ރޮޑްރީ އަށް ބެލޮންޑިއޯ، ރެެއާލް ހާޒިރެއްނުވޭ

Oct 29, 2024, 2:43 AM
ރޮޑްރީ އަށް ބެލޮންޑިއޯ، ރެެއާލް ހާޒިރެއްނުވޭ

ޕެރިސް (އޮކްޓޫބަރު 29) - ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީގޯ ހޯދިއިރު، ރެއާލް މެޑްރިޑްގެ އެއްވެސް މީހަކު ހަފްލާ އަށް ހާޒިރެއްނުވެ އެވެ.

ރެއާލް މެޑްރިޑުން މި ހަފްލާ ބޮއިކޮޓްކުރީ، އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާ އަށް ބެލޮންޑިއޯ ނުދޭން ނިންމުމުން ކަމަށް ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ވިނީޝިއުސް އަށް މި އެވޯޑް ނުދެނީ، ރޭންކިން އިން އެއް ވަނަ ލިބުނު ނަމަވެސް، ފުޓްބޯޅައިގެ ބޭރުގެ ބައެއް ކަންކަމަށް ބަލައިފައި ކަމަށެވެ.

ރޮޑްރީ މި އެވޯޑް ހޯދީ ވިނީޝިއުސްގެ އިތުރުން ރެއާލްގެ ދެ ކުޅުންތެރިންނާ ވާދަކޮށެވެ. އެއީ، ސްޕެއިނުގެ ޑިފެންޑަރު ޑެނީ ކާވަހާލް އާއި އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އެވެ.

މިދިޔަ ސީޒަނުގައި ރޮޑްރީ ވަނީ މެންޗެސްޓާ ސިޓީއާ އެކު، އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެއިނާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ރޮޑްރީ އަށް ޔޫރޯ ފައިނަލުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ނަމަވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނެެވެ. އެކަމަކު، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ ނޮމިނީސް ތެރޭގައި ވެސް ރޮޑްރީ ނުހިމެނެެ އެވެ.

ރޮޑްރީ، 28، ގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ސީޒަން ނިމިފަ އެެވެ. ކަކުލަށް އަނިޔާވީ މިދިޔަ މަހު އާސެނަލާ އެކު ކުޅުުނު މެޗުގަ އެވެ.

މެޗަކުން ބަލިނުވެ ރޮޑްރީ ވަނީ 74 މެޗު (475 ދުވަސް) ފުރިހަމަކޮށްފަ އެވެ. އޭނާ އަކީ ބެލޮންޑިއޯ އެވޯޑް ހޯދި ފުރަަތަމަ ޑިފެންސިވް މިޑްފީލްޑަރެވެ. އަދި 1960 ވަނަ އަހަރު ބާސެލޯނާގެ ލުއިސް ސުއަރޭޒް، ބެލޮންޑިއޯ ހޯދި ފަހުން އެ އެވޯޑް ހާސިލްކުރި ފުރަތަމަ ސްޕެއިން ކުޅުންތެރިޔާ އެވެ.

ރޮޑްރީ އަކީ އިނގިރޭސި ކްލަބަކަށް ކުޅެމުން ބެލޮންޑިއޯ ހޯދި ހަތް ވަނަ ކުޅުންތެރިޔާ އެވެ. އެކާވީސް ވަނަ ގަރުނުގައި އެކަން ހާސިލްކުރީ 2001 ވަނަ އަހަރު ލިވަޕޫލަށް ކުޅުނު މައިކަލް އޯވެން އާއި 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން މި ފަހަރު ރޮޑްރީ އެވެ.

ބެލޮންޑިއޯ އިން ހޮވާ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު މި ފަހަރު ވެސް ހޯދީ ސްޕެއިނުގެ އައިޓާނާ ބޮންމާޓީ އެވެ. އޭނާ މި ވަނީ ޖެހިޖެހިިގެން ދެ ފަހަރު މި މަގާމު ހޯދައިފަ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެއާލްގެ ކާލޯ އަންޗެލޮޓީ އާއި ޗެލްސީގެ ކުރީގެ ކޯޗު އެމާ ހަޔެސް އެވެ.

އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ބާސެލޯނާގެ ލަމީން ޔަމާލް ހޮވުނުއިރު، އެންމެ މޮޅު ކީޕަރަށް ދޭ ޔަޝީން ޓްރޮފީ ހޯދީ އެސްޓަން ވިލާގެ އެމިލިއާނޯ މާޓީނޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox