ދިމްޔާތު ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުރި ފަޔާޒުގެ ބަދަލުގައި ރައީސްގެ ބޭފުޅުން ހިމަނައިފި

ދިމްޔާތު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު --- ފޮޓޯ: އަދަދު

ދިމްޔާތު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު --- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހުންނަ ގެސްޓްހައުސް ހިންގާ ދިމްޔާތު ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި އެވެ.

ދިމްޔާތު ކުންފުނީގެ މައި ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. މި އަހަރާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުރީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު އެވެ.

ނަމަވެސް، ކުންފުނިތަކުގެ ރަޖިސްޓްރީން ދައްކާ ގޮތުން ފަޔާޒް ވަނީ މިހާރު އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލާފަ އެވެ. އަދި ބޯޑުގައިވެސް އޭނާ ނެތެވެ.

މިކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ފަޔާޒު ވިދާޅުވީ، އެއީ އޭނާއާ ކުންފުނީގެ ހިއްސާދާރުންނާ ދެމެދު ހިނގި މުއާމަލާތެއްކަމުން އެކަމާ ގުޅިގެން ބަހެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ފަޔާޒުގެ ބަދަލުގައި މިހާރު ދިމްޔާތު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އަލަށް އިތުރުވީ ރައީސް މުއިއްޒުގެ ތިން ބޭފުޅުން ކަމަށްވާ، ޔާސްމީން މުހައްމަދު މުއިއްޒު، ޒައިދު މުހައްމަދު މުއިއްޒު، އަދި އުމީރު މުހައްމަދު މުއިއްޒު އެވެ. ބޯޑުގައި ސާޖިދާގެ އިތުރުން އިންނަވަނީ ޔާސްމީން އެވެ.

ރައީސް މުއިއްޒުގެ އާއިލީ ވިޔަފާރި ކުންފުނީގެ ހިއްސާ ދޫކޮށްލި ފަޔާޒް އަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ ކޮށްކޮ އެވެ.

ދިމްޔާތު ގޯތީގައި އެޅި 12 ބުރީގެ އިމާރާތް ދިމްޔާތު ކުންފުންޏަށް ރައީސް މުއިއްޒު ވަނީ 20 އަހަރަށް ކުއްޔަށް ދީފަ އެވެ.

އެ އިމާރާތަށް ހަރަދުކުރި ގޮތާމެދު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެތައް ސުވާލެއް އުފެދުނެވެ. އެކަމާ ގުޅިގެން، އެ އިމާރާތް ހެދުމަށް އާރުސީސީ ކުންފުންޏަށް ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ 13 މިލިއަން ރުފިޔާގެ ތެރެއިން ނަގުދުން ދެއްކި 11 މިލިއަން ރުފިޔާއަކީ 2002 އިން ފެށިގެން އެމަނިކުފާނު އެއްކުރައްވަމުން ގެންދެވި ފައިސާ ކަމަށް ޕީއެންސީ ކެމްޕޭނުން އޭރު ބުންޏެވެ.

ރާއްޖޭގައި ހިންގާ ބޭންކަކުން ނެގި މި ލޯނަށް އިކުއިޓީގެ ގޮތުގައި ދެއްކި އަށް މިލިއަން ރުފިޔާވެސް ރައީސް މުއިއްޒު ދެއްކެވީ ނަގުދު ފައިސާއިންކަން މި ނޫހުން އޭރު ކަށަވަރުކުރި އެވެ. އެއީ އެކު ޖުމްލަ 19 މިލިއަން ރުފިޔާ އެވެ. އެހެންކަމުން 2002 ވަނަ އަހަރުން ފެށިގެން އަހަރެއްގެ މައްޗަށް 1.2 މިލިއަން ރުފިޔާ ރައީސް މުއިއްޒު ވަނީ ނަގުދު ފައިސާގެ ރައްކާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox