މޮރީނިއޯ އަށް ރަތް ކާޑު ދެއްކީ އެންމެ މޮޅު އެއް ރެފްރީ

Oct 25, 2024, 9:56 AM
މޮރީނިއޯ އަށް ރަތް ކާޑު ދެއްކީ އެންމެ މޮޅު އެއް ރެފްރީ

އިސްތަންބޫލް، ތުރުކީ (އޮކްޓޫބަރު 25) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗުގައި ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ރަތް ކާޑު ދެއްކި ރެފްރީ އަކީ ދުނިޔޭގައި އެންމެ މޮޅު އެއް ރެފްރީ ކަމަށް އޭނާ ބުނެފި އެވެ.

ފެނަބާޗޭ އަށް ޕެނަލްޓީ އެއް ނުދޭން ނިންމުމުން، މޮރީނިއޯ ވަނީ ޓަޗްލައިން މަތީގައި ހުރެ އެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ މި މެޗުގައި އޭނާ އަށް ރަތް ކާޑެއް ދެއްކި ރެފްރީ، ފްރާންސްގެ ކްލަމޯން ޓާފިން އަކީ ދުނިޔޭގެ ވެސް އެންމެ މޮޅު އެއް ރެފްރީ ކަމަށެވެ.

"ރެފްރީ ބުނީ ވަރަށް އާދަޔާހިލާފު ވާހަަަކައެއް. އެއީ އޭނާ އަށް އެ ފަހަރާ ރަނގަޅަށް ފެނުނު ކަމަށް އަހަރެން ޓަޗްލައިންގައި އުޅުނު ގޮތާއި އޭރިއާތެރޭގައި ހިނގި ކަންތައް. މި ދެ ކަންތައް އެއް ފަހަރާ ރަނގަޅަށް ފެންނާނީ ވަރަށް އާދަޔާހިލާފު މީހަކަށް،" މޮރީނިއޯ ބުންޏެވެ.

"އަހަރެން އޭނަ އަށް މަރުހަބާ ކިޔަން. އެއީ އެހާ އަވަހަށް ހިނގި ދެ ކަންތައް އެހާ ރަނގަޅަށް ބެލީމަ. ޕެނަލްޓީ ވި ފައުލާއި ބެންޗުގައި އަހަރެން އުޅުނު ގޮތާ ވަރަށް ރަނގަޅަށް ބަލާފައި އެ ބުނީ. އެއީ އޭނަ އަހަންނަށް މި ކަމުގައި ދިން ތަފްސީލަކީ. އެހެންވީމަ، އެއީ އެންމެ މޮޅު ރެފްރީ، ނޫނީ އެންމެ މޮޅު ރެފްރީންގެ ތެރެއިން އެކަކު،"

ކުރިން ޗެލްސީ، ޔުނައިޓެޑް އަދި ޓޮޓެންހަމަށް ކޯޗުކޮށްދިން މޮރީނިއޯ ބުނީ، އިނގިރޭސި މީޑިއާ އިން މި މެޗުގައި ޔުނައިޓެޑުން ދެއްކީ ދަށް ކުޅުމެއް ކަމަށް ބުނެ، ނޫސްތަކުގެ ފަލަސުރުހީ އަށް އެ ވާހަކަ ގެންނައިރު، އިދިކޮޅަށް ނުކުތް ޓީމުގެ ވެސް ރަނގަޅު ވާަހަކަ ދައްކައި، އެ މީހުންނަށް ހައްގުވާ ކްރެޑިޓް ދިނުން ވެސް ރަަނގަޅުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox