ޕީއެންސީ އަށް މެންބަރުން އިތުރުކުރަން ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރުން އަބްދުއްރަހީމަށް ގޯހަކަށް ނުވި!

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީ އޮފީހުގައި ރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީ އޮފީހުގައި ރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކަވައިފި އެވެ.

ޕީއެންސީގެ މެންބަޝިޕް ޑްރައިވްގެ ތެރެއިން އެކި މިނިސްޓްރީތަކުގެ މުވައްޒަފުން، މިނިސްޓްރީތަކުގެ ތެރޭ ޕީއެންސީގެ މެންބަޝިޕް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ގިނަ ބަޔަކު އެކަމަށް ދަނީ ފާޑުކިޔަމުންނެވެ.

އެކަން ކުށްވެރިކޮށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ބަޔާނެއް ނެރެފައި ވަނިކޮށް، ޕީއެންސީގެ ޗެއާޕަސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ރޭ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން ޕާޓީއަށް ފޯމް ފުރާ ވާހަކަ އާއި ކުންފުނިތަކުން ޕާޓީއަށް ފޯމް ފުރާ ވާހަކަ އެބަ އަޑުއިވޭ ކަމަށެވެ.

އެއީ ގޯހެއް ކަމަށް، އަދި ކޮށްގެން ނުވާނެ ކަމެއް ކަމަށް ވިދާޅެއް ނުވެ އެވެ.

ޕީއެންސީގެ މެންބަޝިޕް ފޯމްތަކެއް ސަރުކާރުގެ އޮފީހެއްގައި ފުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.
ޕީއެންސީގެ މެންބަޝިޕް ފޯމްތަކެއް ސަރުކާރުގެ އޮފީހެއްގައި ފުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.

ޕީއެންސީގެ މެންބަޝިޕް ފޯމްތަކެއް ސަރުކާރުގެ އޮފީހެއްގައި ފުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.

"މިއީ، އަޅުގަނޑު ދަންނަވައިފިން ޕީއެންސީގެ ސަރުކާރެކޭ. މި ސަރުކާރުގެ ވަޒީރުކަމުގައި ތިއްބަވާނީ ޕީއެންސީގެ މެންބަރުން. އެމްޑީންނަށް ތިއްބަވާނީ ޕީއެންސީގެ މެންބަރުން. ޕީއެންސީ ބޮޑުކުރުމަކީ އެ ބޭފުޅުންގެ ޒިންމާއެއް. އެއީ އެ ބޭފުޅުން އެ މަގާމަށް ވަޑައިގަންނަވަނީ ޕާޓީގެ ފަރާތުން،" ޕީއެންސީ އަށް މެންބަރުން އިތުރުކުރަން ހަފުތާ ބަންދުގައި ހިންގި ހަރަކާތުގެ ނިންމުން ފާހަގަ ކުރަން އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަފުލާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެންވީމާ އެ ބޭފުޅުންގެ ޕާޓީ، އެ ބޭފުޅުން ބޮޑުކުރަން މަސައްކަތް ކުރުމަކީ އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ހުރަހެއް އޮންނާނެ ކަމެއް ނޫން. އެހެންވީމަ މިކަންކަން ނޭނގޭ ބޭފުޅުން އެ ވާހަކަ ދައްކަވާތީ އަޅުގަނޑު މިރޭ މިހާ ހުލާސާ ގޮތެއްގައި މި ވާހަކަ މި ދަންނަވާލީ،"

މެންބަރުން އިތުރުކުރަން މާލޭގައި ހިންގި ހަރަކާތުން އަށެއްކަ ހާއްސަ މެންބަރުން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި މިހާރު ވެސް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީ ވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމަށް އައިއިރު، ރައީސް ޑރ، މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވިއިރު ޕީއެންސީގެ ތިބި މެންބަރުންގެ އަދަދަކީ 3022. އެމަނިކުފާނު ވެރިކަމަށް އެއް އަހަރު އަދި ނުފުރިގެން މިއުޅެނީ. މިހާރު އިރާދަކުރެއްވިއްޔާ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕީއެންސީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ހަދަން ރާއްޖޭގައި އެންމެ ފަރިތަ މީހުން މި ވަގުތު ތިބީ ޕީއެންސީގައި ކަމަށް ވުމަކީ، ވަގު ފޯމާއި ފައިސާ ދީގެން މެންބަރުން އިތުރު ނުކުރާނެ ސަބަބެއްގެ ގޮތުގައި އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. ރައްޔިތުންގެ ތާއީދާއި ރައްޔިތުންގެ ލޯތްބާއި ރައްޔިތުންގެ އިހުތިރާމް އޮންނަ ވެރިންގެ ޕާޓީތަކަށް އެގޮތަށް މެންބަރުން ވައްދާކަށް ނުޖެހޭނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި ނަމަވެސް، އޮޅުވާލައިގެން ޕީއެންސީ އަށް ބައެއް މީހުން ވައްދާފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ އެސްއެސްއެސްގެ ފޮޓޯ ސޯޝަލް މީޑއާގައި ދައުރުކޮށްފައިވެ އެވެ.

ޕީއެންސީން ހޯދަމުންދާ ކާމިޔާބުގެ އަސްލަކީ ރައީސް ޑރ. މުހއައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތާއި ސިޔާސީ ޕާޓީގެ ނިޒާމަކީ ކޮބައިކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވުމާއި ޕާޓީއާއި ސަރުކާރާ އޮންނަ ގުޅުމާ ކުރެވޭ މަޝްވަރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީއެންސީ އަށް މެންބަރުން އިތުރުކުރަން ހިންގި ހަރަކާތްތަކުން ލިބިފައިވާ ބައެއް ފޯމްތައް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ރޭ ހަވާލުކުރައްވަނީ. -- ފޮޓޯ: ޕީއެންސީ
"ޕީއެންސީ އަށް މެންބަރުން އިތުރުކުރަން ހިންގި ހަރަކާތްތަކުން ލިބިފައިވާ ބައެއް ފޯމްތައް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ރޭ ހަވާލުކުރައްވަނީ. -- ފޮޓޯ: ޕީއެންސީ

"ޕީއެންސީ އަށް މެންބަރުން އިތުރުކުރަން ހިންގި ހަރަކާތްތަކުން ލިބިފައިވާ ބައެއް ފޯމްތައް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ރޭ ހަވާލުކުރައްވަނީ. -- ފޮޓޯ: ޕީއެންސީ

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރިއްވި ބޭފުޅުން، ވެރިކަން ލިބިވަޑައިގަތުމާއެކު ޕާޓީއަށް ފެއަށް ޖެހިވަޑައިގެން، ވެރިކަން ވަނީ ގާތް ބޭފުޅުންގެ އެއްޗަކަށް އެކަނި ކަމަށް އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒު އެގޮތް ހިޔާރު ނުކުރައްވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުގެ މުހިއްމު ކަންކަން، ދައުލަތުގެ މުހިއްމު ކަންތައްތައް ނިންމަން ޖެހިވަޑައިގަތީމަ އެންމެ ފުރަތަމަ މަޝްވަރާ ކުރައްވަނީ ޕާޓީގެ ލީޑަޝިޕާ. ލީޑާޝިޕާ މަޝްވަރާ ކުރައްވާފައި އަދި އޭގެ އިތުރުން ޕާލިމެންޓަރީ ގްރޫޕާ ގުޅުން ހުރި ކަންކަމުގައި ޕާލިމެންޓަރީ ގްރޫޕާ މަޝްވަރާ ކުރައްވާފަ، ކެބިނެޓުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމެއް ނިންމަވަނީ. އެއީ އަޅުގަނޑު މިދަންނަވާ އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި ވެރިކަން ކުރާ ގޮތަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox