ޓެކްސް ބޮޑުކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދާ މުއްދަތު އިތުރުކުރުން ސަރުކާރު މެންބަރުންނަށް ވީ ޖެއްސުމަކަށް

ޕީއެންސީ މެންބަރުން މި ކޮމިޓީގައި ވޯޓު ދެނީ: އާންމުންގެ ހިޔާލަށް ދިގު މުއްދަތު ދޭން އުޅުން ޝުޖާއު ހިމެނޭހެން ސަރުކާރުން މެންބަރުންނަށް ވީ ޖެއްސުމަކަށް --- ފޮޓޯ: މަޖިލިސް އިދާރާ

ޕީއެންސީ މެންބަރުން މި ކޮމިޓީގައި ވޯޓު ދެނީ: އާންމުންގެ ހިޔާލަށް ދިގު މުއްދަތު ދޭން އުޅުން ޝުޖާއު ހިމެނޭހެން ސަރުކާރުން މެންބަރުންނަށް ވީ ޖެއްސުމަކަށް --- ފޮޓޯ: މަޖިލިސް އިދާރާ

އެއާޕޯޓުތަކުން ފުރާ މީހުން އަތުން ނަގާ ޓެކުހާއި ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ވޭޕާއި ދުންފަތުގެ ބާވަތްތަކުން ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ސަރުކާރު ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ މުއްދަތު އިތުރުކުރަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުމުކީ ޖެއްސުން ކުރުން ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނެފި އެވެ.

ސަރުކާރުން ހުށަހެޅި މި ހަތަރު ބިލު ދިރާސާކުރާ، މަޖިލީހުގެ މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީގެ ބައްދަލުވުމުގައި މި ބިލުތަކުގެ މަސައްކަތް އަވަސް ކުރުމަށް ފުރަތަމަ ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބުރާސްފަތި ދުވަހު ހުށަހަޅަން ނިންމާފައިވާ ކަމާށާއި މި ޓެކްސްތަކާއި ޑިއުޓީތައް ބޮޑުކޮށްގެން އަންނަ އަހަރު ލިބޭނެ އާމްދަނީގެ އަދަދުތައް ސާފުކުރުމަށް މި މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ. އަދި މި ބިލުތަކަށް ފުޅާ ބަހުސަކަށް ހުޅުވާލަން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"އަޅުގަނޑަކަށް ނުފެނޭ އިންޑަސްޓްރީގެ ޕްލޭޔަރުންނަށް ބަހުސަށް ހުޅުވާލާކަށް. މިއީ ސަރުކާރުގެ ޕޮލިސީ ޑިޒިޝަނެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރަނގަޅު އަދަދަކާއި ނުބައި އަދަދެއް ނޯންނާނެ. މީގަ އޮންނާނީ އެއް އަދަދެއް އެއީ ސަރުކާރުން ނިންމަން ބޭނުންވާ ގޮތް. އަޅުގަނޑަކަށް ނުފެނޭ ފުޅާ ބަހުސަކަށް ހުޅުވާލާކަށް. އެހެން ވެއްޖިއްޔާ މި ނުނިމި ދިގުލައިގެން ހިނގައިދާނެ،" ނާޒިމް ވިދާޅުވި އެވެ.

މި ބިލުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާ މުއްދަތެއްގެ ގޮތުގައި މާދަމާގެ މެންދުރު 2:00 އާ ހަމައަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އޭނާ ދެކިލައްވާ ގޮތުގައި ބިލުތަކުގެ ބަހުސް ކުރިއަށްދިޔައިރުވެސް އެކަންކަމާ ގުޅިގެން އާންމުން ގެންދިޔައީ ހިޔާލު ފާޅުކުރަމުން ކަމުން 24 ގަޑިއިރަކީ ރަނގަޅު މުއްދަތެކެވެ.

ނަމަވެސް, އިދިކޮޅު އެމްޑީޕީގެ މެންބަރުން އެކަމާ ދެކޮޅު ހެއްދެވި އެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިއީ ސަރުކާރުގެ ޕޮލިސީ ޑިސިޝަނެއް ކަމަށާއި ބިލުތަކަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ސަރުކާރު މެންބަރުން ބުނުމަށް ފަހު ނަމަކަށް އާންމުންގެ ހިޔާލަށް ހުޅުވާލަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. އަދި، އާންމުން ހިޔާލު ހުށަހަޅާނީ އެކަންކަން ބަލައިގަތުމުގެ ފުރުސަތު އޮންނަ ނަމަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ މި ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ގޮތުގައި ދެއްކެވީ މިއީ ސަރުކާރުގެ ސިޔާސަތަކަށް ވުމެވެ.

ނަމަވެސް، ނާޒިމް އާއި އައްބާސްގެ ވާހަކައަށް ރައްދު ދެއްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މިއީ ސީދާ ރައްޔިތުންނަށް އަސަރުކުރާނެ ބިލުތަކެއް ކަމުން މިކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ހޯދުން އެއީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި، ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކީވެސް ސަރުކާރުގެ ސިޔާސަތުތައް ކަމަށާއި އެއީ އާންމުންގެ ހިޔާލު ހޯދަން ނުޖެހޭ ސަބަބެއް ނޫން ކަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ.

މި ބަހުސްގެ ތެރެއިން އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާ މުއްދަތު ފަސް ދުވަހަށް ދިގުދަންމާލަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. ނަމަވެސް، އެ ހުށަހެޅުމާއެކު ޝުޖާއު ވަނީ އެއީ މި ބިލުތައް ފާސްވިޔަ ނުދިނުމަށް އެމްޑީޕީން ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"މިކަމުގެ ބާވަތުން އަޅުގަނޑުމެން ޓައިމްލައިނެއް ކަނޑައަޅާފަ ރައްޔިތުންގެ ހިޔާލު ހޯދުމަށް ދެންނެވީމަ އެމްޑީޕީން މިހާރު އެއުޅެނީ ޖެއްސުންކުރަން. އެކަން ކުރުމުގެ ގޮތުން ކެންދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައިގެން މިއުޅެނީ. މިކަން ދިގުދަންމާ މިކަން ވިޔަނުދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް އިނގޭތޯ މިއީ،" ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީން މުއްދަތު ދިގުދަންމާލަން ހުށަހެޅި ނަމަވެސް، 14 މެންބަރުންގެ ތާއީދާއެކު ކޮމިޓީން ފާސްވީ ޝުޖާއު ހުށަހެޅި ގޮތަށް މާދަމާ މެންދުރުފަހު 2:00 ނިޔަލަށް ހުޅުވާލުމަށެވެ. އެކަމާ ދެކޮޅަށް ވޯޓުދެއްވީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ހަތަރު މެންބަރުންނެވެ.

އެ ނިންމުމާ އެއްގޮތަށް މަޖިލީހުން މިހާރު ވަނީ މި ހަތަރު ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox