ގަމުގައި ޓޫރިޒަމަށް 130 އެނދު ތަރައްގީ ކުރަން އަފީފުގެ ކާސާ ހޯލްޑިންސްއިން ޝައުގުވެރިވޭ: ފައިސަލް

އައްޑު ގަން އެއާޕޯޓު -- ފޮޓޯ: އިއުޖާޒު އަލީ

އައްޑު ގަން އެއާޕޯޓު -- ފޮޓޯ: އިއުޖާޒު އަލީ

އައްޑޫގައި އެއާޕޯޓު އޮތް ގަމުގައި ޓޫރިޒަމް އަށް 130 އެނދު ތަރައްގީކުރުމުގެ އެ އެއާޕޯޓު ހިންގާ އެއް ހިއްސާދާރު، ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސްއިން ފާޅުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ތައްޔާރުކުރި ހާއްސަ ލޯގޯ އާއި ބްރޭންޑިން އިފުތިތާހުކުރަން ބޭއްވި ހަފުލާގައި ފައިސަލް ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅު، އަދި މިހާރު ޓޫރިޒަމް ނެތް ހުރިހާ ސަރަހައްދުތަކެއްގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރަމުން ގެންދާ ކަށެވެ.

މި ސަރުކާރުގެ އަމާޒަކީ ތަރައްގީކުރާ އައްސޭރި ޓޫރިޒަމް މަޝްރޫއާ އެކު އައްޑޫ އަށް 6،000 އެނދު އިތުރުކުރުމެވެ.

Advertisement

އެ މަޝްރޫއުގެ އިތުރުން ހަންކެޑެ މަޝްރޫއު އާއި ކާސާ ހޯލްޑިންއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ މަޝްރޫއު ނިމުމުން، މިހާރު ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު ވެސް ހުޅުވަން ބާރަކަށް ވެގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އައްޑޫ އެއާޕޯޓު ކޮމްޕެނީގެ އެއް ހިއްސާދާރު، ކާސާ ކޯލްޑިން މެނޭޖްމެންޓާއެކީ ވަރަށް މަޝްވަރާކުރިން. އެ ބޭފުޅުން ވެސް ބޭނުންވޭ އައްޑޫ ގަމުގައި ހަތޭކަ ތިރީހަކަށް އެނދު ޑިވެލޮޕްކުރަން. އެހެން ނަމަވެސް އޭގެ ތެރެއިން އެބަ ހުރި ދިވެހި ސަރުކާރުން، އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަންތައްތަކެއް. އެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އެބަކުރޭ،" ފައިސަލް ވިދާޅުވި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ 30 ޕަސެންޓު ހިއްސާ އޮންނަނީ ކާސާ ހޯލްޑިން އަށެވެ. އަނެއް 70 ޕަސެންޓު އޮންނަނީ ދިވެހި ސަރުކާރަށެވެ.

އަތޮޅުތަކަށް ޓޫރިޒަމް ގެންދިޔުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަތުރުފަތުރު އުނދަގޫވުން ކަމަށާއި، ނަމަވެސް މިހާރު އައްޑޫގެ ތަރައްގީ އަށް ހުރި ޓޫރިޒަމް މަޝްރޫއުތަކާއެކު ޒިޔާރަތްކުރާ މީހުން އިތުރުވެ، ދަތުރުފަތުރު ވެސް އެ އަތޮޅަށް އަގުހެޔޮވެ، ފަސޭހަ ވެގެންދާނެ ކަމަށް ފައިސަލް ފާހަގަ ކުރެއްވި އެވެ.

"އައްޑޫ، ފުވައްމުލަށް، ގއ، ގދ އަތޮޅުގެ ޓޫރިޒަމް ތަރައްގީކުރަން ކުރަންޖޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް އިހްލާސްތެރިކަމާއެކީ ކުރުމުގެ ނިޔަތުގައި މިތިބީ،" ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox