ގައުމީ ޖޫނިއާ މުބާރާތުގައި ވަކިވަކި އެތުލީޓުންނަށް ބަލާއިރު ސާއިދު ސްޕޯޓްސް އަށް ރަނގަޅު ކާމިޔާބެއް

Oct 27, 2024, 4:13 AM
ޖޫނިއާ މުބާރާތުގެ މެޑަލްއާއެކު ސާއިދު ސްޕޯޓްސްގެ އެތުލީޓުން

ޖޫނިއާ މުބާރާތުގެ މެޑަލްއާއެކު ސާއިދު ސްޕޯޓްސްގެ އެތުލީޓުން

ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ މަކިޓާ 15 ވަނަ ގައުމީ ޖޫނިއާ ޗެމްޕިއަންޝިޕުގައި ވާދަކުރި ސާއިދު ސްޕޯޓްސްގެ އެތުލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދާ މުބާރާތް ނިންމާލައިފި އެވެ.

މި ފަހަރުގެ ޖޫނިއާ މުބާރާތުގައި ސާއިދު ސްޕޯޓްސްގެ ފަރާތުން، 14 އަންހެން އެތުލީޓުންނާއި އަށް ފިރިހެން އެތުލީޓުން ވާދަކުރި އެވެ.

މި މުބާރާތް ސާއިދު ސްޕޯޓްސް އިން ނިންމާލީ ޖުމްލަ 11 މެޑައްޔާ އެކުގަ އެވެ. އޭގެ ތެރޭގައި ހަތަރު ކެޓަގަރީގެ ރަން މެޑަލް ވެސް ހިމެނެ އެވެ.

ރަން މެޑަލް ހޯދި އެތުލީޓުން:

  • އަންޑަ 13 - 1000 މީޓަރު ދުވުން: ކްލާރާ
  • އަންޑަ 15 - 1500 މީޓަރު ދުވުން: މުލާމް
  • އަންޑަ 15 - 100 މީޓަރު ދުވުން: އުލްވާން
  • އަންޑަ 15 - ޓްރިޕަލް ޖަމްޕް: މަލީކާ (މީޓް ރެކޯޑް)

ރިހި މެޑަލް ހޯދި އެތުލީޓުން:

  • އަންޑަ 15 - 1500 މީޓަރު ދުވުން: އިޒްޔާން
  • އަންޑަ 15 - 1500 މީޓަރު ދުވުން: ތާނާ
  • އަންޑަ 15 - 800 މީޓަރު ދުވުން: ތާނާ
  • އަންޑަ 15 - 800 މީޓަރު ދުވުން: އިޒްޔާން
  • އަންޑަ 15 - 200 މީޓަރު ދުވުން: އުލްވާން

ލޯ މެޑަލް ހޯދި އެތުލީޓުން:

  • އަންޑަ 15 - ހައި ޖަމްޕް: މަލްކާ
  • އަންޑަ 15 - 400 މީޓަރު ދުވުން: މަލީސާ
  • އަންޑަ 15 - 800 މީޓަރު ދުވުން: މަލްކާ

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ 20 އަހަރުން ދަށުގެ 800 މީޓަރު ދުވުން, 1500 މީޓަރު ދުވުން އަދި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އާއިޝް އަކީ ވެސް ސާއިދު ސްޕޯޓްސް އިން ތަމްރީނު ހަދަމުން އަންނަ އެތުލީޓެކެވެ. އެކަމަކު، މި ފަހަރުގެ ޖޫނިއާ .މުބާރާތުގެ 20 އަހަރުން ދަށުގެ ކެޓަގަރީގައި ސާއިދު ސްޕޯޓްސް ބައިވެރި ނުވާތީ އާއިޝް ވާދަކުރީ ރައުހަތު ސްޕޯޓްސްގެ ޓީމާއެކުގަ އެވެ.

މީގެ އެއް އަހަރު ކުރިން، 2022 ވަނަ އަހަރު ބޭއްވި ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ ފިރިހެން އެތުލީޓަކީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް އެވެ.

މި ފަހަރުގެ ޖޫނިއާ މުބާރާތުގައި، 29 ޓީމަކުން 868 އެތުލީޓުން ވާދަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox