލޮޕް

މިއުނިކް (ނޮވެމްބަރު 1) - ފުޓްބޯޅައިގައި ކަންކަން ހިނގާ ގޮތްގޮތަށް ބަލާއިރު ބައެއް ހާލަތްތަކުގައި ޓީމަކާ ހަވާލުވެ ހުންނަ ކޯޗަކީ އެންމެ އެކަނިވެރި މީހާ ކަމަށް ޖަރުމަނުގެ މަޝްހޫރު ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ނުވަ އަހަރަށް ފަހު ދޫކޮށްލި، ކްލޮޕް، 57، އަށް އެކި ޓީމުތަކާ ހަވާލުވުމުގެ ވަޒީފާ ލިބުނު ނަމަވެސް އޭނާ ވަނީ އެ ފުރުސަތުތައް ދޫކޮށްލައިފަ އެވެ. މީގެ 23 ދުވަސް ފަހުން ކްލޮޕް ހަވާލުވީ ރެޑްބުލް ސޮކާގެ ގްލޯބަލް ހެޑަކަށެވެ. އެ ގޮތުން، ރެޑްބުލް ގްރޫޕްގެ ފުޓްބޯޅަ އޮޕަރޭޝަންގެ އިސް މަގާމުގައި ކްލޮޕް މަސައްކަތް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެއް ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

ކްލޮޕް، ރެޑްބުލްގެ މަގާމަކާ ހަވާލުވުމުން ޖަރުމަނުގައި އޭނާ ކޯޗުކޮށްދިން ދެ ޓީމު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑާއި މައިންޒްގެ ސަޕޯޓަރުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. އެއީ، އެ ދެ ޓީމާ ވާދަވެރި ކްލަބް، ރެޑްބުލްގެ ޖަރުމަނު ޓީމު، އާރްބީ ލައިޕްޒިގުގެ މަަސައްކަތުގައި ވެސް ކްލޮޕް ދެން އުޅޭނެތީވެ އެވެ.

"އަހަރެން ބޭނުމެއް ނޫން އެހެން ބައެއްގެ ފައި މައްޗަށް ފައިން އަރާކަށެއް. އަހަރެން އަބަދުވެސް ކުރީގެ ކްލަބްތައް ދެކެ ލޯބިވޭ. އެންމެން އުފާވާނެ ގޮތަކަށް އަބަދު ނުއެއް އުޅެވޭނެ ކަންނޭނގެ،" ކްލޮޕް ބުންޏެވެ.

"އަހަރެން އެއްވެސް މަަސައްކަތެއް ނުކޮށް ހުންނާނެ ކަމަށް ނުބެލެވޭނެ، އެހެންވީމަ ޔަގީންވީ ޓީމެއްގެ ބެންޗަކަށް ނުދާން. އެއީ އެ މަސައްކަތް ނިމިފައި އޮތީމަ، ދެން ރެޑްބުލްގެ ހުށަހެޅުން ރަނގަޅު، ދެން، އަހަރެން އަބަދުވެސް ގަބޫލުކުރަން އެންމެ އެކަނިވެރި ވަޒީފާތަކުގެ ތެރޭގައި ކޯޗުންގެ މަސައްކަތް ހިމެނޭ،"

އޭނާ ބުނީ ޓީމެއް މޮޅުވާއިރު، ކްރެޑިޓް ލިބެނީ ކުޅުންތެރިންނަށް ކަމަށާއި ބަލިވާއިރު، ޒިންމާ ނަގަން ޖެހެނީ ކޯޗުން ކަމަށެވެ. އަދި އެ ފަދަ ގޮތަކަށް ފުޓްބޯޅައިގައި ކަންކަން އޮންނައިރު ބަދަލުވަމުން އަންނަ ފުޓްބޯޅައިގެ ކަންކަމުގެ ފިލޯސަފީ ބިނާކުރުމުގެ ކަންކަމުގައި ރެޑްބުލްއާ އެކު މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ރެޑްބުލް އިން އަންނަނީ، އޮސްޓްރިއާގައި އާރްބީ ސަލްޒްބާގު، ޖަރުމަނުގައި އާރްބީ ލައިޕްޒިގު، އެމެރިކާގައި ނިއު ޔޯކް ރެޑްބުލް އަދި ބްރެޒިލްގައި އާރްބީ ބްރަގަންޓީނޯގެ ނަމުގައި ޓީމު ހިންގަމުންނެވެ. އަދި މި އަހަރު ލީޑްސް ޔުނައިޓެޑްގެ މެއިން ޖާޒީގެ ސްޕޮންސަރެއްގެ ގޮތުގައި ވެސް ރެޑްބުލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރެޑްބުލް އިން ބުނެފައިވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުގައި ކްލޮޕްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ކްލޮޕްގެ ޒިންމާތައް އޮންނާނީ، ކުޅުމުގެ ފިލޯސަފީ، ޓްރާންސްފާ ސްޓްރެޓަޖީ އަދި ކޯޗިން ޑިވެލޮޕްމަންޓާ ގުޅިފައި ކަމަށެވެ.

ކްލޮޕްގެ ވަޒީފާގެ ޒިންމާއާ އޭނާ ރަސްމީކޮށް ހަވާލުވެ، މީޑިއާއާ ބައްދަލުކުރުން އޮތީ ޖެނުއަރީގައި ކަމަށް ރެޑްބުލް އިން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox