ފުނަދޫ ފިއުލް ފާމް, 18 މަސް ތެރޭ ހިއްކާން ފަށާނެ ކަމަށް ބުނި މާގިރިފަޅުގެ ބަދަލުގައި ތިލަފުށްޓަށް ބަދަލުކުރަނީ

މި ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ފުނަދޫ އަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އެ ރަށުގައި ބިނާކުރާ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރުގެ ކުރެހުމެއް ---- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ފުނަދޫ އަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އެ ރަށުގައި ބިނާކުރާ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރުގެ ކުރެހުމެއް ---- ފޮޓޯ: ރައީސް އޮފީސް

މާލެ އާ ޖެހިގެން އޮންނަ ކ. ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ބަދަލުކުރާނެ ކަމަށް ސަރުކާރުން ފުރަތަމަ އިއުލާނުކުރި ކ. މާގިރިފަޅުގެ ބަދަލުގައި، ތެޔޮ ރައްކާކުރާ މަރުކަޒު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ފުނަދޫގައި ތެޔޮ ރައްކާ ކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ޕަބްލިކް ސާވިސް މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، އެ ރަށުގައި ހުރި ތެޔޮ ފެސިލިޓީ މާގިރިފަޅަށް ބަދަލުނުކުރެވޭނެ ކަމަށެވެ.

އަދި، މާގިރިފަޅުގެ ބަދަލުގައި ތެޔޮ ރައްކާކުރާ ފެސިލިޓީ، ތިލަފުށްޓަށް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދާނެ ގޮތެއް ކަނޑައެޅުމަށް ޑެންމާކުގެ ކޮންސަލްޓެންޓެއް ނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތިލަފުށްޓަށް ތެޔޮ ރައްކާކުރާ ނިޒާމު ބަދަލުކުރަން ނިންމައިފިނަމަ، ތިން މަސްދުވަހުގެ ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ވެސް ޝިމާދު ވިދާޅުވި އެވެ.

ނަމަވެސް، އެޕްރީލް މަހު މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝިމާދު ވަނީ މާގިރި ފަޅަށް ތެޔޮ ރައްކާކުރާ ނިޒާމު ބަދަލުކުރުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، މާގިރި ފަޅަކީ ތެޔޮ ރައްކާކުރުމަށް އޮތް ދަތިތަކުގެ ހައްލުގެ ގޮތުގައި ޝިމާދު އޭރު ސިފަކުރެއްވި އެވެ.

އެތައް ދަހަރެއް ވަންދެން ތެޔޮ ރައްކާކުރަމުންދިޔަ ފުނަދޫ އިން އެ ފެސިލިޓީ ބަދަލުކުރަން ސަރުކާރުން ނިންމީ، އެ ރަށަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ފުނަދޫގައި ގާއިމުކުރުމަށެވެ.

މި މަޝްރޫއާއެކު މާލެއާއި ފުނަދޫ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގުޅާލަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ތިން ރަށް ލެ މޮނޯރެއިލްއިން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން އޮކްޓޯބަރު 15، ގައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ތެޔޮ ފެސިލިޓީ ބަދަލުކުރަން ނިންމުމުގެ ކުރިން މާގިރިފަޅު އޮތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަޅެއްގެ ގޮތުގަ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ ކުންފުންޏަށް މާގިރިފަޅު ދިނީ، އެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކާއި ސޯޝަލް ހައުސިންއަށް ހާއްސަކޮށްފައިވާ ބިންތަކުން އެޗްޑީސީއަށް ލިބުނު ގެއްލުން ފޫބައްދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox