މިނިސްޓަރު ޝިޔާމް ވިދާޅުވީ މަހުގެ އަގު ކުޑަ ކުރީ ހެޔޮ ނިޔަތުގައި ސިނާއަތުގެ ލާބައަށް ކަމަށް

މިނިސްޓަރު ޝިޔާމް މިއަދު މަޖިލީހުގައި: ވިދާޅުވީ މަހުގެ އަގު ތިރި ނުކުރި ނަމަ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ ކަމަށް -- ފޮޓޯ: މަޖިލިސް

މިނިސްޓަރު ޝިޔާމް މިއަދު މަޖިލީހުގައި: ވިދާޅުވީ މަހުގެ އަގު ތިރި ނުކުރި ނަމަ ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ ކަމަށް -- ފޮޓޯ: މަޖިލިސް

މަހުގެ އަގު 20ރ. އިން މަތީގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ނަމަވެސް އެ ވައުދާ ހިލާފަށް މަހުގެ އަގު ކުޑަ ކުރީ ހެޔޮ ނިޔަތުގައި، މަސްވެރިކަމުގެ ލާބައަށް ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރާ ބައެއް ސުވާލުތައް ކުރަން މިއަދު މަޖިލީހަށް ހާޒިރު ކުރުމުން ދެއްކެވި ވާހަކަތަކުގައި ޝިޔާމް ވިދާޅުވީ މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހު ކަމަށެވެ. އެހެން ނޫން ނަމަ މަސްވެރިކަމުގެ އިންޑަސްޓްރީ ރާއްޖޭގައި ނުހިފެހެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން މި ސަރުކާރުން މި ދަނީ. މަހުގެ އަގު އެއީ ދުނިޔޭގެ ބާޒާރާ ގުޅިގެން ކަނޑައެޅޭ އަގަކަށް ވާންޖެހޭނެ. އެހެން ނޫނިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ. މަހުގެ އަގަށް އެއިރު ބަދަލު އަޅުގަނޑުމެން ނުގެނައިނަމަހީ ދިވެހިރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ، މިފްކޯ ކިޔާ ކުންފުންޏެއް، [ހިންގަން] ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް މިފްކޯ ހިންގަން ހޭދަކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭނީ،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މަހުގެ އަގަށް ސަރުކާރުން ބަދަލުނުގެނެއި ނަމަ މި އަހަރު ވެސް 1.2 ބިލިއަން ރުފިޔާގެ ސަބްސިޑީ މިފްކޯއަށް ދޭންޖެހުނީސް ކަމަށެވެ. އެހެންކަމުން، މަހުގެ އަގު ތިރި ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހެޔޮ ނިޔަތުގައި ގެނައި ބަދަލެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"[މަހުގެ އަގު ކުޑަ ކުރުމަކީ] އެއީ ބަހަނާއެއް ނޫން އެއީ ރަނގަޅު ނިޔަތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް. އަދި މަސްވެރި އާއިލާތަކާއި މުޅި މަސްވެރި އިންޑަސްޓްރީގެ ލާބައަށް ނިންމެވި ނިންމެވުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ވި ވައުދަށް ނުފިލައި، އެކަން ތަންފީޒު ކުރައްވާނެ ކަމަށެވެ.

"48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ވައުދަކީ މި ސަރުކާރުގެ ވައުދެއް. އެއީ އަޅުގަނޑުމެން ފިލާނެ ވައުދެއް ނޫން. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިރާދަކުރެއްވިޔާ ތަންފީޒު ކުރައްވާނެ ވައުދުފުޅެއް،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު، މަސް ކިލޯއެއްގެ އަގު އުޅުނީ 22ރ. ގަ އެވެ. ނަމަވެސް ސަރުކާރުން ވަނީ މަސް ގަންނަ އަގު ވަރަށް ބޮޑަށް ތިރިކޮށްލައިފަ އެވެ. މިހާރު ގަނޑުކުރި މަސް ކިލޯއެއް މިފްކޯއަށް ގަންނަނީ 16ރ. އަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނަނީ 14ރ. އަށެވެ.

މަހުގެ އަގު ސަރުކާރުން ދަށް ކުރި ނަމަވެސް ކިލޯއެއް 20ރ. އިން މަތީގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން،" އޯގަސްޓު 19، 2023، ގައި މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox