ޕާޓީތައް ޖޫރިމަނާ ކުރުމަކީ ހުދުމުހުތާރު ވެރިކަމަކުން އުފެދޭ އަނިޔާވެރިކަން ނައްތާލަން ކުރި މަސައްކަތް ރުޅާލުން: ފައްޔާޒް

އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސިޔާސީ ޕާޓީތައް 100،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަކީ ހުދުމުހުތާރު ވެރިކަމަކުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލު ނުކުރާ ފިކުރު އަށަގެންނެވުމަށް އެމްޑީޕީން ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި ކުރަމުންދިޔަ މަސައްކަތް ރޫޅާލުން ކަމަށް ސިފަ ކުރައްވައި، ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭ ގޮތަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެމްޑީޕީން ފަށާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތައް 100،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާ ވާހަކަ ރިޕޯޓު ކޮށްފައި އޮތް ހަބަރެއް ރީޕޯސްޓު ކުރައްވައި އެކްސްގައި ފައްޔާޒު ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައި ހުރި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ކަފުން ކުރަން ހުށަހަޅާފައިވާ ބިލުތަކެއް ކަމަށެވެ.

"މިހާރު ހުށަހަޅާފައި ހުރި ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ކަފުން ކުރުމަށް މި ސަރުކާރުން ތަންފީޒުކުރަމުންދާ އެޖެންޑާގެ ތެރެއަށް އިތުރުވި ޖަރީމާއެއް، ސަރުކާރެއް ބަދަލުވާއިރަށް ހައްގުތައް އުނިކޮށް މުޅި ނިޒާމު ބަދަލުކޮށްލުމަށް އޮންނަ ފުރުސަތު ނައްތާލުން މުހިންމު،" ފަައްޔާޒު ވިދާޅުވި އެވެ.

Advertisement

ސިޔާސީ ޕާޓީތަކުގެ ވަކިވަކި މެންބަރުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެއްޖެނަމަ އޭނާ ނިސްބަތްވާ ޕާޓީއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނަށް ބަދަލުގެންނަށް މަޖިލީހަށް ބިލު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފު މުހައްމަދު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

މީގެ ކުރިން ގާނޫނު އޮންނަ ގޮތުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 30،000ރ. އާއި 75،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނީ އެ މީހެކެވެ. ނަމަވެސް ސަރުކާރުން މިހާރު ހުށަހަޅާފައި ވަނީ ޖޫރިމަނާގެ އިތުރުން އެ މީހަކު ނިސްބަތްވާ ޕާޓީވެސް 100،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރާށެވެ.

އެކަމާ ދެކޮޅަށް ހިޔާލުފާޅު ކުރައްވައި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފާއިތުވި 16 އަހަރުގެ ތަޖުރިބާއިން އިބުރަތް ހާސިލުކޮށް ގާނޫނުއަސާސީ އާމެދު އަލުން ނަޒަރު ހިންގަން ޖެހޭ ކަމަށެވެ.

"ގާނޫނުއަސާސީ އާމެދު އަލުން ނަޒަރުހިންގައި، އެ ގާނޫނުއަސާސީން އެކަށައެޅި އުސޫލުތައް ނުރޫޅޭނޭ ގޮތަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ، އެމްޑީޕީ އިން މި މަސައްކަތް ފަށާނަން،" ފައްޔާޒު ވިދާޅުވި އެވެ.

އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގައި ދެން ހުށަހަޅާފައި އޮތީ ޕާޓީއެއްގެ ޓިކެޓު ހޯދަން ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބުވާ ފަރާތްތަކަށް ރަސްމީ އިންތިހާބުގައި އަމިއްލަގޮތުން ވެސް ވާދަ ނުކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ އުވައިލަންށެވެ.

އެ މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއްކަމަށް މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތަށް އެ ކޯޓުން ކަނޑައެޅުއްވީ 2019 ވަނަ އަހަރު، ހ.ތިމާވެށި އަބްދުﷲ ޖާބިރު އެކޯޓަށް ހުށަހެޅުއްވި މައްސަލައެއް ބެލުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox