ޔަމާލް މީހުންނަށް އެނގެން ބޭނުންވަނީ ބާސެލޯނާ ލެޖެންޑެއް ގޮތުގައި

Oct 25, 2024, 10:14 AM
ޔަމާލް މީހުންނަށް އެނގެން ބޭނުންވަނީ ބާސެލޯނާ ލެޖެންޑެއް ގޮތުގައި

ބާސެލޯނާ (އޮކްޓޫބަރު 25) - ފުޓްބޯޅަ ކެރިއަރުގައި އެންމެ ބޭނުންވާ އެއް ކަމަކީ، ބާސެލޯނާގެ ލެޖެންޑެއްގެ ގޮތުގައި އެ ކްލަބްގެ ތާރީހުން ޖާގަ ހޯދައި ކުޅުންތެރިއަކަށް ވެގެން ކަމަށް ޒުވާން ތަރި، ލަމީން ޔަމާލް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން، ޔަމާލް، 17 އަށް އޭރު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ، ސީނިއާ ޓީމާ އެކު ޕްރެކްޓިސްކުރަން ފުރުސަތު ދީފަ އެެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ފުރަތަަމަ ފަހަރަށް ބާސެލޯނާގެ މެޗެއްގައި ކުޅުނު ޔަމާލް ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދައި، ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވަނީ ވެފަ އެވެ.

"މިހާރު އަހަރެންގެ ފައިގައި ބޯޅަ ޖެހުމާ އެކު މީހުން އަހަންނަށް ހިތްވަރު ދީ ސަޕޯޓް ދީ ހަދާ، ވަރަށް ބޮޑު މޯޓިވޭޝަނެއް އެއީ،" ލަލީގާވޯލްޑް އަށް ދިން އިންޓަވިއުގައި ޔަމާލް ބުންޏެވެ. "ކުރިން އެ އިތުބާރު އެ ޔަގީންކަން އަހަންނަށް ދެނީ އަހަރެންގެ މަންމަ، އެކަމަކު، މިހާރު ކޮންމެ މީީހަކަށް އަހަންނާ މެދު އިތުބާރު އޮވޭ. މިއީ އާދަޔާހިލާފު އިހުސާސެއް،"

ޔަމާލް ބުނީ އޭނާގެ ކެރިއަރު މިހާ ރަނގަޅަށް މި ދަނީ ބާސެލޯނާގެ ސަބަބުން ކަމަށެވެ. އަދި އެ ކްލަބްގެ ތާރީހުން ޖާގަ ހޯދަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ތައްޔާރު ކަމަށެވެ.

"މީހުން އަހަރެން ހަނދާން ކުރަން އެދެނީ ބާސެލޯނާގެ ލެޖެންޑެއްގެ ގޮތުގައި، އަހަރެންގެ ދިރިއުޅުމުގައި ފުޓްބޯޅަ އެންމެ މުހިންމީ، ދެން ބާސެލޯނާ، މި ކްލަބްގައި މުޅި ހަޔާތް ހޭދަކުރަން ބޭނުން،" ބާސެލޯނާގެ ގިނަ ރެކޯޑްތަކެއް ހަދަމުން އަންނަ ޔަމާލް ބުންޏެވެ.

ސްޕެއިނުން މި އަަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދިއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޔަމާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox