ޑިމޮކްރެޓުން ޝައިނާ އަށް މަރުހަބާ ކިޔައި، ސަރުކާރަށް ގޮވައިލީ ތަފާތުކުރުން ނައްތާލަން

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު: ޑިމޮކްރެޓްސް އިން ބުނީ ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށްވެސް އޮންނަންވާނެ ކަމަށް --- ފޮޓޯ: އަދަދު

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު: ޑިމޮކްރެޓްސް އިން ބުނީ ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށްވެސް އޮންނަންވާނެ ކަމަށް --- ފޮޓޯ: އަދަދު

ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށް ވެސް އޮންނަންވާނެ ކަމަށް ބުނެ, ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ވާދަ ކުރާ މަރިޔަމް ޝައިނާ ނަސީމް، 21 އަށް ދަ ޑިމޮކްރެޓްސް އިން ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

މިސް ޔުނިވާސް އަށް ދިވެހިރާއްޖޭގެ ފަރާތުން ޝައިނާ ވާދަކުރާތީ އެކަން ހުއްޓައިލުމަށް ގޮވާލައި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ޔޫތު މިނިސްޓްރީން ނެރުނު މި ބަޔާނާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ މީހުން ފާހަގަ ކުރަނީ މިސް ޔުނިވާސް އެކޭ އެއްގޮތަށް މިސްޓަ މޯލްޑިވްސް ވެސް ރާއްޖޭގައި ބާއްވަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓުން ނެރުނު ބަޔާނެއްގައި ބުނީ، އެންމެ އެވޭލާ ޒަމާނުށްސުރެ ރާއްޖެއަކީ އަންހެނުންނަށް ވަރަށް ބޮޑަށް ބާރުވެރިކަން ލިބިދީފައި އޮތް ގައުމެއް ކަމަށެވެ.

Advertisement

"ސުމުއްވުލް އަމީރު މުހައްމަދު އަމީން އަލުން ދިވެހި އަންހެނުން ކުރިއަށް ނެރުއްވަން ފެއްޓެވި ހިސާބުން ފެށިގެން ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުމުގެ ވަކާލާތު ދަނީ ހިންގެމުން، ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުސަތެއް އަންހެނުންނަށް ވެސް ލިބިދިނުމަކީ ދެން މި ރާއްޖޭގައި އެއާ އިންކާރުކުރެވި ދެކޮޅުހެދޭނޭ ކަންކަމެއް ނޫން،" ޑިމޮކްރެޓުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިވަގުތު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޑިމޮކްރެޓުން ބުނީ ރާއްޖެ އަނބުރާ އައިކޮޅަށް ފަހަތަށް ގެންދިޔުމަކީ އެއްވެސް ވަޒީރަކަށްވެސް، ނުވަތަ ވެރިޔަކަށްވެސް އޮތް ބާރެއް، އޮތް އިހުތިޔާރެއް ވެސް ނޫން ކަމަށެވެ.

ޝައިނާ އަށް ޑިމޮކްރެޓްސް އިން ނުހަނު މަރުހަބާ ކިޔާ ކަމަށާއި އޭނާ އެ ނުކުންނަވަނީ ރާއްޖެއަށް ވަރަށް ފަހުރުވެރި ނަމެއް ހޯދުމަށް ކަމަށާއި އެކަމުގަ ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox