ރައްޔިތުންގެ އިންތިހާ ކަންބޮޑުވުން ހުރިއިރު ސާޖިދާ ވިދާޅުވީ ސަރުކާރު މިދަނީ ރަނގަޅު ސިޔާސަތަކާ ދިމާލަށް ކަމަށް!

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު: އެކަމަނާ ވަނީ ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވާފައި -- ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު: އެކަމަނާ ވަނީ ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވާފައި -- ފޮޓޯ: ޕީއެންސީ

ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައި، ސަރުކާރު މިދަނީ ވަރަށް ރަނގަޅު ސިޔާސަތުތަކަކާއެކު ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ސާޖިދާ ވަނީ، ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ސަނާ ވިދާޅުވެފަ އެވެ.

ނަމަވެސް އެކަމަނާގެ މި ވާހަކަފުޅުތައް އައިސްފައިވަނީ ޑޮލަރު އަތް ނުފޯރާ ފަށަށް އަރައި، މުދަލުގެ އަގުބޮޑުވުމާއި، ބޭސް ނުލިބުމާއި ބޯހިޔާވަހިކަމުގެ މައްސަލަތަކުގެ އިތުރުން މުއިއްޒު ވީ ވައުދުތައް ނުފުއްދަވާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ސާޖިދާގެ ބޮޑަށް ބާރުއެޅުއްވީ މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކަށެވެ. އެގޮތުން މާލޭގެ ފުޑް ކޯޓުތައް ފަދަ ތަންތަނަށް އައި ބަދަލުތަކަކީ މުއިއްޒުގެ "މޭސްތިރިކަމުގެ" ދަށުން ކުރެވުނު ކަންކަން ކަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯ ހަވާލުކޮށްގެން، އެ ކުންފުނިން ހަރަދުކޮށްގެން ހިންގި މަޝްރޫއު އެކެވެ. މިހާރު ވެސް ފުޑްކޯޓުތައް ބަލަހައްޓަނީ އެސްޓީއޯއިންނެވެ.

ސަރުކާރުގެ މި ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު ކަންކަމަކީ ރައްޔިތުން ގަބޫލުކުރަންޖެހޭ ކާމިޔާބީތަކެއް ކަމަށް ސާޖިދާ ސިފަކުރެއްވި އެވެ.

ސަރުކާރާ ދެކޮޅު ވިސްނުމުގައި ތިބޭ ބަޔަކު ކައުންސިލަށް ހޮވުމަކީ ނަރައްކަލެއް ކަމަށް ފާހަގަ ކުރައްވައި، ސާޖިދާ ވިދާޅުވީ ސަރުކާރާ އެކީގައި މަސައްކަތް ނުކުރާނަމަ ރައްޔިތުންނަށް އޭގެއިން އެއްވެސް ފައިދާއެއް ނުވާނެ އެވެ.

"އެއީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުން، ފުރަތަމަ ވިސްނުމުގައި ތިމަންނަމެން މަސައްކަތް ކުރާނީ ސަރުކާރާ ދެކޮޅަށޭ، އެހެން ވިސްނުމުގައި އަންނަނަމަ. ރައްޔިތުންނަށް އޭގެއިން ވާނީ ކޮން ފައިދާއެއްތޯ؟ އެއްވެސް ފައިދާއެއް ނުވާނެ،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ މިހެން ވިދާޅުވިއިރު މުއިއްޒު ވެރިކަަމަށް ވަޑައިގެން ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނެސް އަތޮޅު ކައުންސިލްތައް އުވާލައި، ރަށު ކައުންސިލްތަކުގެ ގިނަ ބާރުތަކެއް ވެސް ވަނީ ކަނޑާލާފަ އެވެ.

ކައުންސިލަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ ފަރާތް ކަމަށާއި އެހެންވެ، ހުރިހާ ކަމެއްވެސް ސީދާ ސަރުކާރަށް ގެނެސްދެވޭނެ ބަޔަކު ތިބުމަކީ ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ކުރާނެ ކަމެއް ކަމަށް ސާޖިދާ ރޭ ވިދާޅުވިއިރު، ޕީއެންސީގެ މެޖޯރިޓީ އޮތް ރަށްތަކަށް ވެސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކާއި، ފެއްޓެވި މަޝްރޫއުތައް ކުރިއަށް ނުގޮސް އެބަ ހުއްޓެވެ.

ރާއްޖޭގައި މިހާރު ހުރި އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރައީސް "އުނދަގޫ ނިންމުންތަކެއް" ނިންމަވަމުން ގެންދަވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެގޮތުން ވޭޕް މަނާކުރުމަށް ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި، ސަރުކާރަށް އެއްބާރުލުން ނުދޭނަމަ އޭގެ ގެއްލުން މުޅި ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

ނަމަވެސް ވޭޕް މަނާކުރަން ނިންމީ އެއްވެސް ކައުންސިލްއަކާ މަޝްވަރާ ކުރުމެއް، އާންމުންގެ ހިޔާލެއް ހޯދުމެއް ނެތި އެވެ.

މި ސަރުކާރު ރަނގަޅު ސިޔާސަތަކަށް ދާކަމަށް ވިދާޅުވިއިރު ރިޔާސީ އިންތިހާބުގައިވި މައިގަނޑު ދެ ވައުދުކަމުގައިވާ ޔާމީން މިނިވަންކުރުމާއި، އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމަށް ވީ ވައުދު މުއިއްޒު ނުފުއްދަ އެވެ.

މީގެއިތުރުން މާލޭގެ ތޮއްޖުހުން ކުޑަކޮށް، މަގުތައް ތަރުތީބުކުރުމަށްޓަކައި މަގުތައް އަލުން ހެދުމުގެ މަޝްރޫއު އާއި މާލޭ ހިޔާ ސަރަހައްދުގައި އަޅަން ވައުދުވި ފްލެޓުތަކާއި މާލޭގައި ހަދަން ވައުދުވި ޕާކިން ހައުސްތައް ނުހަދަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox