ޑޮލަރު ލިމިޓް ބޮޑުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ޑޮލަރު ލިމިޓް ބޮޑުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑު ކުރަން ބޭނުންވާ ދަރިވަރުންނަށް ޕޯޓަލްއެއް މެދުވެރިކޮށް އެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ ކާޑު ލިމިޓް ބޮޑު ކުރަން ބޭނުންވާ ދަރިވަރުން ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީއަކާއި، ސްޓޫޑެންޓް ވިސާގެ އިތުރުން ކިޔަވާ ޔުނިވާސިޓީގެ ލިޔުމެއް ހުށަހެޅުމުން ލިމިޓް ބޮޑުކޮށްދޭނެ ކަމަށެވެ.

ލިމިޓް ބޮޑުކުރަން އެދޭތާ އެއް ދުވަސް ތެރޭގައި ޕްރޮސެސް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފަ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓްގެ އަޕްޑޭޓް ވެސް ފަސޭހަކަމާ އެކު ބެލޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އޭގެ އިތުރުން، ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ތެރެއިން 250 ޑޮލަރު ދަރިވަރު އުޅޭ ގައުމު ނޫން އެހެން ގައުމެއްގައި ބޭނުން ކުރެވެ އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ކުރިން ވިދާޅުވީ ޑޮލަރުގެ ތާށިކަން ދިމާވެފައި އޮތް ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ވެސް ބަލައިގަންނަ ކަމަށާއި މިގޮތުން ގެނެވުނު ބަދަލާ އެކު ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން ކުރިން ބޭރުގައި ކިޔަވާ ކުދިންނަށް ދޭ ޑޮލަރުގެ ލިމިޓަކީ 750 ޑޮލަރެވެ.

ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ފުއްދޭނީ ކޮން އިރަކު ކަމެއް މިހާތަނަށް ވިދާޅުވެފައެއް ނުވެ އެވެ.

ރާއްޖެއިން ބޭރުގައި 1،800 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ މަތީ ތައުލީމް ހާސިލް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޓޫޑެންޓް ލޯނުގައި 1،400 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނައިރު، 400 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ސްކޯލާޝިޕްތަކުގައި ކިޔަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox