ސަރުކާރު ހަމަ މަގަށް އަޅުވަން ޕާޓީތައް އެކުގައި މަސައްކަތް ކުރަން ޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރު ހަމަ މަގަށް އަޅުވަން ޕާޓީތައް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރު ހަމަ މަގަށް އަޅުވަން ޕާޓީތައް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

މި ސަރުކާރު ހަމަ މަގަށް އަޅުވައި، ދާ މިސްރާބު ހުއްޓުވަން ޕާޓީތަކާއި އެންޖީއޯތަކުގެ އިތުރުން ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން ގަބޫލު ކުރާ ސިޔާސަތުތައް ގެންގުޅޭ ހުރިހާ ފަރާތްތަކުން އެ ޕާޓީއާ ގުޅިގެން ސަރުކާރު ދާ މިސްރާބު ނުހުއްޓުވިއްޖެ ނަމަ، މިނިވަންކަމާއެކު މި ގައުމުގައި ދެން ނޫޅެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގަބޫލުކުރާ އުސޫލުތައް އެއީ ރައްޔިތުންގެ ބާރުވެރިކަމެއް މި ގައުމުގައި އޮންނަން ޖެހޭ ކަމާއި، އަދުލް އިންސާފު އޮންނަން ޖެހޭ ކަމާއި، ހަމަހަމަކަން އޮންނަން ޖެހޭ ކަމާއި، ހުރިހާ އެންމެންނަށް ފުރުސަތު އޮންނަން ޖެހޭ ކަމާއި، ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދޭން ޖެހޭ ކަމަަށް ގަބޫލުކުރާ ސިޔާސަތުތަކެއް ގެންގުޅޭ އެންމެހާ ދިވެހި ރައްޔިތުން، އެންމެހާ ޕާޓީތައް، އެންމެހާ އެންޖީއޯތައް އެބަޖެހޭ މި ސަރުކާރު ހަމަ މަގަށް އަޅުވައި، މި ސަރުކާރު މިދާ މިސްރާބުން ހުއްޓުވަން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމަށް އަދި ކުރިއަށް އޮތް ޖީލުތަކަށް މިނިވަންކަމާއި އަދުލުވެރިކަން ދެމެހެއްޓުމަށް އެންމެން އެކައްޗެއް ކިޔަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ ހިތްހަމަނުޖެހުންތައް އެއްފަރާތްކޮށް، ބައިވެރިވާން ތިބި ހުރިހާ އެންމެންނާ އެއްކޮށް ދާއިމަށް ދެމިގެންދާ އަނިޔާވެރިކަމެއް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު ވެސް ވަނީ ދާދި ފަހުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފަ އެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ މިސްރާބު މިވަގުތު ހުރީ ވަރަށް ގޯސްކޮށް ކަމަށާއި އެކަން ހަމަ މަގަށް އެޅުވުމަށް އެމްޑީޕީއާ އެކު މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރުމަށް މިހާތަނަށް ރަސްމީކޮށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވެ އެވެ. ނަމަވެސް ނުރަސްމީކޮށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox