އައިކޮމް އިން އެންގުމުންވެސް ފަލަސްތީނު ޓެލެތޯނުން ލިބުނު ފައިސާ ހަވާލުކުރިކަމުގެ ލިޔުން ސަރުކާރުން ނުދިން

ފަލަސްތީނާއެކު ދިވެހިން ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ރައީސްގެ ދެ ކަނބަލުން ފައިސާ ހަދިޔާކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނާއެކު ދިވެހިން ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ރައީސްގެ ދެ ކަނބަލުން ފައިސާ ހަދިޔާކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކުރި ލިޔުން ދޭން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

މި ފައިސާ އަންރުވާއަށް ދިން ކަމަށް ސަރުކާރުން އިއުލާނުކުރީ އޮގަސްޓު 20، ގަ އެވެ. އެކަން ކުރިކަމުގެ ލިޔުން ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުން ވާނީ ހަމަ އެދުވަހު ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.

ނަމަވެސް، ގާނޫނުން މައުލޫމާތު ދިނުމަށް ދޭ މުއްދަތުތައް ފާއިތުވެ ގޮސް، މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ވަނީ ދެ އަޑުއެހުމެއްވެސް ބާއްވާފަ އެވެ. އޭގެތެރެއިން އޮކްޓޯބަރު 9، ގައި ބޭއްވި ބައްދަލުވުމުގައި އައިކޮމް އިން ވަނީ މައުލޫމާތު ދިނުމަށް ފަސް ދުވަހުގެ މުއްދަތެއް ފޮރިން މިނިސްޓްރީއަށް ދީފަ އެވެ.

އެ އަޑުއެހުމުގައި ބައިވެރިވި ފޮރިން މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ އެ މުއްދަތުގެ ކުރިންވެސް މައުލޫމާތު ދެވިދާނެ ކަމަށާއި މައުލޫމާތު އެ ވުޒާރާގައި ހުރި ކަމަށެވެ. އަދި މައުލޫމާތު ނުދިނުމަކީ ވުޒާރާގެ ވިސްނުން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް، އެ މުއްދަތުގައި ފޮރިން މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މި މައްސަލާގައި ދެވަނައަށް ބޭއްވި އަޑުއެހުމުގައި އައިކޮމް އިން ވަނީ މައްސަލަ ބަލާ ނިންމާ، ފަސް ދުވަހުގެ ތެރޭ އެ ލިޔުން މި ނޫހާ ހިއްސާކުރުމަށް އަންގާފަ އެވެ. އޮކްޓޯބަރު 17، ގައި ދިން އެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.

އަޑުއެހުމުގައި އަދި މުއްދަތު ހަމަވުމުން މި ނޫހާ ފޯނުން ވާހަކަ ދައްކަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލުން އަދި އިންފޮމޭޝަން އޮފިސަރު ވަނީ މި މައުލޫމާތު ހިއްސާކުރާނެ ކަމަށާއި ލަސްވަނީ އިދާރީ ބައެއް ހުއްދަތައް ހޯދަން ޖެހޭތީ ކަމަށް ބުނެފަ އެވެ.

ނަމަވެސް، މި ހަބަރު ޕަބްލިޝް ކުރުމާ ހަމައަށްވެސް ފޮރިން މިނިސްޓްރީން އެ ލިޔުން އަދި ހުށަހެޅި އާރުޓީއައި އަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އައިކޮމް ގެ ނިންމުމާ ދެބަސްވެ، މި މައްސަލަ އެ ވުޒާރާއިން ކޯޓަށް ހުށަހެޅި ކަމުގެ މައުލޫމާތެއްވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ޖޫން 12، ގައި ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު 19،309،468.02ރ. ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނީ އެ ފައިސާ ހަވާލުކުރުން ލަސްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަދި ނޫސްތަކުގެ ހަބަރުތައް ޖަހަން ފެށުމުންނެވެ.

ސަރުކާރުން އިސް ނަގައިގެން މިފަދަ ޓެލެތޯނެއް ބާއްވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ނިންމީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެންނެވެ.

މި ޓެލެތޯނުގައި ހުޅުވި ފަންޑަށް ރައީސް މުއިއްޒުގެ ދެ ކަނބަލުންގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ކުންފުނިތަކުންވެސް ފައިސާ ހަދިޔާކުރި އެވެ.

ނަމަވެސް، އެ ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަމެއް ލިބޭނެ ތާރީހެއް މިހާތަނަށް ސާފެއް ނުވެ އެވެ. އަންރުވާއިންވެސް މި ފައިސާއާ ގުޅޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox