ބެލޮންޑިއޯ އަކީ ވަކި ގޮތަކަށް އޮންނަ ކަމެއް ނޫން: ގާޑިއޯލާ

Oct 30, 2024, 1:59 AM
ބެލޮންޑިއޯ އަކީ ވަކި ގޮތަކަށް އޮންނަ ކަމެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (އޮކްޓޫބަރު 30) - ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ދިނުމުގައި ވަކި ގޮތެއް ކަނޑައެޅުމަށް އޮންނަ ކަމެއް އޭނާ އަށް ނުފެންނަ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރުން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑް، 2010 އިން 2015 އަށް ދިނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގެ އެވޯޑާ އެއްކޮށްލައިގެންނެވެ. އެކަމަކު، ފަހުން ފީފާ އިން ބެސްޓް އެވޯޑްސްގެ ނަމުގައި އެވޯޑެއް ތައާރަފްކޮށް، އަނެއްކާ ވެސް ވަކިން އެވޯޑް ދޭން ނިންމީ އެވެ.

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ އެވެ. އެ އެވޯޑް، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަށް ހައްގުވާ ކަމަށް ބުނެ، އެ ގޮތަށް އެކަން ނުވުމުން، ރެއާލް މެޑްރިޑުން ނިންމީ ބެލޮންޑިއޯ އެވޯޑް ހަފްލާ ބޮއިކޮޓްކުރާށެވެ.

މި ކަމާ ބެހޭގޮތުން ކުރި ސުވާލަށް ދިން ޖަވާބުގައި ގާޑިއޯލާ ބުނީ އެހެން ކްލަބްތަކުގެ ކަންކަމަށް ފާޑުކިޔުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫން ކަމަށާއި ކޮންމެ ބައެއްގެ ވެސް އަމިއްލަ ނިންމުންތަކެއް ހުންނާނެ ކަމަށެވެ.

"މިދިޔަ އަހަރު ހާލަންޑް، ތިން ތަށި ހޯދައި 50 އަށް ވުރެ ގިނަ ގޯލު ޖެހި. އޭނަ ގާތުގައި އަހަރެން ބުނިން، (ބެލޮންޑިއޯ ނުލިބުނަސް) އެ ތަނުގައި ހުރެވޭތީ އުފާކުރަމާ ހިނގާށޭ. ހަމަ އެ ގޮތަށް، ރޮޑްރީ އަށް ވެސް އަހަރެން އެެދުނީ، ރޮޑްރީ ހޯދީމަ އުފާވޭ، މަރުހަބާ ވެސް ކިޔަން،" ގާޑިއޯލާ ބުންޏެވެ.

"ބެލޮންޑިއޯ އަކީ ވަކި ގޮތަކަށް އޮންނަ ކަމެއް ނޫން، ވޯޓު މި ލަނީ ނޫސްވެރިން. އަހަރެން އެންމެނަށް މަރުހަބާ ކިޔަން، ސުވާލަކީ ވިނީޝިއުސް އަށް ލިބެން ޖެހޭ ހެއްޔޭ؟ ވެދާނެ އެހެން ކަމަށް ވެސް،"

ގާޑިއޯލާ ވަނީ މިދިޔަ 10-15 ވަރަކަށް އަހަރު ތެރޭ ސްޕެއިނުގެ ފުޓްބޯޅަ ބަދަލުވި ގޮތާއި ރޮޑްރީ ފަދަ ކުޅުންތެރިން ފުޓްބޯޅައިގައި ތަފާތު ދައްކަން ފެށި ގޮތް އެއީ މިސާލު ނަގަން ޖެހޭ ކަންކަން ކަމުގައި ބަލަން އެދިފަ އެވެ.

"އެއް ފަހަރު، ތި އެވޯޑްގައި ލަ މާސިއާ ތިން ކުޅުންތެރިން ނޮމިނޭޓްވި، އިނިއެސްޓާ އާއި ޒަވީ އަކަށް މެސީ ބަލިނުކުރެވުނު. މެސީ، ދެން އާދަޔާހިލާފު، އޭނަ ފަހަތަށް ޖައްސައިލެވުނީ ކިރިޔާ ވެސް ރޮނާލްޑޯ އަށް ތި އެވޯޑްގައި،" ގާޑިއޯލާ ބުންޏެވެ.

ރޮޑްރީ އަކީ އިނގިރޭސި ކްލަބަކަށް ކުޅެމުން ބެލޮންޑިއޯ ހޯދި ހަތް ވަނަ ކުޅުންތެރިޔާ އެވެ. އެކާވީސް ވަނަ ގަރުނުގައި އެކަން ހާސިލްކުރީ 2001 ވަނަ އަހަރު ލިވަޕޫލަށް ކުޅުނު މައިކަލް އޯވެން އާއި 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން މި ފަހަރު ރޮޑްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox