އިޒްރޭލުން ހިންގާ ޖެނޮސައިޑްގައި ގާޒާގެ މުޅި އާބާދީ މަރުވުމުގެ ނުރައްކާ އެބަ އޮތް: ޔޫއެން ރެޕަޓުއާ

Oct 28, 2024, 1:28 AM
އުތުރު ގާޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕްގައި އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކެއްގެ ކައިރީގައި ކުޑަކުދިންތަކެއް ހަރަކާތްތެރިވަނީ. ފޮޓޯ: ގުދުސް ނިއުސް

އުތުރު ގާޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕްގައި އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކެއްގެ ކައިރީގައި ކުޑަކުދިންތަކެއް ހަރަކާތްތެރިވަނީ. ފޮޓޯ: ގުދުސް ނިއުސް

ފަލަސްތީނުގެ ގާޒާގައި އެންމެންގެ ލޮލުގެ ކުރިމަތީގައި އިޒްރޭލުން ހިންގަމުން ގެންދާ ޖެނޮސަައިޑް (ނަސްލުހޭދު) ގައި އެ ޝަހަރުގެ މުޅި އާބާދީ މަރުވުމުގެ ނުރައްކާ އެބަ އޮތް ކަމަށް ޔޫއެން އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ ފްރެންޗެސްކާ އަލްބަނީސް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ބޮން އަޅައި މުޅިން ވީރާނާކޮށްލާފައިވާ އުތުރު ގާޒާގެ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް މެދުނުކެނޑި ހަމަލާ ދޭތާ މިހާރު ދެ ހަފްތާ ވެއްޖެ އެވެ. މިފަހަރުގެ ހަމަލާތަކުގައި 800 އަށް ވުރެެ ގިނަ މީހުން މަރައިލިކަމަށް ރެކޯޑް ކުރެވިފައި ވާއިރު މިއަދު ދިން ހަމަލާތަކުގައި އެކަނި ވެސް 45 މީހުން މަރުވި އެވެ.

އިޒްރޭލުން ޖަބަލިޔާގައި ހިންގާ ޖަރީމާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޔޫއެން ހިއުމަނިޓޭރިއަން ޗީފް ޖޮއިސް މިސުޔާ ވިދާޅުވީ އުތުރު ގާޒާގެ މުޅި އާބާދީ މަރުވުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން އަލްބަނީސް ވިދާޅުވީ ގާޒާގެ މުޅި އާބާދީ މި ޖެނޮސައިޑްގައި މަރުވުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ.

Advertisement

"އިއުލާނުކޮށްގެން، އަހަރެމެންގެ ލޮލުގެ ކުރިމަތީގައި ހިންގާ ޖެނޮސައިޑެއްގައި ގާޒާގެ މުޅި އާބާދީ މަރުވުމުގެ ނުރައްކާ އެބަ އޮތް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލްބަނީސް ވިދާޅުވި އެވެ.

އެތައް އަހަރެއް ވަންދެން ހިސޯރުކޮށް، ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަހުރޫމްކޮށްފައި ތިބި ގާޒާ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަކުރާ ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަަމަލާތަކެއް ދި ނެވެ. އިޒްރޭލުން މިފަހަރުގެ ޖެނޮސައިޑް ފެށީ އެ ހަމަލާތައް އުޒުރަކަށް ހަދައިގެން ކަމަށް ވިޔަސް އެމީހުން މީގެ ކުރިން ވެސް ގާޒާއަށް ކެނޑި ނޭޅި ބޮން އަޅައި ބޮޑެތި އުދުވާނުތައް ހިންގި އެވެ.

މިފަހަރުގެ ޖެނޮސައިޑްގައި މަރައިލި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 42،000 އަށް ވުރެ މަތިވެފަ އެވެ. ޒަހަމްވީ މީހުމްގެ އަދަދު 100،000 އަށް ވުރެ މައްޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox