އިޒްރޭލުގެ އުދުވާނު ފުޅާކޮށް ހުޅަނގުއައްސޭރި އާއި އީރާނު ވެސް އަމާޒަކަށް ހަދަނީ

Oct 28, 2024, 6:04 AM
އިޒްރޭލުގެ އުދުވާނު ފުޅާކޮށް ހުޅަނގުއައްސޭރި އާއި އީރާނު ވެސް އަމާޒަކަށް ހަދަނީ

މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ ޖެނޮސައިޑް ފުޅާކޮށް، ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ އިތުރުން އީރާނު ވެސް އަމާޒަކަށް ހަދަން، ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔުއާވް ގަލަންޓް ހުށަހަޅާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.

އިޒްރޭލުގެ ހާރެޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަލަންޓް އެގޮތަށް ހުށަހެޅީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޮނުވި ސިޓީއެއްގަ އެވެ.

އިޒްރޭލުން އެތައް އަހަރެއް ވަންދެން ހިސާރުކޮށް، ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަހުރޫމްކޮށްފައިވާ ގާޒާގެ ރައްްޔިތުންގެ ދިފާއުގައި ހަނގުރާމަކުރާ ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދިނެވެ. އެ އީ އުޒުރަކަށް ހަދައިގެން، މުޅި ގާޒާއަށް ބޮން އަޅައި އެ ޝަހަރު މުޅީންހެން ސުންނާފަތިކޮށް، 40،000 އަށް ވުރެ ގިނަ މީހުން މަރައިލުމަށް ފަހު މިހާރު ވަނީ ލުބުނާނު ވެސް އަމާޒަކަށް ހަދައިފަ އެވެ.

ލުބުނާނުގެ އެކި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ބޮންއެޅުމުގެ އިތުރުން ބިމުގެ ލަޝްކަރުތައް ވެސް ފޮނުވަައިގެން ކޮންމެ ދުވަހަކު މީހުން މަރަމުން އައިސް، އިޒްރޭލުން އެންމެ ފަހުން ބޮން އެޅީ އީރާނަށެވެ. އެހެން ނަމަވެސް އެއީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފުރަތަމަ ބުންޏެވެ.

ގާޒާގައި ހިންގަމުން ގެންދާ ޖެނޮސައިޑާ އެކު ހުޅަނގުއައްްސޭރީގައި މީހުން މެރުމާއި ގެތައް ހަލާކުކުރުމުގެ ޖަރީމާތައް ވެސް އިޒްރޭލުން ގެންދަނީ މެދުނުކެނޑި ހިންގަމުންނެވެ. އެހެން ނަމަވެސް ގަލަންޓް އެ ބުނާ "ހަނގުރާމައިގެ އަމާޒަކަށް" ހުޅަނގުއައްސޭރި ހަދައިފި ނަމަ އެ ސަރަހައްދުގައި ހިންގާ ޖަރީމާތައް އިތުރުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox