ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިއިރު، އަހަރުގެ ބާކީ އޮތް ދެ މަހަށް ހަރަދު ކުރަން ކޮންޓިންޖެންސީ ބަޖެޓުގައި 650 މިލިއަން ރުފިޔާ ޖަހައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު، އަހަރުގެ ބާކީ އޮތް ދެ މަހަށް ހަރަދު ކުރަން ކޮންޓިންޖެންސީ ބަޖެޓުގައި 650 މިލިއަން ރުފިޔާ (42 މިލިއަން ޑޮލަރު) ހަދައިފި އެވެ.

ސަރުކާރުން މިއަދު ހުށަހެޅީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. ބަޖެޓު ހުށަހަޅާ ސަބަބެއް ކަމަށް ޖަހާފައި އޮތީ މައިގަނޑު އަށް ދާއިރާއަކުން އިތުރަށް ހަރަދު ކުރުމެވެ. އޭގެ ދާއިރާތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑީ ކޮންޓިންޖެންސީއަށް ޖަހާފައި އޮތް އަދަދެވެ. އެންމެ ބޮޑީ ޕީއެސްއައިޕީއަށް ހުށަހަޅާފައި އޮތް އަދަދެވެ.

ސަޕްލިމެންޓަރީ ބަޖެޓުން ކުރާނެ ހަރަދުތައް

Advertisement
  1. ޕީއެސްއައިޕީއަށް ދެ ބިލިއަން ރުފިޔާ
  2. ސަބްސިޑީ ދިނުމަށް 1.02 ބިލިއަން ރުފިޔާ
  3. ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ
  4. ސްޓޫޑެންޓު ލޯނު ދޫކުރުމަށް 458 މިލިއަން ރުފިޔާ
  5. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441 މިލިއަން ރުފިޔާ
  6. ބޭސްފަރުވާގެ އެހީއަށް 262 މިލިއަން ރުފިޔާ
  7. މެޑިކަލް ކޮންޒިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ
  8. މުސާރަ އާއި އުޖޫރައަށް 24 މިލިއަން ރުފިޔާ

ޕީއެސްއައިޕީއަށް ޖެހި ފައިސާ

ސަރުކާރުން ބުނީ ޕީއެސްއައިޕީއަށް ޖެހި ދެ ބިލިއަން ރުފިޔާ ހަރަދު ކުރާނީ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި ޕްރޮޖެކްޓުތައް ލަފާ ކުރި މިންވަރަށްވުރެ އަވަހަށް ކުރިއަށް ގޮސްފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި މަޝްރޫއުތަކަށް ކުޑަކޮށް ބަޖެޓުކޮށްފައިވާތީ އެވެ.

ސަބްސިޑީއަށް އިތުރު ކުރާ ފައިސާ

ސަބްސިޑީއަށް ދޫކުރަން އިތުރު 1.02 ބިލިއަން ރުފިޔާ ދޫކުރަނީ، ފިސްކަލް ރިފޯމް ތަންފީޒު ކުރެވެންދެން އިތުރު ފައިސާ ބޭނުންވާނެތީ އާއި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކަކީ ސީދާ ރައްޔިތުންނަށް އަސަރު ކުރާނެ ކަންކަން ކަމަށްވާތީ ފުރިހަމައަށް އެ މަސައްކަތް ގެންދިޔުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ސްޓޫޑަންޓު ލޯނަށް އިތުރު ކުރާ ފައިސާ

ސްޓޫޑަންޓު ލޯނަށް އިތުރު 458 މިލިއަން ރުފިޔާ ދޫކުރަނީ މިދިޔަ އަހަރު ބަޖެޓު ހެދިއިރު ލޯނު ދޫކުރަން ނިންމާފައިވާ އަދަދަށްވުރެ އިތުރު ދަރިވަރުންނަށް ފައިސާ ދޫކުރުމަށާއި އަހަރު ތެރޭގައި ކިޔަވަން ފެށި ދަރިވަރުންގެ އަދަދު އިތުރުވުމުން ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ފައިސާ

އެސްއޯއީތަކަށް ޖަހާފައި އޮތް 441 މިލިއަން ރުފިޔާ ހަރަދު ކުރާނީ ބައެއް ކުންފުނިތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހަރަދު ކުރުމަށާއި އަލަށް އުފައްދާ ޑިވެލޮޕްމަންޓު ބޭންކުގެ މަޝްރޫއުތަކަށް ބޭނުންވާ 150 މިލިއަން ރުފިޔާ ދިނުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.

މެޑިކަލް ކޮންޒިއުމަބަލްސްއަށް އަދި ބޭސް ފަރުވާއަށް އިތުރު ކުރި ފައިސާ

ސަރުކާރުން ބުނާ ގޮތުގައި މެޑިކަލް ކޮންޒިއުމަބަލްސް އަށް ހަރަދު ކުރަން 200 މިލިއަން ރުފިޔާ އަދި ބޭސްފަރުވާއަށް ހަރަދު ކުރަން އިތުރު 262 މިލިއަން ރުފިޔާ ބޭނުން ވަނީ ވެސް، ފިސްކަލް ރިފޯމް ތަންފީޒު ކުރެވެންދެން އިތުރު ފައިސާ ބޭނުންވާނެތީ އާއި ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކަކީ ސީދާ ރައްޔިތުންނަށް އަސަރު ކުރާނެ ކަންކަން ކަމަށްވާތީ ފުރިހަމައަށް އެ މަސައްކަތް ގެންދިޔުމަށެވެ.

މުސާރަ އާއި އުޖޫރައަށް އިތުރު ކުރާ ފައިސާ

މުސާރަ އާއި އުޖޫރުއަށް ސަޕްލިމެންޓަރީ ބަޖެޓުގައި 24 މިލިއަން ރުފިޔާ ޖަހާފައި އޮތީ، ނިމިދިޔަ ސަރުކާރު ބަދަލުވަމުންދިޔައިރު މުއައްސަސާތަކުގެ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން އިތުރަށް އެކަމަށް ފައިސާ ހަރަދުވާނެތީ އެވެ.

މިއަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރު މަޖިލީހުން 49.8 ބިލިއަން ރުފިޔާ ފާސް ކުރި އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭގެ ތެރެއިން 39.2 ބިލިއަން ރުފިޔާ ހުސްވެފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. ސަރުކާރުގެ މާލީ ހިސާބުތައް ގަވާއިދުން އާންމު ނުކުރާތީ މިއަހަރުގެ ބަޖެޓު ހަރަދުވި ގޮތެއް މުޅިން ސާފެއް ނުވެ އެވެ.

ސަރުކާރުން މިއަދު ބުނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނީ ނިމިދިޔަ ސަރުކާރުން ކަންތައް ކޮށްފައިވާ ގޮތުން ކަމަށެވެ. އޭގެ ތެރޭގައި މައިގަނޑު ތިން ސަބަބެއް ސަރުކާރުން ދައްކަ އެވެ. އެއީ:

  1. މަޝްރޫއުތަކަށް އާދަޔާހިލާފު ކުދި އަދަތުތައް ޖަހައި، ހަގީގަތާ ނުބައްދަލު ބަޖެޓެއް ތައްޔާރު ކުރުން
  2. ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކަށް ބަލައި ބަޖެޓު ކުރި ނަމަވެސް އެއްވެސް ކަމަކަށް ތައްޔާރުވެފައިނުވުން
  3. މިދިޔަ އަހަރުގެ ހިސާބުތައް އެކައުންޓު ކުރުމުގައި ބޮޑެތި އަދަދުތަކުން ފަރަގު ހުރުން

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox