އެމްއެމްސީގެ ރައީސް މުސްތަފާ ޕީއެސްއެމްއިން ވަކިކޮށްފި

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އަހުމަދު މުސްތަފާ އެ ކުންފުނިން ވަކިކޮށްފި އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދުއާ ސުވާލު ކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުރި މުވައްޒަފަކާމެދު ފިޔަވަޅު އަޅަން މިއަދު ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމީ ޕީއެސްއެމްގެ ބޯޑުންނެވެ.

ޔާމީން ވިދާޅުވީ އެކަމާ ގުޅޭ ބަޔާނެއް ނެރޭނެ ކަމަށެވެ. ނަމަވެސް މުސްތަފާ ވަކިކުރިކަން ދޮގެއް ނުކުރައްވަ އެވެ.

ޕީއެސްއެމްއިން ނެރުނު ބަޔާނުގައި މުސްތަފާ ވަކިކުރިކަން ބަޔާންކޮށްފައި ނެތެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޕީއެސްއެމްއަށް ކުރިން އެންގުމެއް ނެތި މީޑިއާ ކައުންސިލްގެ އިނާމު ދިނުމަށް ރޭ ބޭއްވި ހަފުލާގައި ކުއްލިއަކަށް ޕީއެސްއެމްގެ އެޑިޓޯރިއަލް ސިޔާސަތަށް ނުފެތޭ ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން މޯލްޑިވްސް މީޑިއާ ކައުންސިލް ކޮށްފައިވާ ކެމެއް ކަމަށް ދެކޭ ކަމަށެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެސްއެމްގެ ބަޔާނުގައި އެ ބުނާ ވީޑިއޯއަކީ ރޭ އެވޯޑު ލިބުނު އަދަދު ނޫހުން ހެދި "ސްކީލާން" ޑޮއިކުމެންޓަރީއާ ބެހޭ ގޮތުން ދެއްކި ވީޑިއޯ ކްލިޕެވެ.

ޕީއެސްއެމްގެ ނިއުސް އޮފަރޭޝަން މެނޭޖަރުގެ މަގާމުގައި ހުންނެވި މުސްތަފާ އެ ކުންފުނީގައި ވަޒީފާ އަދާކުރައްވާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކުއްލި އަކަށް ވަޒީފާއިން ވަކިކުރަން ނިންމީ ސްކީލާންގެ ވީޑިއޯ ދެއްކި މައްސަަލައިގައި ކަމަށްވެ އެވެ.

ސްކީލާން ޑޮކިއުމެންޓަރީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ސެޕްޓެމްބަރު 2023 ގައި ތައްޔާރުކުރި ޑޮކިއުމެންޓަރީ އެކެވެ.

ރޭ ބޭއްވި އެމްއެމްސީގެ އެވޯޑު ނައިޓުގައި ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބުނީ ތަހުގީގީ ނޫސްވެރިކަމުގެ ވީޑިއޯ ބައިންނެވެ.

ސްކީލާންއާ ގުޅޭ ބައެއް ލިޔުންތައް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox