އާސަންދަ ރިފޯމުގެ ތެރެއިން 250 ބޭހެއްގެ އަގަށް ބަދަލު ގެންނަނީ

އާސަންދަ ނިޒާމުގެ ދަށުން ހިދުމަތްދޭ ބޭސްފިހާރައެއްގައި ބޯޑު ޖަހާފަ: އާސަންދަ ރިފޯމުގެ ތެރެއިން 250 ބޭހެއްގެ އަގަށް ބަދަލުގެންނަން އެންސްޕާއިން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

އާސަންދަ ނިޒާމުގެ ދަށުން ހިދުމަތްދޭ ބޭސްފިހާރައެއްގައި ބޯޑު ޖަހާފަ: އާސަންދަ ރިފޯމުގެ ތެރެއިން 250 ބޭހެއްގެ އަގަށް ބަދަލުގެންނަން އެންސްޕާއިން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދަ އަށް ސަރުކާރުން ކުރާ ހަރަދުތައް ކުޑަކޮށް އެ ނިޒާމު ހަރަދުނާ ކުރުމަށް ކުރާ ރިފޯމު މަސައްކަތުގެ ދަށުން 250 ބޭހެއްގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.

އެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަދަލު ގެންނަން ނިންމާފައިވަނީ އާސަންދައިގެ ދަށުން އެންމެ ގިނައިން ދޫކުރާ ބޭސްތަކުގެ އަގުތަކަށް ކަމަށެވެ.

މީގެތެރެއިން 87 ބޭހެއްގެ އަގަށް ބަދަލު ގެންނަނީ ނޮވެމްބަރު މަހުން ފެށިގެންނެވެ. ބާކީ 126 ބޭހުގެ އަގަށް ބަދަލު ގެންނަނީ ނޮވެމްބަރު 24، އިން ފެށިގެންނެވެ. އެންސްޕާއިން ބުނީ އަގަށް ބަދަލު ގެންނަ ތާރީހުން ފެށިގެން އެ ބޭސްތަކުގެ ތަފުސީލުތައް އާސަންދައިގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

އަދި، މި ފިޔަވަޅުތަކާއެކު އަގުބޮޑުކޮށް ވިއްކަމުންދިޔަ ބޭސްތަކުގެ އަގުހެޔޮވެ އާސަންދައަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުގެ ތެރެއިން އަހަރެއްގެ މައްޗަށް 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް އެންސްޕާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލިސްޓުގައި ހިމެނޭ 250 ބޭހުގެ ކޮންމެވެސް އެއް ބްރޭންޑެއް އަބަދުވެސް އެސްޓީއޯގެ ބޭސްފިހާރައިން ލިބޭނެ ކަމަށާއި ޕްރައިވެޓް ބޭސްފިހާރަތަކުގެ ތެރެއިން އާސަންދައިގެ ދަށުން މި ބޭސްތައް ވިއްކަން ރަޖިސްޓްރީކުރާ ތަންތަނުންވެސް މި ބޭސްތައް ލިބޭނެކަމުގެ ޔަގީންކަންވެސް އެންސްޕާއިން މިއަދު ދީފައިވެ އެވެ.

އާސަންދައިގެ ދަށުން ބޭސްނެގުމާއި އެހެން ހިދުމަތްތައް ހޯދާއިރު އަބަދުވެސް ރަސީދުތައް ރައްކާކުރުމަށްވެސް އެންސްޕާއިން ނެރުނު ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox