ހުލާސާކޮށް އިއްޔެ: ދެއުޅިއެއްނުވި ހަރަދު ކުޑަކުރުމުގެ ވާހަކަ އާއި އުޅެއުޅެ ކުޑަ ނުވި ބަޖެޓު

Oct 25, 2024, 1:19 AM
ހުލާސާކޮށް އިއްޔެ: ދެއުޅިއެއްނުވި ހަރަދު ކުޑަކުރުމުގެ ވާހަކަ އާއި އުޅެއުޅެ ކުޑަ ނުވި ބަޖެޓު

ސަރުކާރާ ހަވާލުވުމުގެ ކުރިން ވެސް މި ރާއްޖޭގެ ދައުލަތުގެ މާލިއްޔަތު އޮތީ ކޮން ހާލެއްގައި ކަން އަދުގެ ސަރުކާރު ހިންގަން ތިބި އެންމެނަށް އެނގެ އެވެ. އެ ވާހަކަ އެންމެ ހަރުއަޑުން ދެއްކެވި އެއް ބަޔަކަށް ވެސް ވާނީ އަދުގެ ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައި ތިބި މެމްބަރުންނެވެ.

އެކަމަކު ސަރުކާރަށް 11 މަސް ވެ ނިމުނުއިރި އޭރު ދެއްކެވި ވާހަކަތަކާ އެއްގޮތަށް އަމަލުކުރެއްވިތޯ އެއީ މިއަދު ގިނަ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މާލީ އަނދަވަޅުގެ ތެރެއިން ސަލާމަތްކުރަން އައި ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރި ބަޖެޓާއެކީ މި ސުވާލު މިގޮތަށް ނުކުރަންވީ ސަބަބެއް ވެސް ނެތެވެ.

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ސަރުކާރުން ދައްކާ ބަހަނާއަކީ ކުރީ ސަރުކާރުން ބަޖެޓު ކުރި ގޮތް ގޯސްވުމެވެ. ސަރުކާރުން މިހެން ބަހަނާ ދެއްކިޔަސް 11 މަސް ވީ ފަހުން ކުރީ ސަރުކާރޭ ބުނަންވީ ސަބަބެއް ނެތެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލިސް މުށު ތެރޭގައި އޮތް އިރު މި ހިސާބަށް ކަންކަން ދާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ހަރަދުތައް ކުރި ގޮތެއް ނޭނގޭ

ސަރުކާރަށް ފާޑުކިޔާ މީހުންނާއި އިދިކޮޅުން މިއަދު އުފައްދާ އެންމެ ބޮޑު ސުވާލަކީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު 50 ބިލިއަން ހުސްކޮށްލީ ކިހިނެއްތޯ އެވެ. ސަރުކާރުން ބުނާ ގޮތުގައި ފައިސާ ހުހެއް ނުވެ އެވެ. އެގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ މިހާތަނަށް ހަރަދުވީ 37 ބިލިއަން ރުފިޔާ ކަމަށެވެ.

އެކަމަކު މިކަމަށް ބާރު ދޭނެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ. ލިޔެކިޔުންތައް ފެންނަން ނެތް ސަބަބު ކިޔައިދެއްވަމުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވި އެ ރިޕޯޓުތައް ނުނެރެވި އޮތީ ކުރީ ސަރުކާރުން ކުރި ހަރަދެއް ރެކޯޑުކޮށްފައި ނެތުމުން، މި އަހަރުގެ ބަޖެޓުގައި ޖަހައިފި ނަމަ ބޮޑެތި ގޯސްތަކެއް ކުރިމަތިވެދާނެތީީ ކަމަށެވެ.

"ދެން އެ ހިސާބުތައް މި އަހަރު ތެރެއަށް ހިމަނައިފި ކަމުގައި ވެއްޖިއްޔާމުން އޭގެ ސަބަބުން ދިމާވާނެ މައްސަލަތަކެއް އެބަހުރި. މި އަހަރުގެ ބަޖެޓު ވަރަށް ބޮޑު ތަފާތުތަކެއް އަންނާނެ. ހަމަ އެގޮތަށް މިދިޔަ އަހަރު ނިންމާފައިވާ ހިސާބުތަކެއްގެ ތެރެއަށް އަނެއްކާ އެ އަނބުރާ ގެންދަން ވެއްޖެ ކަމަށް ވިއްޔާމުން އެ ދިމާވާނެ މައްސަލަތަކެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ," ޒަމީރު ވިދާޅުވި އެވެ.

މިހާރު ހުށަހެޅި ސަޕްލިމެންޓު ބަޖެޓުގައި އެ ހަރަދު ހިމަނާފައި ނެތުމުން، ރިޕޯޓުތައް އާންމުކުރަން ހުރަހެއް އޮތް ކަމަކަަށް ނުފެނެ އެވެ. ސަރުކާރުގެ ސްޓޭންޑަކީ ކުރީ އަހަރުގެ ބަޖެޓުގައި އެ ހަރަދު ރެކޯޑު ކުރުން ކަމުގައި ވަނީ ނަމަ، ހިސާބުތައް ހާމަކުރަން އިތުރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ބަހަނާ ދެއްކިޔަސް އޭގައި އެއްވެސް އޮއްޓަރެއް ހުއްޓެކޭ ބުނެވޭކަަށް ނެތެވެ.

"49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާ ހިސާބަށް އައިއިރު ހަރަދު ކުރެވިފައިވާ ކަމަށް އެންމެ 18 ބިލިއަން ރުފިޔާ. ބާކީވާ 31 ބިލިއަން ރުފިޔާއަށް ވީ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެން ތިއްބާ އިތުރު ފަސް ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި. އެ 31 ބިލިއަނަށް ވީ ގޮތެއް ހިސާބުތަކުން ބުނެ ނުދީ, ދައުލަތުގެ މާލީ ރިޕޯޓުތައް ހާމަނުކޮށް އިތުރު ފަސް ބިލިއަން ރުފިޔާ ދޭށޭ ތި ވިދާޅުވަނީ," ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވި އެވެ.

އިހުލާސްތެރި ގޮތަކީ އެ ހަރަދުތައް ހާމަކުރުމެވެ. ސަރުކާރާއި ސަރުކާރު ހިންގަން ތިބި މީހުންނަށް އޮޅިފައި އޮވެ ދާނެތީ، ހަރަދު ކުރަނީ ރައްޔިތުންގެ ފައިސާ ކަން ހަނދުމަކޮށްލުން މުހިންމެވެ. ރައްޔިތުންގެ މާލިއްޔާއިން ބައިލޯ ލާރިއެއް ވެސް ހަރަދު ކުރަން ޖެހޭނީ އެ ފައިސާގެ އަސްލު މަސްލަހަތުވެރިން ކަމުގައިވާ ރައްޔިތުންނަށް އެނގި ހާމަވެގެންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox