ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ގެ "ސްކީލާން" ޑޮކިއުމެންޓަރީއަށް

މި އެވޯޑާ އަދަދުގެ ފަރާތުން އާއިދު އަދި ޝަހުޒާން ހަވާލުވަނީ. މި ޑޮކިއުމެންޓަރީ ގެނެސްދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި --- ފޮޓޯ: އަދަދު

މި އެވޯޑާ އަދަދުގެ ފަރާތުން އާއިދު އަދި ޝަހުޒާން ހަވާލުވަނީ. މި ޑޮކިއުމެންޓަރީ ގެނެސްދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި --- ފޮޓޯ: އަދަދު

މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި 2023 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބިއްޖެ އެވެ.

އެ ޑޮކިއުމެންޓަރީ އުފެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ، ސްރީ ލަންކާގެ ރައްޔިތެއް ކަމުގައިވާ ޖީ ސްކީލާން، ރާއްޖޭން ބްލެކްލިސްޓުކޮށް ޑީޕޯޓުކުރި ގޮތާއި އޭނާ ރައީސް މުއިއްޒު މައްޗަށް ކުރާ ތުހުމަތުތަކުގެ މައްޗަށެވެ.

ހުސައިން އަބްދުއްރަހްމާން އަވަހާރަވީ 2015 އަހަރު ހައްޖުގެ އަޅުކަމަށް މައްކާގައި ހުންނަވަނިކޮށެވެ. އެ ދަތުރުގައި ސްކީލާންގެ އިތުރުން އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، މުއިއްޒު ވެސް ވަޑައިގެންނެވި އެވެ.

ހައްޖުގެ އަޅުކަމަށް ފަހު މާލެ ވަޑައިގެން އެންމެ އަވަހަށް މުއިއްޒު ކުރެއްވި އެއް ކަމަކީ ތަރިކަ ބެހުމެވެ. އެއަށް ފަހު، ސްކީލާން ސްރީ ލަންކާއަށް ދުވަސްކޮޅަކަށް ދިޔަ އެވެ. އެނބުރި އެނބުރި މާލެ އައިއިރު، ކުރިމަތިލާން ޖެހުނީ ސަރުކާރުގެ ނުފޫޒު ބޭނުން ކޮށްގެން ބާރުގަދަ އަތަކުން ނިންމާފައި އޮތް އަނިޔާވެރި ނިންމުމެކެވެ.

އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ކޮށް އޭނާ ރާއްޖެ އެތެރެވުން މަނާކޮށް، ވިސާ އޮތީ ކެންސަލް ކޮށްފަ އެވެ. ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބު ބަޔާން ކޮށްދިނުމަށް ތަކުރާރުކޮށް ސްކީލާން އެދެމުން ދިޔުމުން ވެސް އިމިގުރޭޝަނުގެ އޮފިސަރުން އިތުރު މައުލޫމާތެއް ނުދިނެވެ.

"އޭރު ބެލިއިރު ވިސާ ބްލޮކް ކޮށްފަ (ބްލެކްލިސްޓުކޮށް، ޑީޕޯޓް ކޮށްފަ) ހުރީ، އޭނަ (މުއިއްޒު) ބްލޮކް ކުރީ، ދިޔައިރު ނޭނގެ ޑީޕޯޓު ކޮށްފަ ކަމެއް، މާލޭ ގޮސް އެއާޕޯޓުގައި ތިބެފަ ފޮނުވާލީ، ޕާސްޕޯޓު ދެއްކީމަ އެމީހުން ބުނީ ބްލޮކް ކޮށްފައޭ، އެއްވެސް ސަބަބެއް ނުބުނޭ، އަހަރެން ބުނީ ސަބަބު ބަޔާންކުރާ ބަޔާނެއް ބޭނުމޭ، އެމީހުން ނުދޭ އެވެސް،" ސްކީލާން ކިޔައިދިނެވެ.

"އަދަދު" ނޫހުން ކުރި ތަހުގީގުން އެނގި ހާމަވީ އޭނާ ޑީޕޯޓު ކޮށްލީ ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތު ނުވަތަ ވަގުފާރީގެ މުޑުދާރު ތުހުމަތު ބޮލުގައި އެޅުވުމަށްފަހު އެވެ. އިމިގުރޭޝަނުގެ ސިސްޓަމުގައި ފެންނާން ހުރި މައުލޫމާތަށް ބަލާއިރު އޭގައި ހަމައެކަނި ކުރިއޭޓު ކޮށްފައި އޮތީ އިމިގުރޭޝަނުގެ ލީގަލް ޑިޕާޓުމެންޓުން ފޮނުވި މެމޯ ނަންބަރެކެވެ. އެ މައްސަލައާ ގުޅޭގޮތުން ކޮމެޓީ ބައްދަލުވުމެއް ބޭއްވިކަން ދެއްކުމަށް ކޮމެޓީ ނަންބަރެއް ވެސް އޭގައި ހިމަނާފައިވެ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ހިނގި އެއްވެސް ކަމެއް އެނގޭނެ ފަދަ ލިޔެކިޔުމެއް ފައިލް ކުރެވިފައި ވެސް އަދި ސިސްޓަމުގައި ވެސް ނެތް ކަން އިމިގުރޭޝަނުގެ ކޮންޓުރޯލަރު، މުހައްމަދު އަހުމަދު (ހަނަފީ) ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މި ޑޮކިއުމެންޓަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވީ އަދަދު ނޫހުގެ ނޫސްވެރިޔާ އަހުމަދު އާއިދު އެވެ.

ސެޕްޓެމްބަރު 26, 2023 ގައި މި ޑޮކިއުމެންޓަރީގެ ވީޑިއޯ ރިލީސްކޮށް އަދި ހާއްސަ ރިޕޯޓެއް "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާނެ އެވެ.

މިރޭގެ އެވޯޑު ހަފްލާގައި އިތުރު ތިން އެވޯޑެއް "އަދަދު" ނޫހު ޓީމަށް ވަނީ ލިބިފަ އެވެ. ސިޔާސީ ދާއިރާއިން އެސޯސިއޭޓް އެޑިޓަރު ހަސަން މުހައްމަދު އިނާމު ހާސިލުކުރި އިރު ކުޅިވަރުގެ ދާއިރާއިން އިނާމު ލިބުނީ އެސޯސިއޭޓް އެޑިޓަރު އައްޒާމް އަލިފުޅަށެވެ. އޭގެ އިތުރުން, ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާއިން އެވޯޑު ލިބުނީ ވީޑިއޯގްރާފާ މިރާން ނާޝިމްއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox