އެމްއެމްއޭއިން ލަފާ ދިނީ ވީހާ ވެސް އަވަހަކަށް ހަރަދުތައް ކުޑަކޮށް، ސަބްސިޑީ ބަދަލު ކޮޅެއްގައި ޖައްސަން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާއަށް މީހަކު ވަންނަނީ: ސަރުކާރުން ބުނަނީ އަންނަ އަހަރު ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމަށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އިދާރާއަށް މީހަކު ވަންނަނީ: ސަރުކާރުން ބުނަނީ އަންނަ އަހަރު ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމަށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މި އަހަރަށް ފާސްކުރި ބަޖެޓުގައި ހަރަދު ކުޑަކުރަން ހުށަހެޅި ސިޔާސަތުތައް އިތުރަށް ލަސްނުކޮށް، މި ދަނޑިވަޅުގައި ވެސް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަންނަ އަހަރުން ފެށެންވާއިރަށް އެ ސިޔާސަތުތައް ތަންފީޒުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގައި ކަނޑައެޅި ސިޔާސަަތުތަކުގެ ތެރޭގައި އެންމެނަށް ދެމުންދާ ކަރަންޓާއި ތެލާއި ކާޑުގެ އިތުރުން ނަރުދަމާ ސަބްސިޑީ ބޭނުން ޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ހެދުމާއި އާސަންދަ ވެސް ބޭނުން ޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ހެދުން ހިމެނެ އެވެ.

ސަރުކާރުން މި ކަންކަން ތަންފީޒުނުކުރެވުމަކީ މި އަހަރަށް ފާސްކުރި 49.9 ބިލިއަން ރުފިޔާގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ ސަޕްލިމެންޓު ކުރަން ޖެހުނު މައިގަނޑު އެއް ސަބަބެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައި ވެސް މި ނުކުތާ ފާހަގަކުރައްވާފައި ވެ އެވެ.

މި ސަޕްލިމެންޓަރީ ބަޖެޓަށް ދިން ލަފާގައި އެމްއެމްއޭއިން ބުނީ، މި އަހަރުގެ ބަޖެޓަށް ލަފާ ދިން އިރުގައި ވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަން ހުރަސްތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. އޭރު ވެސް އެމްއެމްއޭއިން ލަފާ ދިނީ ދަތިތައް ހުރި ނަމަވެސް، ވީހާ ވެސް އަވަހަކަށް އެ ސިޔާސަތުތައް ތަންފީޒުކުރުމަށެވެ.

އޭގެ އިތުރުން، ސަބްސިޑީގެ ސިޔާސަތު ތަންފީޒުކޮށް ޓާގެޓުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު އެއްކުރެވޭ ސާވޭއަކީ 2019 ގައި ތައްޔާރުކުރި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވެ އެވެ. އެމްއެމްއޭ އިން ބުނީ އޭގައި ހުރި މައުލޫމާތު އަދާހަމަ ކުރުމަށް ޓަކައި އެ ސާވެ އަލުން ހިންގުން އަވަސް ކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ އޮތޯރިޓީން ދެކޭ ކަމަށެވެ.

ހަމަ އެގޮތަށް ސަބްސިޑީ ޓާގެޓޫ ކުރުމުގެ ކުރިން އެ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ލިބޭނެ ފަދަ ސިިސްޓަމެއް ނުވަތަ "މީންސް ޓެސްޓިން ސިސްޓަމެއް" ގާއިމުކުރުމުގެ މަސައްކަތް އަވަހަށް ނިންމާ، އެ ސިޔާސަތު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން ސަރުކާރަށް ލަފާއަރުވާފަ އެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުނުކުރެވުނީ، ސަރުކާރުން ބުނާ ގޮތުގައި، އެ ސިޔާސަތުތައް ތަންފީޒުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރީ ސަރުކާރުން ނުކޮށް އޮތުމުންނެެވެ. އެ ގޮތުން އެކަން ކުރަން ބޭނުންވާ ގިނަ ޓެކްނިކަލް މަސައްކަތްތައް ކުރަން ޖެހުނީ މި ސަރުކާރުން ކަމަށާއި، އަންނަ އަހަރުގެ ބަޖެޓާ އެކީ އެކަން ކުރާނެ ކަމަށް ޒަމީރު ވިދާޅުވެފައި ވެ އެވެ.

ހަމަ މި މޭރުމުން ވާހަކަ ދައްކަވަމުން، މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް ޒަމީރު ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒުކުރަން "ކޮމްޕްރިހެންސިވް" ޕްލޭނެއް އެބައޮތް ކަމަށާއި، ސަރުކާރުން މިހާރު ރާވާފައިވާ ގޮތަށް އެ ކަން ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox