ހައި ކޯޓުގައި ހިދުމަތް ކުރެއްވި ހުރިހާ ފަނޑިޔާރުންނަށް އެވޯޑެއް ދެނީ

ދިވެހިރާއްޖޭގެ ހައި ކޯޓު: ހައި ކޯޓުގައި ހިދުމަތް ކުރެއްވި ހުރިހާ ފަނޑިޔާރުންނަށް އެވޯޑެއް ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖޭގެ ހައި ކޯޓު: ހައި ކޯޓުގައި ހިދުމަތް ކުރެއްވި ހުރިހާ ފަނޑިޔާރުންނަށް އެވޯޑެއް ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ: އަދަދު ފައިލް

ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބާއްވާ ހަފުލާގައި އެ ކޯޓުގައި ހިދުމަތް ކުރެއްވި ހުރިހާ ފަނޑިޔާރުންގެ އަގުވަޒަން ކުރުމަށް އެވޯޑަކާއި ގައުނެއް ދޭން ނިންމައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ހައި ކޯޓުގައި ހިދުމަތް ކުރެއްވި ހުރިހާ ފަނޑިޔާރުންނަށް އެވޯޑް ދިނުމަށް އެ ހުރިހާ ފަނޑިޔާރުންނަށް ވަނީ ދައުވަތު ވެސް ދެއްވައިފަ އެވެ. އޭގެ ތެރެއިން އަވަހާރަވެފައިވާ ފަނޑިޔާރުންގެ އާއިލާތަކަށް ވެސް ވަނީ ދައުވަތު ދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެވޯޑު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިން އަބްދުއްރަހުމާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ އެވޯޑް ހަވާލު ކުރައްވާނީ އިސްފަނޑިޔާރު ހުސެއިން ޝަހީދު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިރޭ 8:00 ޖަހާއިރު އޮންނަ އެ ހަފްލާގައި ހައި ކޯޓުގެ އިސްތިރާޖީ އަމަލީ ތަދުބީރު ލޯންޗު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން، ހަފުލާގައި ދައުލަތަށް ހިދުމަތް ކުރުމުގައި ގައިމީ އިނާމު ލިބިފައިވާ ހައި ކޯޓުގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ގަޑި ނުޖެހި އެންމެ ގިނަ ދުވަހު ހާޒިރުވި ތިން މުވައްޒަފުންނަށް ލިޔުން ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ހަލްފާގައި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ އަދި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox